ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ފޮތް ބައްލަވާލައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
24 ނޮވެމްބަރ 2020 - 11:35
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓަށް 134.9 މިލިއަން ރުފިޔާ އިތުރުކޮށް 34.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ 34.78 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި ބަޖެޓު ފާސްކޮށްފައި ވަނީ ކޮމިޓީ އަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމިޓީން އެ ބަޖެޓަށް ގެނައި ބަދަލާ އެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ 21.1 ބިލިއަން ރުފިޔާ އަށް އިތުރުކޮށްފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ލަފާ ކުރީ އަންނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި ލިބޭނީ 17.8 ބިލިއަން ރުފިޔާ ކަމަށެވެ.
ފިނޭންސުން ހުށަހެޅި ބަޖެޓުގައި އަންނަ އަހަރު ދައުލަތުގެ ހަރަދު 33.3 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރި ނަމަވެސް ކޮމިޓީން ފާސްކުރި ބަޖެޓުގައި ވަނީ ހަރަދު 33.4 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކޮށްފަ އެވެ.
ފިނޭންސުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓަކީ ވެސް ޑެފިސިޓް ބަޖެޓެކެވެ. އެގޮތުން 15.5 ބިލިއަން ރުފިޔާ ބަޖެޓް ޑެފިސިޓްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާ ކޮށްފައިވާއިރު ބަޖެޓު ދިރާސާ ކުރާ ކޮމިޓިން ވަނީ އެ އަދަދު 12.3 ބިލިއަން ރުފިޔާ އަށް ދަށްވާނެ ކަމަށް ލަފާ ކޮށްފަ އެވެ.
ބަޖެޓް ކޮމިޓީން ވަނީ އަންނަ އަހަރު އާމްދަނީ ހޯދަން ކުރާނެ ކަންތައްތަކާ ގުޅިގެން ފިނޭންސުން ހަދާފައިވާ ލިސްޓަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ.
- ޓީޖީއެސްޓީ: 598 މިލިއަން ރުފިޔާ.
- ގްރީން ޓެކްސް: 253 މިލިއަން ރުފިޔާ.
- އެއާޕޯޓު ސާވިސް ޗާޖު: 218 މިލިއަބް ރުފިޔާ
- އެއާޕޯޓު ޑެވެލޮޕްމަންޓް ޗާޖު: 219 މިލިއަން ރުފިޔާ.
- ބިން ވިއްކުމާއި ބިން ބަދަލު ކުރުމުގެ ފީ: 700 މިލިއަން ރުފިޔާ.
- އެހެނިހެން ކުއްޔާއި ހަރުމުދަލުގެ އާމްދަނީ: 1.34 ބިލިއަން ރުފިޔާ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
24 November 2020
ކަލޭނޭ ގައުމެއްނެތް އިބޫ އަށް ވޯޓުދިން ބޭފުޅުން ހަމަ އުފަލުން އަދިވެސް ނަށަނީތޯ
ކޮއިމަލާ
24 November 2020
މިދެން މާމޮޅު ގޮތެއް.. އެއްވެސް ކަހަލަ ދިރާސާއެއް ކުރުމެއްނެތި މިމީހުން ހިތަށް އައި އެއްޗެއް ޖަހާލާފަ ބަޖެޓް ފާސްކުރަންވީ.. ފައިނޭންސް މިނިސްޓްރީގަ މުސާރަދީފަ ވަރުވަރުން މީހުން ބައިތިއްބާނެ ކަމެއް ނެތް ފައިނޭންޝަލް ފޯކާސްޓް ހަދާކަށް.. އިއްޒަތްތެރި މެމްބަރުންނާ ހިސާބު ހަދަން ހަވާލުކުރީމަ ހުންނާނީ ރަނގަޅަށް..
ައަފުރާސިޔާބު
24 November 2020
އަސްލު ރަނގަޅު ގޮތަކީ މަޖިލީހުގެ މެންބަރުން އެމީހުންގެ ދާއިރާއަށް ބޭނުންވާ ބަޖެޓާއި ލިބޭނޭ އާމްދަނީ ޖަހާފައި ފިނޭންސް މިނިސްޓްރީއަށް ފޮނުވަންވީ ތިޔަތަނުގެ ނަމުގައި ތައްގަނޑު ޖަހާފައި ލެޓަހެޑްގައި މި ބަޖެޓް މަޖިލީހަށް ހުށަހަޅަން. ދެން ދާއިރާ ތަކުގެ މެންބަރުން އެއްވެތިބެ އަނެކަކުގެ ދާއިރާ އަށް ގިނައިން ޖަހާފައި ހުރީ ކީއްވެތޯ ކިޔައި ހަޅޭއްލަވާފައި އެންމެ އަޑުގަދަ މީހާގެ ދާއިރާ އަށް އިތުރު ބަޖެޓްދީ ފާސް ކޮށްލާނީ. ދެން އޮފީސްތަކަށް ގޮސް ދާއިރާގެ ހުރިހާފައިސާއެއްއަންބޮޑިއަށްކަހާލާނީ.