އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ދަސްވެނިވުން ރަސްމިއްޔާތުގައި، ދަސްވެނިވުން ދަރިވަރުން ގްރީސް ސްކްރީނެއްގެ ކުރިމަތީގައި -- ފޮޓޯ: ބިލަބޮންގް ހައި ސްކޫލް
06 ޑިސެމްބަރ 2020 - 15:04
ކޮވިޑް-19 ގެ ތެރޭގައި ވެސް ކިޔެވުން މެދުކަނޑާނުލައި ބިލަބޮންގް ހައި ސްކޫލު (ބީއައިއެޗްއެސް) ގެ ދަރިވަރުން ދަސްވެނިވެއްޖެ އެވެ.
ކޮވިޑް-19 ފެތުރެން ފެށުމުން އޮފީސްތަކާއި ސްކޫލްތައް ބަންދުކުރި ނަމަވެސް ކްލާސްތައް ކެންސަލްނުކޮށް ބިލަބޮންގް ހައި ސްކޫލުން އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިޔަ އެވެ. އެ ސްކޫލުގެ ވައިސް ޕްރިންސިޕަލް އިސްމާއިލް ޝާނިމް ވިދާޅުވީ މާޗު މަހު ލޮކްޑައުން ކުރި ނަމަވެސް، އެ ސްކޫލުން މަސައްކަތްކުރީ އެންމެ ގޯސް ހާލަތަށް ވެސް ވިސްނައިގެން ކަމަށެވެ.
އެ ސްކޫލުން ކުރި ބުރަ މަސައްކަތަށް ފަހު މިދިޔަ އަންގާރަ ދުވަހު ވަނީ އޭލެވެލް ނިންމި 10 ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ވެސް އޮންލައިންކޮށް ބާއްވައިފަ އެވެ. ޝާނިމް ވިދާޅުވީ މިއީ ކެމްބްރިޖް އޭލެވެލް އިމްތިހާނު ފުރިހަމަކޮށް މިއަހަރު ރާއްޖެއިން ދަސްވެނިވި ހަމައެކަނި ދަރިވަރުން ކަމަށެވެ.
އޭގެ ތެރެއިން ގިނަ ދަރިވަރުން ދިވެއްސާއި އިސްލާމާ އެކު ފަސް މާއްދާ ކިޔެވި ކަމަށް ޝާނިމް ވިދާޅުވި އެވެ. އޭލެވެލް ދަރިވަރުންނަށް، 14 މާއްދާ ކިިިޔެވުމުގެ ފުރުސަތު އެ ސްކޫލުން ދިނެވެ.
ބިލަބޮންގްގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަރިވަރަކާ ލިޔުން ހަވާލުކުރައްވަނީ. -- ފޮޓޯ: ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލް
"އެކަމަކު ބައެއް ދަރިވަރުން ހަތް މާއްދާ ވެސް ފުރިހަމަކުރި،" އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ހަޔާތުގައި އެންމެ ފަހަރަކު ކުރިމަތިވެދާ ފަދަ ބޮޑު ބަލިމަޑުކަމެއްގެ ހާލަތުގައި ވެސް ދަރިވަރުން ކިޔެވުން ފުރިހަމަކުރުމުން އުފާކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް އެންމެ ފާހަގަކުރެވޭ އެއް ކަމަކީ މިކަހަލަ ހާލަތްތަކުގައި ވެސް މީހުން އަމަލުކުރާ ގޮތްތައް. 2020 ވަނަ އަހަރު ވަރަށް ފަސޭހަވީސް ބުނަން މި ބަލިމަޑުކަމާ ހެދި އަހަންނަށް މަސައްކަތަކަށް ނުދެވޭނެއޭ، ސްކޫލަކަށް ނުދެވޭނެއޭ،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް އެގޮތަށް ކަންތައް ކުރުމުން އެއްވެސް މީހަކަށް ފައިދާއެއް ނުކުރާނެ ކަމަށާއި އެހެންވެ، ބަލިމަޑުކަމުގެ ތެރޭގައި ވެސް ރައްޔިތުންގެ މަޖިލީހުން ވެސް މަސައްކަތް ފެށީ އޮންލައިންކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ މަޖިލީހުން ކުރި ގޮތަށް ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުން ކަންތައް ކުރީތީ އުފާކުރައްވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
06 December 2020
ދެ ން އެހެންވީ މާ ތިޔަސްކޫލުގައި ދިރާސީ އައު އަހަރު ފެށެނީ ޖެނުއަރީގަތޯ ނޫނީ ސެޕްޓެ މްބަރ ގަތޯ އެއިރުން ދޯއެގޭނީ ހަ މައެކަނި 10 އަދި 12ގައި ތިބި ކުދިންކޮޅަކަން ނުވަތަ ނޫންކަންވެސް. ދެން އެހެންނޫނަސް ތިޔަތަނުގައި އުޅޭނީވެސް ސަރުކާރު ބޮޑެތިންގެ ދަރިންނާ މުއްސަދިންގެ ދަރިންތާ
ހަސަނު
06 December 2020
ގިޔާސުއްދީނުން ކޮންމެ ކުއްޖެއްގެ ކޮންމެ ފިލާވަޅެއް ފުރިހަމައަށް ނަގައިދިން.. އަދި ބައެއް އެކްސްޓްރާ ކަރިކިއުލާ ކަންކަން ވެސް ކުރިއަށްގެންދިޔަ.. ދަރިވަރުންނަށް ސްކޫލަށް ނުދެވުނަސް ކޮންމމެ ދުވަހަކު ސްކޫލު ގަޑި އެއްކޮށް ހޭދަކުރީ ކިޔެވުމުގަ، ޓީޗަރުންގެ ފުރިހަަ ސުޕަވިޒަނާއެކު.. ސްކޫލުގެ މެނޭޖްމަންޓަށް ޝުކުރު ހައްގު...
އަންމާނު
06 December 2020
ރަނގަޅަށް އާޓިކަލް ކިޔާލައްވާ. މިއީ އަދި އެހެން ވާހަކައެއް. މިއީ ބިލަބޮންގު އޭލެވެލް ދަރިވަރުން ކޭމްބްރިޖް އޭލެވެލް ކޮވިޑުތެރޭ ހެދި ހަމައެކަނި ސްކޫލުކަމަށް ވީމާ ލިޔުނު ހަބަރެއް. ގިޔާސުއްދީނަކު އޭލެވެލް އެއް ނޯވޭ.
އިސްމާއީލް
07 December 2020
ރާއްޖޭގަ ހުރިހާ ސްކޫލެއްގައިވެސް ކޮންމެދުވަހަކު ފިލާވަޅު ނަގައިދިން. ބިލަބޮންގ ގެ ތަފާތަކީ ކޮލިޓީ އެޑިއުކޭޝަން އަދި ލޮކްޑައުން ވި ދުވަހުގެ ޖެހިގެންއައި ދުވަހުން ފެށިގެން ކޮންމެ ދުވަހަކު 8 ގަޑިއިރަށް ކިޔަވައިދިންކަން އަދި ޖޫން މަސް ނިމުނު އިރު ގުރޭޑް 10 އަދި 12 ދަރިވަރުން ގެ ސިލަބަސް ނިންމާ އެކްޒާމް ހަދަން ތައްޔާރުވެފައިވާކަން. މި އަހަރު ބިލަބޮންގ ކުދިންނަށް ގުރޭޑް 10 ނުނިމުނީ މިނިސްޓްރީ އިން ހުއްދަ ނުދިނީމަ. ގާތުން ކިޔަވައިދިނުން ބެލީމަ އެގޭނީ ތަފާތު.
ބަބުރުލް ސަލީމް
06 December 2020
ކާމިޔާބި އޮތީ ހިތްވަރާއެކު.
ޖަމްޝީދާ
06 December 2020
ތިކުދިންނަށް މިކަންފަހިކޮއްދީ ސިލަބަސް ކަވާކޮށް މި ލޮކްޑައުން ތެރޭގައިވެސް އިމްތިހާނު ނިންމާ ގްރެޖުއޭޓްކޮށްދިނީތީ އުފާކުރަން. އެހެން އެެއްވެސް ސްކޫލެއްގައި 12 އިގެ ކުދިން އިމްތިހާނު ނުހަދާ ކުރިއަށް އޮތް އަހަރަށް ދިގުދެންމީމަ ، ކުދިން ގެ ކިޔެވުމުގެ މޮމެންޓަމް ގެއްލި މަތީތައުލީމަށް ދާން އިތުރު އަހަރެއް ގެއްލުމީ ވަރަށް ދެެރަކަމެއް.. ލޮކްޑައުންގައި ކިޔެވުން ހުއްޓާލާ އިމްތިހާނުފަސްކޮއްލުމީ މިކަމުގައޮތް އެންމެ ކަންފަސޭހަގޮތް