ވޭވަށުގެ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި--ފޮޓޯ:އެމްޓީސީސީ
17 ޑިސެމްބަރ 2020 - 17:40
މ. ވޭވަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 79 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
މި މަޝްރޫއުގެ ދަށުން، 56،925 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރާ ސަރަޙައްދު ފުންކުރާނެ އެވެ. މީގެ އިތުރުން، 5،992 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުންދާ ބަނދަރު ސަރަޙައްދު ފުންކުރުމާއި 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެ އެވެ. އަދި 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 1،880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތް ވެސް ގިނަ ރަށްތަކެއްގައި އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2111
19 December 2020
ވޭވަށައް ޔުނިވާސިޓީއެއް އަދި ޓާސަރީ ހޮސްޕިޓަލެއް އަދި އެއާޕޯޓެއް ބޭނުން ވާހަކަ ވަރަށް އަދަބުވެރިކމާއެކު ދަންނަވަމެވެ....ހޯޕްފޯ 2023
ނެތީމޭނެތީމޭ
17 December 2020
ތިޔާ ކިއެއްކުރަން ކުރާ ކަމެއްތޭ މަމެން ތަމެން ގާތުން ސާފުކޮށްލަން ބޭނުންވެއޭ ބުނަން މަމެން ނެތީމޭ...