ޕެންޝަންގެ ސީއީއޯއަށް އައްޔަންކުރެއްވި ގްރިންޑަލް.-- ފޮޓޯ: ޕެންޝަން އޮފީސް
24 ޑިސެމްބަރ 2020 - 14:23
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ފުރަތަމަ ފަހަރަށް ބިދޭސީއަކު ހަމަޖައްސައި، އެކަން އިއުލާންކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ވެބްސައިޓްގައި އާންމުކުރި ބަޔާނެއްގައި ބުނީ އާ ސީއީއޯ، އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް އަކީ އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރެއް ކަމަށެވެ.
ގްރިންޑަލް އަދާކުރައްވާފައިވާ މަތީ ފެންވަރުގެ މަގާމުތަކުގެ ތެރޭގައި މޯލްޓާގެ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ވަގުތީ ޗީފް އެކްޗުއަރީގެ މަގާމާއި ލޮއިޑްސް ބޭންކިން ގްރޫޕްގެ ސީނިއަ އެކްޗުއަރީގެ މަގާމުގެ އިތުރުން މޯލްޓާގެ ކޮމްޕެރާ ގްރޫޕުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމު ވެސް ހިމެނެ އެވެ.
އޭނާއަކީ ފަންޑުތައް ބެލެހެއްޓުމާއި ތަފާސްހިސާބާއި ރިސްކް މޮޑެލިންގެ ތަޖުރިބާކާރެއް ކަމަށް ވެސް ޕެންޝަން އޮފީހުން ބުންޏެވެ.
މެއި 13، 2009 ގައި ތަސްދީގުކުރި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން އެ އޮފީސް އުފެއްދި އިރުން ފެށިގެން މިިދިޔަ ޑިސެމްބަރު މަހާ ހަމައަށް ސީއީއޯގެ މަގާމް އަދާކުރެއްވީ، ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ގިނަ އަހަރުތަކެއް ވަންދެން އަދާކުރެއްވި މުހައްމަދު ހުސެއިން މަނިކެވެ. އޭނާ އެ މަގާމުން ރިޓަޔާ ކުރެއްވީ އެވެ.
ސީއީއޯގެ މަގާމަށް ޑްރިންޑަލް އައްޔަންކުރަންދެން ޕެންޝަން އޮފީސް ހިންގަވަމުން ގެންދެވީ ވަގުތީ ސީއީއޯގެ ގޮތުން ފާތުމަތު ސުޖާތާ ހަލީމެވެ.
ތިން އަހަރުގެ ދައުރަކަށް އައްޔަންކުރައްވާ ޕެންޝަންގެ ސީއީއޯއަކަށް އިއުލާނުކުރި މިިދިޔަ ޖޫން މަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަނާގެ އާދިލު
25 December 2020
މީނާގެ ނަން ސާޗް ކޮށްކޮށް ވަރުބަލި އިރުވެސް އަލަށް ހޮވުނު ޕެންސަން އޮފީހުގެ ވެބްސައިޓްން ނޫނީ ނުފެނުނު. ލިންކްޑިންހާ މިންވެސް ނެތްތީތޯ، ނޫނީ ކުރިން ކިޔަނީ އެހެން ނަމެއްތޯ....ދިވެއްސަކަށް ނުދޭންވެގެން .....
ހަކީމް
25 December 2020
ރަގަޅު ބަދަލެއް. ކުރިންހުރި މަނިކުގެ ބޯދާ ނިސްނުން ބަދަލުކޮށް ޕެންޝަނގެ ފައިދާ ލަސްނުވެ އެންމެންނަށް ލިބެންޖެހޭ. ކިތެންމެ މޮޅު މީހަކު އަޔަސް އެކަން ކުރެވެނީ ތިތާމޫލާފާތިބި މީހުން ބޭރުވެގެން. އެމީހުން ބޭނުންމެއްނުވޭ ފަންދުގެ ބައިވެރިންނަށް ރަގަޅު އެއްވެސް ގޮތެއް. އަބަދުވެސް ދައްކާނީ ޕެންޥަން ފަންޑު ޅަފަތުގައި އޮވެގެން އަދި ކަންކަން ނުކުރެވޭ ވާހަކަ.
70007
25 December 2020
އެތަށް ބައެއްގެ އުންމީދާ ގުޅިފައިވާ ތަނެއް ދިވެއްސަކަށް ނުވިޔަސް ރަގަޅު މީހަކު ލައިގެން އެންމެންނަށްވެސް ރަގަޅުވާނެ. މަނިކު ކިޔާ ދިވެއްސަކު ލައިގެން ތިތަން ހިންގާތާ އެތަށް އަހަރެއްވެއްޖެ. ޕެންޝަން ފަންޑެއްގެ ސަބަބުން ލިބެންޖެހޭ ހަޤީގީ މަންފާ ނުލިބޭވާހަކަ އެންމެންވެސް ދައްކަނީ. ހައްޖުގެ އަޅުކަންކުރެވޭ ގޮތަށް ހެދުމުންވެސް އެތާތިބި މީހުން ހީވީ ގަޔަށް ހިނިއަރައިގެން އުޅޭހެން. އެކަން ކުރިޔަނުދޭން. ހީވާކަހަލަ ޕެންޝަނަކީ ސަރުކާރުހިންގަން ދޭ ފަންޑެކޭ.
ކުޑަދޫ
25 December 2020
ރާއްޖޭގައި މިހުރި ސްކޫލްތަކުން ކިޔަވައިގެން އޯލެވެލް/ އޭލެވެލް އިން ދުނިޔޭގެ ޓޮޕް ފައިވްއިން ދިވެހި ދަރިވަރުން ވަނަތަށް ހޯދާތާ އެތަށް އަހަރެއްވެއްޖެ. އެކަމު އެކުދިން މަސައްކަތަށް ނިކުތުމުން ވަޒީފާދޭ ފަރާތުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވަނީ އެކުދިން ވަޒިފާގައި އެތަށް ދުވަހެއްވާއިރުވެސް އުފެއްދުންތެރިކަން ނުފެންނާތީ. ރާއްޖޭގެ ޔުނީތަކާއި ކޮލެޖްތަކުންވެސް މަތީފާހުން ދަރިވަރުން ނިކުންނައިރު އެތަނުން ބޭނުންކުރެވެނީ ވަރަށް މަދުކުދިން. ވިސްނަންވެއްޖެ
ސިޓިޒަންސް އޮފް މާލެ
25 December 2020
ތިޔަ ކަންތައް ރަންގަޅެއް ނޫން! މިކަހަލަ ވަގުތެއްގައި ތިޔަ މަގާމު ދޭންވާނީ ދިވެއްސަކަށް!
ހަސަންޓޭ
25 December 2020
މީގަ މި ޤާބިލް މީހުންގެ ވާހަކަ ގޮވާތީ އާހާލަން އޮތީ ރިޒޯޓް ތަގުގެ ވަޒީފާޔައް ބޭރުން މީހުންގެނައިމަ މައްސަ އެމީހުންގެ ސީވީ ބަލާކައްނުޖެހޭ؟ އިއުލާން ކުރީ ކިތައްފަހަރުތޯބަލާކައްވެސް ނުޖެހޭ؟ އެކަމު ދިވެހިންގެ ޕެންޝަން ބަލަހައްޓާ އޮފީހުގެ އެންމެ އިސްމަޤާމައް ބޭރު މީހެއްގެނައިމަ އޯކޭ؟ މިހާރު މައްސަލަޔަކީ ޤާބިލް ދިވެހިން ނެތުން، ކުރީގެ މައްސަލަޔަކީ ވެރިކަން. ރިސޯޓް ބޯއީސް މިކަމައް ބުނަން އޮތީ ކީކޭ؟ ދިވެހިން ވަރެއްނެތް ހަމަ.
މިހާރުއެގިއްޖެ
25 December 2020
މި ތަނުގައި ކޮށްފައި ހުރި ބައެއް ކޮމެންޓުތަކަށް ބަލައިލީމާ، އެބަ ސާފުވޭ، މީ ކިހާ ވަރަކަށް ރާވައިގެން ހިންގި ކަމެއް ކަން. ސީއެފްއޭ ހަދާފައި ހުރި ދިވެއްސަކު ނެތް ވާހަކަ ދައްކާ އިރު ދިވެހިން ތިޔަ ކަމާ ވެސް ކުރިމަތި ލައިފިއްޔާ ކާމިޔާބުކޮށްގެން ބަރިބަރިއަށް ނުކުންނާނެ ފެންވަރު ހުރި މީހުން މާލީ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ތެރޭގައި އެބަތިބި. ވަކި ތަނެއްގެ މެންބަރުކަން ނެތުމަކީ އެ ދާރިރާއަށް ގާބިލުނޫން ކަމަށް ބަލަންވީ ސަބަބެއް ކަމަށް ގަބޫލެއްނުކުރެވޭ.
ޝަރީފުއަލީ
25 December 2020
ނޭޝަނަލް ލެވެލްއެއްގައި ސަރުކާރުން އެބަޖެހޭ މިކަހަލަ ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ނެރެން ޓާގެޓްކޮށްގެން ކެމްޕެއިނެއް ފަށަން. ތާކުންތާކު ޖެހޭ ގޮތަކަށް R&D ހިންގާ ގައުމެއްނޫން. އިގްތިސާދީ ގޮތުންވެސް ރަނގަޅު ދިރާސާއެއް ކޮށްލަން އެނގޭބައެއް ތިބޭ ގައުމެއް ނޫން. އެމްއެމްއޭގަ ވެސް އެ ކެޕޭސިޓީއެއް ނެތް. ޓެކްނިކަލް ދާއިރާތަކުން ދިވެހިރާއްޖެ ވަރަށް ބަލި. މޮޅީ ޓޫރިޒަމާ މަސްވެރިކަމަށް. އެއީ ގުދުރަތީގޮތުން ލިބިފަ އޮތް ނަސީބު. އާ ސީއީއޯއަށް މަރުހަބާ!
ސާއިލް
25 December 2020
މިހެން މިކަން ދިމާވާން މެދުވެރިވާ އެއް ސަބަބަކީ އެއީ ދިވެހިން ކިޔަވަނީ ހުސް އެކައްޗެއް. "މާކެޓިންގ. އެޗްއާރު. އެމްބީއޭ. އެކައުންޓިން/ފައިނޭންސް/އޭސީސީއޭ/ސީމާ." ނަމަވެސް އެކްޗޫރިއަލް ސައިންސް، މެތެމެޓިކަލް/ކުއެންޓިޓޭޓިވް އިކޮނޮމިކްސް/ފައިނޭންސް، އިންވެސްޓްމެންޓް އެންޑް ސެކިއުރިޓީޒް/ޓްރޭޑިންގ، ފޮރެންސިކް އެކައުންޓިން. މިދާއިރާތަކުން ކިޔަވާފަ ތިބި ދިވެހިންގެ އަދަދު 15 އަށްވެސް ނާރާ. STEM މާއްދާތަކަށް ސަރުކާރުން އިސްކަންދޭން ވެއްޖެ. މަރުހަބާ ޖޯނީ!
ދިވެހިންނަށް ނުވެގެން
25 December 2020
ބޭރުމީހަކު ގެންނަން ޖެހުނީ އުޅެ އުޅެ، 2 ފަހަރަށް އިއުލާންކޮށްގެންވެސް ދިވެއްސަކު ނުވެގެން. ނާގާބިލު ވުމުން. ތައުލީމު ނެތުމުން. ފެންވަރު ނެތުމުން. ސެލެކްޝަން ޕްރޮސެސް ދިޔައީ ފެއާކޮށް. ޖޫންގަ އެންމެފަހުން އިއުލާންކުރީ. 6 މަސްފަހުން އައްޔަން މިކުރީ. ވަރަށް ގިނަ ބެލުންތަކަށް ބެލުމަށްފަހު. މިގޮތުން ޔޫކޭގެ އެމްޕްލޯޔާ ރެފަރެންސަށާ، ފިޓް އެންޑް ޕްރޮޕާ ޓެސްޓްހަދާ އެއިން ގެޓްތްރޫވެ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު. މަރުހަބާ އާ ސީއީއޯ.