އަނިޔާވެފައިވާ ކުރަނގިއެއް: މި ދޫނި "ރިހެބިލިޓޭޓް" ކުރުމުގެ ހުއްދަ އީޕީއޭ އިން މީހަކަށް ދީފި -- ފޮޓޯ: އަހުމަދު އައްޒާމް ނާފިޒްގެ ޓްވިޓާ
30 ޑިސެމްބަރ 2020 - 12:43
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއްގެ ފިޔަގަނޑު ބިނދިފައި އޮއްވައި ފެނިގެން އެޔަށް އެހީވި މީހަކަށް އެ ބެލެހެއްޓުމުގެ ވަގުތީ ހުއްދައެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.
އައިންމަތީ ދޫންޏެއް ކަމަށްވާ ކުރަނގި ބެލެހެއްޓުމުގެ ހުއްދަ ލިބުނު، ގއ. ގެމަނަފުށީގައި ދިރިއުޅޭ އަހުމަދު އައްޒާމް ނާފިޒު "މިހާރު" އަށް ބުނީ އެ ދޫންޏަށް އަނިޔާވެފައިވާ އޮއްވައި ފެނުނީ މިދިޔަ އަންގާރަ ދުވަހު އެ އަތޮޅު އަރައިގައްތާ އަށް ދަތުރު ގޮސް އުޅެނިކޮށް ކަމަށެވެ. އެ ދޫނި ފެނުނީ ގަސްތަކުގެ ތެރޭގައި، ފިޔަގަނޑު ބިނދިފައި އޮއްވައި ކަމަށް ބުންޏެވެ.
އެ ދޫންޏަށް ފަރުވާދީ، ރިލެބިލިޓޭޓްކުރަން އެދި އީޕީއޭގެ ހުއްދައަކަށް އައްޒާމް ސިޓީ ފޮނުވުމުން އިއްޔެ ދިން ޖަވާބުގައި އޮތީ ވެޓިނަރީ ޑޮކްޓަރެއްގެ ލަފާ ހޯދައި، ދޫނީގެ ހާލު ރަނގަޅުވެ ދޫންޏަށް އެކަނި އުޅެވޭވަރު ވުމުން ލަސްނުކޮށް އޭގެ ގުދުރަތީ މާހައުލަށް ދޫކޮށްލަން ޖެހޭނެ ކަމަވެ. އަދި އެގޮތަށް އަމަލުކުރިކަން އީޕީއޭ އަށް އަންގަން ވެސް ޖެހެ އެވެ.
Thanks @EPAMaldives! 🐦 pic.twitter.com/FJwqKZyUmF
— 📯🕊 (@iamazzamnafiz) December 30, 2020
އަނިޔާވެފައިވާ ދޫނި ފެނުނު އައްޒާމް ކުރި ޓްވީޓެއް
އައްޒާމް ބުނީ އެ ދޫނީގެ ހާލަތާ ބެހޭ ގޮތުން ވެޓިނަރީ ޑޮކްޓަރަކާ ވާހަކަ ދައްކާފައިވާ ކަމަށާއި ފިޔަގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އިންފެކްޓްވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ އެއްކޮށް ރަނގަޅުވާނެކަމުގެ ޔަގީންކަން ނެތް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ވެލާ ހިމާޔަތްކުރަން ބ. އަތޮޅު ކޮކޯ ޕާމް ދުނިކޮޅު ރިސޯޓްގައި ހިންގާ "އޮލިވް ރިޑްލީ ޕްރޮޖެކްޓް" ގައި ބައިވެރިވާން އައްޒާމް އަންނަ ހަފްތާގައި ދާން ހަމަޖެހިފައިވާތީ އެ ރިސޯޓްގެ ވެޓިނަރީ ޑޮކްޓަރަކަށް އެ ދޫނި ދައްކާނެ ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާ ބެއްޔާ
31 December 2020
ސުބްހާ ނައް ﷲ ތިޔައީ މަރުގެ ދިޔަ ދިނުން ކަހަލަ ކަމެއް މިހެއްގެ ފުރާނައަށް ވުރެން އަގުބޮޑު ވާނެ އީޕީއޭއަށް. ތިޔަ ދޫންޏައް ފަރުވާތެރިވާތި، ނޫނީ މިލިޔަނުން ޖޫރިމަނާ ކޮއްލަފާނެ!
ސަނދުވާމަނިކުބެ
30 December 2020
ދެންވަރަށްމޮޅުކަމެއް! ބޭރުތަންތާވެސް އުޅޭނެ މާވެގެން ކޮންމެވެސް ޖަނަވާރެއް އުރާލައިގެން ފިރުމާލަފިރުމާލާ ތިބޭމީހުން. ވަރަށް ބިގްހާޓުވެގެން.. އެކަމަކު ޖެހިގެން އުޅޭގޭގައި ނިކަމެތިމީހަކު އުޅޭކަމެއް އެހީތެރިވާންޖެހޭކަމެއް ނޭގޭނެ. ތިމާވެށިހިމާޔަށް ކުރުން ދިރޭތަކެއްޗަށް އޯގާތެރިވުން މިއީ އުޅެންވާގޮތް. އެކަމަކު ގުދުރަތީ ނިޒާމަށް ތަބާވާންވެސް ޖެހޭ. ދޫނިތަކުގެ ފިޔަގަނޑު ބިންދައިގެންވެސްދާނެ މަރުވެސް ވާނެ. މިކަމުގއި ޒީރޯޓޮލަރެންސެއްއޮތަސް ކުރެވޭނެ ކަމެއް ނެތް
ދިވެހިންގެ ސިކުނޑި
31 December 2020
އޭ ތިބޭފުޅާ ބަލިވީމަ ނުވަތަ ތަނެއް ބިނދުނީމަ ޑޮކްޓަރަށް ނުދައްކައްޗޭ. އެއްވެސް ބޭހެއްވެސް ނުކައްޗޭ. ވާނެގޮތެއް ވާން ހުންނައްޗޭ
މީ އަނެއް
30 December 2020
ބުނާއެއްޗެއް ނެތް ކިހާވަރެއް ހަރަދުވިބާ؟
ދައްޕަރު އިބުރޭ
30 December 2020
ދޫންޏައް ހާއްސަ އިންށުއަރެންސެއް އީޕީއޭ އިން އިންޓޮރޮޑިއުސް ކުރަންފެނޭ!
ހަކީމް
30 December 2020
" ރިލެބިލިޓޭޓް " ވަރަށް ސަޅި ދިވެހި ބަޔެއް.
ރަދީފްއޮފިޝިއަލް
30 December 2020
ކުރަނގި ދެލޯ ފެނިސިހިފާ ..... ♩ ♪ ♫ ♬
ރަދީފްއޮފިޝިއަލް
30 December 2020
އިންސާނުންގެ ފުރާނައަށްވުރެ ޖަނަވާރުންގެ އަގުމަތި ގައުމެއްގަ ތިޔައީ ސަޕްރައިޒެއް ނޫން.ދޫންޏަށަ އަވަސް ޝިފާއަކަށް އެދެން.
މާހިންރާ
30 December 2020
ނޭފަތު ކުރިއަށް ވުރެ ދުރަށް ވިސްނުން މުހިއްމު. ޖަނަވަރާ ދޫނި ސޫފާސޫފި ހިމާޔަތް ކުރަލާ އެއްސަބަކީ އެސޮރުމެން ނެތިއްޖެ ނަމަ ފުޑު ޗެއިންއަށް އަސަރު ކޮށް އިންސާނީ ދަރިފަސްކޮޅު ނެތިދިއުންވެސް އެކަށީގެންވޭ.
ކތީބު
30 December 2020
ދޫނީގެ ފިނޮޅަުތަށް ރިޒޯޓްހަދަން ދީ ހުސްވެއްޖެ.
ސަލީމު އިދުރީސް
30 December 2020
ތިބުނީ ތެދެއް ދޫންޏާ ވެލާފަދަ ޖަނަވާރުތައް ހުރީ ހިމާޔައް ކުރެވިފަ އެކަމަކު އެސޮރުމެންގެ ދަރިފަސްކޮޅު ދެމިއޮތުމައް ބިސްއަޅާ ވިހޭނެ ފަދަ މާހައުލެއްނެއް