ޖޫރިމަނާ ފައިސާ ދައްކަން ރާއްޖެ ޓީވީން ހުޅުވި "އަބުރުފުޅު ފަންޑު".-- ފައިލް ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
30 ޑިސެމްބަރ 2020 - 22:01
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ދެ މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކުރީ ގޯސްކޮށް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ނިންމައިފި އެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ޔާމީންގެ ސަރުކާރުގައި މަޖިލީހުން ފާސްކުރި އަބުރުގެ ގާނޫނުގެ ދަށުން، އެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ ރާއްޖެ ޓީވީ ފަސް ފަހަރެއްގެ މަތިން 3.7 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ތަސްދީގުކުރެއްވީ އަބުރުގެ ގާނޫނު އުވާލުމުގެ އިސްލާހެވެ.
އެއްފަހަރާ އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރީ އޮގަސްޓް، 2018 ގައި ދެ މިލިއަން ރުފިޔާއިންނެވެ. އެއް މަހުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކުމަށް އެންގި އެންގުން ފަސްކުރަން ސިވިލް ކޯޓަށް ވެސް އޭރު ހުށަހެޅި އެވެ. ނަމަވެސް ގާނޫނުގައި އޭރު ބުނީ މައްސަލަ ބަލައިގަނެވޭނީ ޖޫރިމަނާ ދެއްކުމުން ކަމަށެވެ. އެހެންވެ އެ ޓީވީ ސްޓޭޝަނުން ހުށަހެޅި މައްސަލަ ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު، ފަންޑު ފޮށި ބަހައްޓައިގެން ދެ މިލިއަން ރުފިޔާ ހޯދުމަށްފަހު އެ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކާފައިވެ އެވެ.
ރާއްޖެ ޓީވީން އަބަދުވެސް ބުނަމުން ދިޔައީ އެ ސްޓޭޝަން ޖޫރިމަނާކުރީ ނުހައްގުން ކަމަށެވެ. އެހެންވެ ޖޫރިމަނާކުރި މައްސަލަ ރިވިއުކުރަން ހުށަހެޅުމުން ބްރޯޑްކޮމް އިން މިއަދު ވަނީ އެކަމާ މެދު ގޮތެއް ނިންމައި މައްސަލަ ނިންމައިފަ އެވެ.
ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެކަމެއް ރިވިއުކުރެވޭނެ ގޮތެއް ބްރޯޑްކޮމްގައި މީގެ ކުރިއަކުން ނޯވެ އެވެ. ނަމަވެސް އާ މެމްބަރުންނާ އެކު މި ފަހުން ވަނީ މައްސަލަތައް ރިވިއުކުރާނެ ގޮތްތަކެއް ކަނޑައަޅައި އެކަމަށް ހުޅުވާލައިފަ އެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަދި ރާއްޖެ ޓީވީގެ ކޯ-ފައުންޑަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޫރިމަނާ ދެއްކި ފައިސާ އެ ޓީވީއަކުން ބޭނުމެއް ނުކުރާނެ ކަމަށެވެ. ފައިސާ ލިބުމުން އެ ހަދިޔާކުރާނީ އެހީ ބޭނުންވާ ކުޑަކުދިންގެ ހިޔާއަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖެ ޓީވީއަށް މުހިއްމީ އިންސާފު. އެކަން ވެއްޖެ،" ސަލީމްގެ ޓްވީޓުގައި ވިދާޅުވި އެވެ.
ޖޫރިމަނާ ފައިސާ ދެއްކުމަށް ރާއްޖެ ޓީވީން ފަންޑު ފޮށި ބެހެއްޓި އެވެ. އަދި އެ ފަންޑު ފޮށި ހިފައިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް އެ ސްޓޭޝަންގެ ނޫސްވެރިން ދަތުރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތޮންބެ
31 December 2020
ދެންވަރައް މަޖާދެއްތޮ؟
ތިމާވެށި
31 December 2020
ޖޭއެސްސީގެ މެމްބަރުން ކޯޓް ތަކަށް ނުފޫޒް ފޯރުވަނީ އެވެ.
ފަހުދު
31 December 2020
އިންސާފު އެއީ އެއިރަކު ބާރުގަ އޮތްބަޔަކައް ލިބޭ އެއްޗެއް. މިކަންތައް ޜަންގަޅުވާނީ ދިވެހިން ވޯޓުވިއްކުން ހުއްޓާލި ދުވަހަކުމް
ނަހޫ
31 December 2020
ސަތޭކައިގެ ވާހަކައެއް
ސއނާ
31 December 2020
ތިޔައީ ބްރޯޑްކޮމް ގެ ބޭފުޅުންގެ ވަޒީފާގެ ގެރެންޓީ ހޯދުމަށް ނުހައްގުން ބަޔަކަށްދެވޭ ފައިސާތަކެއް.
6598
31 December 2020
އެޖެންޑާ 19 ފައްކާވާނެ!
ކެލާ
31 December 2020
އާމިރު ސަލީމު ހެދުނު ގެންނަ ޕްރޮގްރާމަކީ އަސާސެއް ނެތް ވާހަކަ މީހަކު ބުންޏޭ ކިޔާފަ ގެންނަ ޕްރޮގްރާމެއް. އޭގެ ތެރޭގަ މީހުންގެ އަބުރު ކަތިލުންވެސް ހިމެނޭ
މަސްވެރިޔ
31 December 2020
100 ކާކެ ވަހަކަހެއް ތިބުނީ....މީނަޔަކީ ސަރުކާރު ގަ ގުއިވަސް ދޮވިޔަސް ބުނާނެ އެދޮވަނީ....ގޮމަކަސްތޫރި ވަހޭ....މޑޕ ޗެނަލް އެން ހެއް ހީވޭ ބައެއްފަހަރު......ދުވަހަކުވެސް އަޑުނީ މީނަޔަށް ފެނިގެން ޔަގީން ވެގެން ބުނާ އެއްްޗެއް އަބަދުވެސް ކޮންމެސް މީހަކު ބުނީ ....
ޟުބާން ފިއްލަދޫ
31 December 2020
ބުރޯޑްކޮމްގެ ނިންމުމެއް އަލުން ބަދަލުކުރެވޭނީ ކޯޓުން
މަދު
30 December 2020
ބާރު ލިބުނީމަ އިންސާފު އެއްބަޔަކަށް ފެންނެނީ އެކޮޅުކޮޅުން. ކުރިން ތިމާމެން ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހުނު ހުރިހާ ފައިސާއެއް ބާރު ލިބުނީމަ އަނބުރާ ދައުލަތުން ނަގާ އުސޫލު މީތޯ ޑިމޮކްރެސީގެ މަފްހޫމަކީ. ކަސްޓަމްސް އަށް ދެއްކި 22 މިލިއަން ރުފިޔާ ވެސް މި ސަރުކާރު އައިފަހުން އަނބުރާ ޕާޓީ އަށް ފަންޑުކުރާ ވިޔަފާރިވެރިއާއަށް ވަނީ އަނބުރާ ދީފައި ދައުލަތުން ނަގާފައި.
ސަރުބަ
31 December 2020
ނޫނޭ އިންސާފަކީ، ޔާމީނާއި އޭނަގެ ސަރުކާރުން ހަމައެއް ލަމައެއް ނެތި ކަންކުރަމުން ދިޔަގޮތް. އެ ސަރުކާރުގެ ކޮންތާކު ކޮންކަމަކު ހަމަޔާ އިންސާފު އޮތީ.
ކަބީރް
31 December 2020
ބްރޯ، ޔާމީނު ވެރިކަމުގަ ހުރެގެން ކުރި އެކަހަލަ ކަންކަން ކަޑަވީމާ، އެވާހާކަތައް ރައްޔިތުން ގާތު ދައްކާފަ، ކަންކަން ރަނގަޅު ކުރަން ފާޑެއްގެ އަޑިންދާ-19 އެކޭ ކިޔާފައަަިސް ޔާމީނު ކުރި ނުލަފާ ކޮންމެ ކަމަކަށް 10 ނުލާފާކަންތައް ކުރީމާ އެވާހަކަ ދައްކާނެ ދޯ.
ރީތި މޫސަ
30 December 2020
ބަދަލުގެ ގޮތުގައި ތިފައިސާދިނުމުން ލޯކަލްކައުންސިލްގެ އިންތިޚާބު ކެންޕެއިން ކޮށްލުމަށް ފަސޭހަވާނެ
ބުއްޅަ
30 December 2020
އިންސާފް! އިންސާފަކީ އަމިއްލަ އެދުން!