ޚަބަރު / ރާއްޖެ ޓީވީ

ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ވެސް ރާއްޖެ ޓީވީން ދައްކައިފި

ރާއްޖެ ޓީވީ ކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ މީރާއަށް ދައްކަން ފަންޑުފޮށިތައް ވައްދަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ، ބްރޯޑްކާސްޓިން ކޮމިޝަނުން ދެ މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމުން އެ ފައިސާ މިއަދު މީރާއަށް ދައްކައިފި އެވެ.

މިއީ ރާއްޖެ ޓީވީ ޖޫރިމަނާކުރި ފަސް ވަނަ ފަހަރެވެ. މިހާތަނަށް ދެއްކި ޖޫރިމަނާގެ އަދަދު 3.7 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ރާއްޖެޓީވީގެ އިސްވެރިން މިއަދު އެ ފައިސާ މީރާއަށް ގެންދިޔައީ ފައިސާ ހޯދުމަށް ހެދި ފަންޑު ފޮށިތަކުގަ އެވެ. އެއީ ފުޅިމަދު ފަސް ފޮއްޓާއި ލަކުޑި ދެ ފޮއްޓެކެވެ. ފޮށިތަކުގައި ފައިސާ ހުރީ 500 ރުފިޔާގެ ނޫޓުންނެވެ.

މީރާ ކުރިމަތީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ދެ މިލިއަން ރުފިޔާ އަކީ މީހުން ދިން އެހީ ކަމަށެވެ. ދިވެހި ރައްޔިތުންނާއި އެކި މީޑިއާތަކުގެ އިތުރުން ކުންފުނިތަކުން ބޮޑެތި އެހީތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ ހަވާލުކުރަން ގޮސް، ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެ ފައިސާ ހޯދުމަށް އެ ޓީވީން ބެހެއްޓި ފަންޑުފޮށިތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ އާންމުން ފައިސާ ހަދިޔާކުރި އެވެ. އަދި ރާއްޖެޓީވީން ޓީޝާޓް ވިއްކައިގެން ވެސް ފައިސާ ހޯދި ކަމަށް ފިޔާޒު ވިދާޅުވި އެވެ.

"ބްރޯޑްކާސްޓިން ކޮމިޝަނުން މިއަނިޔާވެރި ރޭވުން ރާވާފައި އަޅުގަނޑުމެން މީޑިއާގައި އަޑުކަނޑުވާލަން އިންތިހާބާ ދިމާކޮށްފައި އޮތަސް އެބޭފުޅުންނަށް ވަރަށް މުހިންމު މެސެޖެއް އެބަ ލިބިދޭ،" ފިޔާޒު ވިދާޅުވި އެވެ.

Raajje tv ge joorimanaa dhekkumuge muhdhathu ithuru koh nudheveyne: Broadcasting commission

Raajje tv ge joorimanaa dhekkumuge muhdhathu ithuru koh nudheveyne: Broadcasting commission

The most trusted news source in the Maldives

Mihaaru

ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް އެންގުން--

"ދިވެހި ރައްޔިތުން މިނިވަންކަމާއެކު މިފަންޑަށް ފައިސާ ލަމުން ދިއުމުން އަންގައިދެނީ ދިވެހި ރައްޔިތުން ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުން ބަލައިނުގަންނަކަން،"

ކުށެއްކޮށްފި ނަމަ އަޅާ ފިޔަވަޅު ބަލައިގަންނާނެ ކަމަށާއި ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނުން "ހަމައެއް ލަމައެއްނެތް" ކަމަށް ފިޔާޒު ވިދާޅުވި އެވެ. އަދި އެއީ ރާއްޖެ ޓީވީން އިންތިހާބުގެ ކަވަރޭޖް ގެނެސް ދިނުމަށް ހުރަސް އަޅަން ސަރުކާރުގެ ރޭވެމެއްގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް ފިޔާޒު ތުހުމަތުކުރެއްވި އެވެ.

ރާއްޖެ ޓީވީގެ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން ފޮށިތަކުގައި މީރާ އަށް ގެންދަނީ. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ބްރޯޑްކާސްޓިން ކޮމިޝަނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ފިޔާޒު ވިދާޅުވީ އެ ކޮމިޝަންގެ ރައީސް އަދި ތަޖުރިބާކާރު ނޫސްވެރިޔާ މުހައްމަދު ޝަހީބާއި ކޮމިޝަންގެ މެމްބަރުންގެ އަމަލުތައް ހުރި ގޮތުން ދިވެހި ތާރީހުގައި އެބޭފުޅުންގެ ނަން ކަޅުއަކުރުން ލިޔެވިގެންދާނެ ކަމަށެވެ.

ދެ މިލިއަން ރުފިޔާ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގުމާ ގުޅިގެން ރާއްޖެ ޓީވީން ވަނީ އެ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ނަމަވެސް، ގާނޫނުގައިވާ ގޮތުން، މައްސަލަ ބަލައިގަނެވޭނީ ޖޫރިމަނާ ދެއްކުމުން ކަމަށް ވާތީ ސިވިލް ކޯޓުން އެ މައްސަލައެއް ބަލައެއް ނުގަތެވެ.

މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭގޮތަށް ހަދާފައިވާ އަބުރުގެ ގާނޫނު ބުނާގޮތުން ކުރާ ޖޫރިމަނާ އިސްތިއުނާފު ކުރެވޭނީ ފައިސާ ދެއްކުމަށް ފަހުގަ އެވެ.

Joorimanaa kuree Inthihaabuge Coverage ah huras alhan: Raajje Tv

Joorimanaa kuree Inthihaabuge Coverage ah huras alhan: Raajje Tv

The most trusted news source in the Maldives

Mihaaru

ޖޫރިމަނާ ކުރީ ކަވަރޭޖަށް ހުރަސް އަޅަން ކަމަށް ރާއްޖެ ޓީވީން ބުނުން--

ރާއްޖެ ޓީވީގެ ގާނޫނީ ވަކީލް ނިޝާން އިބްރާހިމް ވިދާޅުވީ އެ ޓީވީ ސްޓޭޝަން ޖޫރިމަނާ ކުރި ސަބަބު ސާފުކޮށްދީފައި ނުވާތީ ދެން އެކަން ސާފުކުރާނީ ކޯޓު މެދުވެރިކޮށް ކަމަށެވެ. ރާއްޖެޓީވީ ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން ދައްކާފައިވާ ފައިސާތައް އަނބުރާ ރާއްޖެޓީވީން ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ފައިސާ ދެއްކުމުން ސްލިޕް ލިބޭނެ. މަސައްކަތް ކުރާނީ އެންމެ ލަސްވެގެން މާދަމާ ޝަރީއަތަށް މައްސަލަ ވެއްދޭތޯ،" ނިޝާން ވިދާޅުވި އެވެ.

މީގެ ހަތް އަހަރު ކުރިން އުފެއްދި ޓީވީ ސްޓޭޝަން، އަބުރުގެ ގާނޫނުގެ ދަށުން މިދިޔަ އަހަރު ފުރަތަމަ ޖޫރިމަނާކުރީ 250،000ރ. އިންނެވެ. އެ ޖޫރިމަނާ ދެއްކި ދުވަހު ވެސް އެ ސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އޭގެ ފަހުން ވެސް ބޮޑު އަދަދުތަކުން ޖޫރިމަނާކުރި އެވެ.

33 ކޮމެންޓް, 184 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 2%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބުރުބެ

10 September 2018

އަބުރު ކަތިލެވޭނީވެސް އަބުރެއް އޮވެގެންތާ!

The name is already taken The name is available. Register?

ކައްޓްލަ

10 September 2018

އަދިވެސް ބެހޭތި ކުރި ވަރު ކުޑައީ

The name is already taken The name is available. Register?

އިބްރާ

10 September 2018

އަނެއްކާވެސް އަބުރު ކަތިލައި ފައިސާދައްކާ. ތިޔައީ ގަޓްބައެއް.

The name is already taken The name is available. Register?

ގަޓުހ

10 September 2018

އަބުރު ކަތިލުމަކީ ގަޓުކަމެއްނޫން . އަނެކާގެ އަބުރައް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފަ އެއް

The name is already taken The name is available. Register?

ފަޅުވެރިން

10 September 2018

އަދިވެސް ކުރިއަށް ފައިސާ ޖަމާކޮށްފައި ބަހައްޓާ! ދެންވެސް މީހުންގެ އަބުރާ ބެހެންޏާ ޖޫރިމަނާވާނެ! ޖޫރިމަނާ ދައްކާނެ ހިތްވަރު ނެތިއްޔާ މީހުންގެ އަބުރާ ނުބެހި ނޫސްވެރިކަން ކުރަން ޖެހޭނީ ދަސްކުރަން!!

The name is already taken The name is available. Register?

ޥވބބ

10 September 2018

މީހަކު ކުރިކުށެއްގެ ވާހަކަދެއަކުމަކީ އަބުރާބެހުމެއްނޫން. ތިގޮތަށްބުނަންޏާ ޔާމީނުމާބޮޑަށް މީހުންގެ އަބުރަށް އަރައިގަނޭ މީހުންގެ އަޑުކުރަކި ވާހަކަޔާ ވާހަކަދައްކާގޮތަށް މަލާމަތްކުރާތީ ޔާމީނަގެ ފެންވަރުއެނގޭއަސްލު

The name is already taken The name is available. Register?

ބޮޓުލް2

09 September 2018

ސަން ޓީވީ ބަންދުކޮއްފަ ރާއްޖެޓީވީގެ ޖުރިމަނާ ދައްކަދިނީބާ އަނެއްކާ؟

The name is already taken The name is available. Register?

އަބްދުއްލާ

09 September 2018

އިންތިހާބުގެ ކުރިން 5 މިލިއަން ޖުރްމާނާ 5 ދުވަހުން ނުދެއްކިއްޖެނަމަ އުވާލާ.

The name is already taken The name is available. Register?

ޒިމްޒިމް

09 September 2018

ރާއްޖެޓީވީއިން ދައުލަތަށް މިހާތަނަށް ދެއްކި 3 މިލިޔަންވުރެ ގިނަ ރުފިޔާއިން ކުޑަރަށެއްގައި ފެެންވަރު ރަގަޅު ހޮސްޕިޓަލްއެއް އެޅޭނެ...

The name is already taken The name is available. Register?

އިބްރާ

10 September 2018

އެންމެ ލެޕްޓޮޕަކުން ގައުމުހިންގާބަޔަކަށް ތިވަރުވެސްް ބޮޑު.

The name is already taken The name is available. Register?

ކިޔުންތެރިއެއް

09 September 2018

ސާބަހޭ ރާއްޖެޓީވީ

The name is already taken The name is available. Register?

މޭން

09 September 2018

އަބުރާ ބެހޭތީވެ ޖޫރިމަނާކުރީ ދެކަމެއް ނުކުރޭ

The name is already taken The name is available. Register?

މޮންސްޓާ

09 September 2018

ދެން އަޠްޖަހާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454