ޚަބަރު / މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

ރާއްޖެ ޓީވީގެ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދެވޭކަށް ނެތް: ބްރޯޑްކާސްޓިން ކޮމިޝަން

ރާއްޖެ ޓީވީގެ ބައެއް މުވައްޒިފުން ރާއްޖެ ޓީވީ ކުރިމަތީގައި ހުއްޓިލައިގެން: އެ ސްޓޭޝަން ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައި -- މިހާރު ފޮޓޯ/އަހުމަދު ނިޝާތު

އިދިކޮޅު އިއްތިހާދުގެ މުޒާހަރާއެއްގައި ދެއްކި ވާހަކަތަކެއް ރާއްޖެ ޓީވީން ގެނެސްދިން މައްސަލާގައި، އެ ސްޓޭޝަންގެ މައްޗަށް ކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ދެވެން ނެތް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން މި މަހު ޖޫރިމަނާ ކުރީ މިދިޔަ މާޗް މަހު އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅު ގެއްލޭ ގޮތަށް ދެެއްކި ވާހަކަތަކެއް އެ ސްޓޭޝަނުން ބްރޯޑްކާސްޓްކުރި ކަމަށް ބުނެ އެވެ. ޖޫރިމަނާ ދައްކަން އެ ސްޓޭޝަނަށް ދީފައިވާ 30 ދުވަހުގެ މުއްދަތު އަންނަ މަހުގެ އަށް ވަނަ ދުވަހު ހަމަވާނެ އެވެ.

ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭން ރާއްޖެ ޓީވީން އެދުމުން ބްރޯޑްކާސްޓިން ކޮމިޝަނުން އެ ސްޓޭޝަނަށް މިއަދު ފޮނުވި ސިޓީގައި ވަނީ ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ދެވެން ނެތް ކަމަށެވެ.

ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް އެ ކޮމިޝަނުން ނިންމިއިރު، ރާއްޖެ ޓީވީން ވަނީ ޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމަށް ފަންޑު ފޮށިތައް ހުޅުވައިފަ އެވެ.

މީގެކުރިން ވެސް ތިން ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވެ އެވެ. އަބުރުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ އެ ސްޓޭޝަން ޖޫރިމަނާ ކުރީ ފުރަތަމަ މިދިޔަ އަހަރު 250،000ރ. އިންނެވެ. އޭގެ ފަހުން އެއް މިލިއަން ރުފިޔާއިން ވެސް ޖޫރިމަނާ ކުރި އެވެ. އަދި ފަހުން ފަސް ލައްކަ ރުފިޔާއިން ވެސް އެ ސްޓޭޝަން ޖޫރިމަނާކުރި އެވެ.

ޖޫރިމަނާ ކުރި މައްސަލަތައް ރާއްޖެ ޓީވީން ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަތައް މިހާރު ދަނީ ހިނގަމުންނެވެ.

21 ކޮމެންޓް, 288 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޖީތު

30 August 2018

މިއީ ބްރޯޑްކާސްޓިންގް ކަމިޝަން މެދުވެރިކޮށް އިންތިޚާބަށް ނުފޫޒުފޯރުވާ ވަކި ބައެއްގެ ކެމްޕޭނަށް ހުރަސްއަޅަން ކުރާ މަސައްކަތެއް.

The name is already taken The name is available. Register?

މޫމިނާ

30 August 2018

ހުރަސް އަޅަނީ އެއްނޫން. ހަޔާތްކެޑިގެން އަބުރަށް އަރައިގަންނަނަމަ ޖޫރިމަނާ ކުރެވޭނެ. ކޮލަމާފުށިން ވެސް ފެނިގެން އެދިޔައީ އިދިކޮޅުމީހުންގެ ކަންތަށް ހުންނަގޮތް. ސީދާގޮތުން މާރާމާރީ ހިންގަން ބޭނުންވަނީ.

The name is already taken The name is available. Register?

ދދދދދދދ

30 August 2018

ބަލަ ބާގައި ތިބި ވަގުން ފައިސާ ހަމަކޮށް ނުދިންތަ؟ ތީ ވާ ވަރަކީ.

The name is already taken The name is available. Register?

ކައުސަރު

30 August 2018

ތިޔަ ކަމިޝަން އުވާލައި ތިޔަތަނުގައި ތިބި މެމްބަރުންނަށް ދައުވަަކޮށް ދެން އަންނަ ސަރުކާރަކުން މިފަދައިން ކޮށްފައިހުރި ޖުރުމާނާތަށް އަނބުރާ ރާއްޖެ ޓީވީއަށް ދޭން އަންގައި މިފަދަ ޖުރުމާނާތަކުގެ ސަބަބުން ރާއްޖެ ޓީވީ އަށް ލިބިފައިހުރި ގެއްލުން މިލިއަނުން އަގުކޮށް ދައްކަން މަޖުބޫރުކުރުމަކީ ވެސް ވެދާނެ ކަމަކެވެ. މިދުވަސް ކޮޅުގައި އަލިފާނައި ކުޅޭނީ ފިހެންވެގެންނެވެ. އަދި މިފަދަ ގޮތެއް ވެއްޖެނަމަ ތިޔަމެމްބަރުން ލައްވައި މިހާރު މިކަންތައްކުރުވާ ބަޔަކު އެދުވަހަކުން ސަލާމަތް ކުރާކަށް ނާންނާނެއެވެ. ވީމާ ކުރާކަންތަކަށް އަމިއްލައަށް ޒިންމާ ނެގޭނެ ހާލަތުގައި ތިއްބާވާށެވެ.

The name is already taken The name is available. Register?

ްައަބް

29 August 2018

މިފައިސާ ނުދައްކާފިނަމަ ވާނީ ކިހިނެތް؟

The name is already taken The name is available. Register?

usmaan

29 August 2018

ތިޔަ ބުރޯޑް ކާސްޓިން ކަމިސަނަކީ އުވާލަން ވެފައިވާތަނެއް. ތިޔަތަނަކީ ބުރޯޑްކާސްޓް ކުރުމުގެ ކަންތައްތައް ދަންނަބަޔަކު ތިބިތަނެއްނޫން.

The name is already taken The name is available. Register?

ދޮންބީފާނު

30 August 2018

ފާޑު ފާޑު އަނގަ ނުތަޅާ ހުރޭ. އަހަރުމެން ތި ރާޓީވީގަނޑު އުވާލާނަން. ކަލޭ ބަލަން ހުންނާތި.

The name is already taken The name is available. Register?

ނުޒުފާ

29 August 2018

ކޮބާތަ އިބޫ ތިއަށް އެޅި ލާރި ބޮނޑި؟ ކޮބާ ރއްޔިތުން ފެލައިގެން އެއްކުރި އަބުރުފުޅު ފަންޑް؟ އެވެސް ނެގީ؟ އަނެއްކާ އަނެކްއްޗެކޭ ކިޔައިގެން ލާރި ހޯދަން ތިއުޅެނީ އެމްޑީޕީ ކެމްޕެއްިނަށް. ބަލަ ރައްޔިތުން ނުޖެހެއޭ ތަމެން ގަޥާއިދުތަކާ ޚިލާފުވެގެން އަންނަ ޖޫރިމަނާ ދައްކާކަށް. އަމިއްލައަށް ތި ޖޫރިމަނާ ދެއްކޭ ފެންވަރު ހުއްޓާ ކީއްކުރަން ޖަހާ ސަލާމެއްތަ؟

The name is already taken The name is available. Register?

ދަތްއަދުރޭ

29 August 2018

ނުހައްގުން ޖޫރިމަނާކޮށް، ރައްޔިތުންނަށް އުނދަގޫކޮށް، ދުއްތުރާކުރި މީހުންގެ ހަރުމުދާ ނަގާފައިވެސް ގެއްލުމުގެ ބަދަލުދޭން ރައީސް އިބޫއަށް ގޮވާލަން! 23 ސެޕްޓެމްބަރަށް ފަހު ކޮމިޝަންތަކުގައި ތިބެ ސިޔާސީ މަސައްކަތްކުރި މީހުންގެ އަސްލު ފެންވަރާއި، ސައިޒު ފެނިގެންދާނެ! ނުރޮއްޗޭ!

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

29 August 2018

ކުދިންނޭ ހާސްނުވޭ. ނު ޙައްޤުން ކުރާ ޖޫރިމަނާ އަކަށް ވާނަމަ އެކަމުގެ ބަދަލު ދެން އަންނަ ސަރުކާރަކުން ހޯދާދޭނެ. އަދި އެފައިސާ ހޯދާދޭނެ ކަމަށް ލަފާ ކުރެވެނީ އެކަމެއް ކުރި ބައެއްގެ އަތުން. އެ މުއައްސަސާ އަކުން ނޫން ކަމުގައި މަމެން ދެކެން. މިކަމުގައި ވާނެގޮތް ބަލަން މަމެން ތިބޭނަމު.

The name is already taken The name is available. Register?

އިންމަބޭ

29 August 2018

ރާޓީވީ ކުށްކޮއްފަ ރައްޔިތުންގެ އަންދުން އަޅުވައިގެން ރައްޔިތުން އަތުން ލާރި ނެގުމަކީ ބޮޑު ޖަރީމާއެއް.

The name is already taken The name is available. Register?

ފެނޭތޭތޭ

29 August 2018

ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

The name is already taken The name is available. Register?

ރަންރީނދޫ ޓިވިޓަރޭ

30 August 2018

މަމެންނަށް އެބަފެނޭ. ފެނޭދޯ. އެބަފެނޭ. ދެން ތަމެން ދޭބަލަ މަހަށް. ގުޑް ގުޑް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454