ޚަބަރު / ރާއްޖެ ޓީވީ

ޖޫރިމަނާ ކުރީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އަޅަން: ރާއްޖެ ޓީވީ

އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރުމުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އަޅަން ކަމަށް ރާއްޖެ ޓީވީން މިއަދު ބުނެފި އެވެ.

ރާއްޖެ ޓީވީ ފަސް ވަނަ ފަހަރަށް އިއްޔެ ޖޫރިމަނާ ކުރުމުން އެ ސްޓޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރެވެން އޮތް އެންމެ ބޮޑު އަދަދުން ބްރޯޑްކޮމް އިން އެކަން ކޮށްފައިވަނީ ރާއްޖެޓީވީ ހުއްޓުވުމަށް އެ ކޮމިޝަންގެ މެމްބަރުން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

"އެއީ އަންނަ މަހު ބާއްވާ އިންތިހާބުގެ ހަގީގަތްތައް ރައްޔިތުންނަށް ގެނެސްދިނުމަށް ސްޓޭޝަންގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތައް ހުރަސް އަޅައި ފޯކަސް ގެއްލުވާލުމަށް، ރަނގަޅަށް ހިސާބު ޖެހުމަށްފަހު ދިން ބޮޑު އަނިޔާއެއް،" ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބްރޯޑްކޮމް އިން ބުނިގޮތުގައި ރާއްޖެ ޓީވީ ޖޫރިމަނާކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ބޭއްވި މުޒާހަރާއެއްގައި ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓްކުރުމުން ކަމަށެވެ. އެހެންވެ ދެ ގާނޫނަކާ ހިލާފުވެގެން ކުރި ޖޫރިމަނާ، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގައިފަ އެވެ.

RaajjeTV 2 million rufiyaa in joorimanaa koffi

RaajjeTV 2 million rufiyaa in joorimanaa koffi

The most trusted news source in the Maldives

Mihaaru

ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން--

ރާއްޖެޓީވީން ބުނީ ބްރޯޑްކޮމްއިން އެ ސްޓޭޝަން ޖޫރިމަނާ ކުރީ "ބުހުތާން ދޮގު" ހެދުމަށްފަހު ކަމަށެވެ. މައްސަލަ ނިންމިއިރު ރާއްޖެޓީވީ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖެޓީވީން ގެނެސްދިން އިންޓަވިއުގައި ދެއްކި ވާހަކަތަކަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއް ކަމަށް ބްރޯޑްކޮމް އިން ބުނާއިރު އެފަދަ މައްސަލަ ބަލަން ޖެހޭ އެއްވެސް މުއައްސަސާއަކުން މިހާތަނަށް އެކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައިނުވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖެ ޓީވީން ބުނީ އެ ސްޓޭޝަން ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބްރޯޑްކޮމްގެ މެމްބަރުންނަށް އެ ކޮމިޝަންގެ ފަންނީ މުވައްޒަފުން ލަފާދީފައިވަނިކޮށް ކަމަށް އެ ސްޓޭޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ބްރޯޑްކޮމް އިން މިދިޔަ އަހަރު އެކިފަހަރު މަތިން 1.7 މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައިވެ އެވެ. އެކަންކަމަށް އިންސާފު ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް ވެސް ރާއްޖެ ޓީވީން ބުނެ އެވެ.

އެ ސްޓޭޝަނަކީ އެހާ ބޮޑު ޖޫރިމަނާއެއް ދެއްކުމުގެ ގާބިލުކަން ނެތް ސްޓޭޝަނެއް ނަމަވެސް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

23 ކޮމެންޓް, 90 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 73%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާތިހު

30 August 2018

ކޯޑިނޭޓަރުން ލައްވާ ކޮމެންޓު ކޮރެވިދާނެއެވެ.. ނަމަވެސް ކޮމެންޓުގެ ލަައިކްސް ބަލާލީމަ މަންޒަރު ވަރަށްސާފެވެ.

The name is already taken The name is available. Register?

ރައްޔިތުމީހާ...

10 August 2018

ތިވަރުވެސްމަދު ތިޕްރޮޕެގެންޑާ ފަތުރާ ގްރޫޕް ކޮންމެގޮތެއް ހަދައިގެންނަމަވެސް ހުއްޓުވަން އެބަޖެހޭ ދޮގުހެދުމާއި ރާއްޖޭގެ ސުލްހައާއި މަސްލަހަތު ނަގާލާބަޔަކަށް ހަބަރު ފަތުރަން އެއްވެސް ފުރުސަތެއް ދެވިގެންނުވާނެ ! މިއީ އަހަރެމެންގެވެސް ޤައުމު އަހަރެމެނެއް ބޭނުމެއްނޫން މިފަދަ ބަޔަކަށް މިޤައުމުގައި ފުރުސަތުތަކެއްދޭން... އެމީހުނަކީ ވަކިޖަމާއަށް ތަކަކާއި މިޤައުމަށް ނުފޫޒްފޯރުވަން ބޭނުންވާ ބަޔަކު ބޭނުންވާހާ ގޮތަކަށް ދޮގުހަދައިގެން ހަބަރު ފަތުރައި މިޤައުމުގެ ހަލާކަށް މަސައްކަތްކުރަމުން އަންނަބައެއް... !

The name is already taken The name is available. Register?

ޅަވިޔަނިނއ

09 August 2018

އެވާހަކަ ދެއްކި މީހާ ޖުރުމައިނާ ނުވޭ. ؟

The name is already taken The name is available. Register?

ޢަންދާގާނޫނު

09 August 2018

ކެންޕެއިން ކުރަން ރުފިޔާ ކޮޅެއް ހޯދާލީދޯ

The name is already taken The name is available. Register?

އަބްދުއްލާ

09 August 2018

ރާއްޖެ ޓީވީ އުވާލަބަލަ

The name is already taken The name is available. Register?

ގުރައިދޫ ސެންޓަރު

09 August 2018

އެކުން އަނގަ ގަދަކޮށް ބަހަނާ ނުދައްކާ ލާރިކޮޅު ދައްކާލާ. 30 ދުވަހުގެ މުހުލަތެއް އޮތީ. ގޮއްރީނދޫ ކުލައިގެން ޖަރީވެގެން ނޫސްވެރިކަމުގެ މިންގަނޑަށް ފައިން އެރީމާ ބޮވޭ ބޮނޑި އަދި މިއަށްވުރެ މާ ހިތިވާނެ.

The name is already taken The name is available. Register?

މާނަ

09 August 2018

ސައްހަ ޚަބަރު ގެނެސްދިނުމަކީ ވަރަށް މުޙިއްމު ކަމެއް

The name is already taken The name is available. Register?

ހަސަން ޒަކީ

09 August 2018

މުއައްސަސާ ތަކުގެ އަގުވައްޓާލައި، އާނމުކޮށް ނޫސްބަޔާންތައްނެރުމުގެ ކުރިން ކުޑަކޮށްވެސް މައްސަލަ ޙައްލުވާނޭ ގޮތަކާއި މެދު ވިސްނިންތޯއެވެ؟ ޤާނޫނާއި ޤަވާއިދާއި އުފެއްދީ ތިޔަ އިތްޒަތްތެރި އިދިކޮޅުމެންބަރުންވެސް ހިމެނިގެނެވެ. އޭރު ވޯޓް ދީފައި، މިއަދު ތިޔަކަހަލަ ބަޔާންތައް ނެރެންވީމަ ތިޔަ ބަޔާނުގެ މުރާދު ޙާސިލެއްނުވާނެއެވެ. ޔެލޯ ޖާނަލިސަމް ހުއްޓާލައްވާށެވެ! ޤަޢުމު ބައިބައި ކޮށް ނުލައްވާށެވެ!

The name is already taken The name is available. Register?

ކަޓުވާ

09 August 2018

ކެމްޕޭން ކުރަންވީވެސް ޕޕޕ އެކަނި ޖަލްސާތައް ބާއްވަނވީވެސް ޕޕޕ އެކަނި މިއީ ޕޕޕ ދަންްނަ ޑިމޮކްރަސީ ކީއްކުރާނީ އިންޝާﷲ ބަދަލުވާކަށް ގިނަދުވަހެއްނެތް

The name is already taken The name is available. Register?

އަތްފުނާ

09 August 2018

ވަހަކަ ދެއްކިމިހާ ކިއްވެރިނުވެ އެމަންޒަރު ލައިވް ކުރި ފަރާތްވެސް ކުށްވެރިނުވެ ، އެވާހަކަތައް އުނިއިތުރު ނުކޮށް ރީބްރޯޑްކާސްޓް ކުރިމާ ރާއްޖެ ޓީވީ މިވީ ކުށަކަށް އަރައިގެންކަމަށް.ތިގޮތަށް ޖޫރިމަނާ ކުރިމާ ރާއްޖެ ޓީވީ ސަލާމަތް ކުރަންވެސްތިބީ ހަމަ ތިޔަބުނާ ވާހަކަ އަޑު އެހި މީހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454