އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
10 ޖެނުއަރީ 2021 - 13:54
ހުތުރު ބަހުން ވާހަކަދެއްކެވި މައްސަލައިގައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުވާން އޭނާއަށް ޗިޓު ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އޮކްޓޯބަރު 26، 2020 ގައި އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ދުވަހު އެ ކޯޓުގެ ބޭރުގައި ހުންނަވައި ސަޕޯޓަރުންނާ ދެއްކެވި ވާހަކައެއްގައި ބޭނުންކުރެއްވި ހުތުރު ބަސްތަކަކަށް ބިނާކޮށެވެ.
ނޮވެމްބަރު 28، 2019 ގައި ކޯޓު ބޭރުގައި ހުންނަވައި އަބްދުއްރަހީމް ހުތުރު ބަސް ބޭނުންކުރެއްވީ ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތްކުރައްވަ އެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށް ވިދާޅުވެ، އެ ދުވަހު އޭނާ އިންޒާރު ވެސް ދެއްވި އެވެ. އަދުރޭގެ ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބަލައިދޭން ފުލުހަށް ހުށަހެޅީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ސާވިސް (ޑީޖޭއޭ) އިންނެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މި މަހުގެ 31 ގަ އެވެ.
އަދުރޭގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ ގިނަވެގެން ތިން މަހަށް ޖަލަށް ލުމެވެ. އެންމެ ލުއި އަދަބަކީ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހެވެ.
އެ ދައުވާ އުފުލުމާ ގުޅިގެން އަބްދުއްރަހީމް "މިހާރު" އަށް ކުރިން ވިދާޅުވީ އެފަދަ ބޭކާރު ދައުވާތައް ކުރަނީ ސަރުކާރުން ގޮތް ހުސްވެގެން ކަމަށެވެ. ސަރުކާރުގެ މަގުސަދަކީ އިދިކޮޅުގެ އަޑު ކަނޑުވާލުން ކަމަށް ވިޔަސް އެކަން އެހެން ނުވާނެ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.
"ބޭނުން ކޮންމެ ދައުވާއެއް ވެސް ކުރަންވީ. އަޅުގަނޑު ކޮންމެ ތާކު ހުއްޓަސް ކޮންމެ ދައުވާއެއް ކުރިއަސް މި ސަރުކާރުން ކުރާ ވިޔާނުދާ ކަންކަމާ ދެކޮޅަށް އަޑު އުފުލާނަން. އަޅުގަނޑުގެ އަޑު [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހަށް ކަނޑުވައެއް ނުލެވޭނެ،" އޭނާ ވިދާޅުވި އެވެ.
އަދުރޭ ވަނީ މިދިޔަ އޮގަސްޓް މަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ހިލާފަށް މާލޭގައި އިދިކޮޅުން ބޭއްވި އެއްވުމާ ގުޅުގެން ފުލުހަށް ހާޒިރުކުރުމުން ނޫސްވެރިންނާ ދެއްކެވި ވާހަކާގައި އަވަގުރާނަ ގޮވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީފު
10 January 2021
އަދުރޭ ގަދަބަސް ބުނުން ހުއްޓާލާ 3މަސް ދުވަހުގެ ޖަލު ހުކުމަށް ތައްޔާރުވޭ!
ރޯއީ
10 January 2021
އަވަގުރާނަ ގޮވުމުގެ ދާއިރާއިން އިނާމު ހާސިލްކޮށްފައި ހުރި ފަރާތެއް ތިޔަ އަބުދުއްރަހީމަކީ. ގޮތެއް ފޮތެއް އަދަބު އަހުލާގުގެ ކަންފުޅެއްވެސް ނެތް. ތިޔަ މީހުން ކައިރީ އުޅޭ މީހުންގެ ހާލަތު ދޯ..... ކިހާވަރެއް އަދި ވާނެބާ؟
ގެދާނޯމޮސް
10 January 2021
ދުލުގެ ރައްކައު ތެރިކަމަށް ބޭނުންނަމަ ކައިގެން ފެންބުއިން ލަސްކޮށްލުން މުހިންމެވެ. ދިވެހިން އާންމުކޮށް ކައިނިމޭތަނާ ގިނައަދަދަކަށް ފެންބޯލައެވެ. މިހެން ކަންތަށް ކުރީމަ ވާގޮތަކަަކީ ގޮހޮރުގައި ހުންނަ ކާތަކެތި ހަޖަމްކުރާ އެސިޑް ގެ މުހިންމުކަން ގެއްލެއެވެ. ކެއުމުގެ ކުރިން ޓޭސްޓް ހުންނަ ޖޫސްފޮދެއް ބޯލުމަށް ފަހު ކެއުން އާދަކުރާނަމަ ދޫއޭގެ ގަދަކަން ގޮހޮރުން ހިފަހައްޓާނެއެވެ. އަޅަމެންނަށް މިފަދަ ހާލަތްތަކުން އަރައިގަތުމުގެ ހެޔޮވިސްނުން ﷲ ދެއްވާށިއެވެ.
ޕްރޮފެސަރއަމާ
10 January 2021
ބޮޑު ސިޔާސީ ޕާޓީއެއްގެ ލީޑަރ އަނގަހުޅުވާލީމަ ނުކުންނަނީ ހުސް އަވަގުރާނަ
ސީޒަން ޖެކްޝަން
10 January 2021
އަދުރޭގެ ވާހަކަތއް ހުންނަގޮތުން ހީވަނީ އޭނާގެ ރަހުމަތްތެރިޔާ ގާތަށް އޭނާ ވަރަށް ދާންބޭނުންވާހެން. އެހެންވީމާ އެކަން ދިވެހިރައްޔިތުން އަދުރޭއަށް ފަހިކޮށްދިނުން ކިހިނެއްވާނެތޯ؟
މޯޑް
10 January 2021
ހަގީގަތުގަވެސް އަދުރޭއަކީ ވަރަށް ބަސްމަގު ދަށް މީހެއް. ހިތަށްއެރި އެއްޗެއްކިޔަނި ކިޔޭ ނުކިޔޭ ނޭގޭއިރުވެސް. މަ ހަމަ ހައިރާންވޭ އަދުރޭ ލީޑަރަކަށް ހަދައިގެން ފީފީއެމްގަ މިތިބި މީހުން އަތް ޖަހާތީ
ހޯރަބޭ
10 January 2021
. އަދުރޭމެން އުޅެނީ ލިބޭއާމްދަނީގެ 100 ގުނަ ކުރީގަ. ލަގްޒަރީ އެފާޓްމަންޓްގަ. ރޮލެކުސް ގަޑިއަޅާފަ. ޖަވާހިރު އަގޮޑިއަޅާފަ. ލަންބޯގިނީ ކާރުކޮޅުގަ އިރު އަރާގެން އަންނަ ގަޑީ އެ އިންނަނި އޮޑިގަންލާ ކެފޭގަ ކުރުސޯޓްލައިފަ އަގުބޮނޑް ކޮފީ ޖަހާލައިފަ ހެވިފަ.
އަރުތަ
10 January 2021
ވަރަށް ހީނުވޭ ރަހީމްބެ އަވަގުރާނަ ގޮވާފާނެހެން، ރަހީމްބެއަކީ އެއަށްވުރެ މާތް ޚުލްޤްހެޔޮ އިޚްލާސްތެރިއެއް، ފަހަރެއްގަ މައުނަވީ ގޮތެއްގަ ބަހެއް ބުނެދާނެ، ހަޑި ހުތުރުބަހެއް ހަމަ އެއްގޮތަކަށްވެސް ބޭނުމެއް ނުކުރާނެ.
ޭނތ
10 January 2021
އަދުރޭ އަކީ އަޚުލާގެއް އަދަބެއް ސަދަބެއްނެތް މީހެއް މިފަދަ މީހުންގެ ސަބަބުން ޒުވާން ޖީލްވެސް ވަނީ ހަލާކު، އެންމެ ފުރަތަމަވެސް ނޫހެއްގައި މީނަގެ ސުރުޚީވެސް އެޅިގެން ދިޔައީ ވައްކަމެއްގެ ސުރުޚީން އޭގެ ފަހުންވެސް އެތައް ޚިޔާނާތެއްގެ ތުހުމަތު މީނަގެ މައްޗައްވަނީ ކޮށްފައި، ޤައުމެއްގެ މުސްތަޤުބަލެއް ބިނާކުރަން ބަޔަކު ރާވާ ރޭވުމެއްގައިވެސް ހިމަނަން ހެޔޮނުވާނެ ..
ނެކްސްޓް
10 January 2021
މީނަގެ ކޮރަޕްޝަން ބަލަނިީ ކޮން އިރަކުންބާ؟