ދިވެހި ކުޅިވަރު / ކްލަބް ވެލެންސިއާ

ބޭނުމީ އަޝްފާގު ރިކަވާވެގެން މެޗުތަކުގައި ކުޅެން: އާތީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ދަގަނޑޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ އިން ބޭނުންވަނީ އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގަށް (ދަގަނޑޭ) ލިބިފައިވާ އަނިޔާއިން އެއްކޮށް ރިކަވާވެގެން މެޗުތަކުގައި ކުޅުވަން ކަމަށާއި އެކަމަކު މެޗުތަކުގެ ހާލަތު ބަދަލުވާގޮތަކުން އޭނާ ބޭނުންކުރަންޖެހޭ ކަމަށް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

މި މަހު ނުވަ ވަނަ ދުވަހު ޓީސީ އާއި ވެލެންސިއާ އެއްވަރުވި މެޗުގެ ދެ ވަނަ ހާފުގައި ދަގަނޑޭގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރި އެވެ. ލީގުގައި އެންމެ ފަހުން ވެލެންސިއާ ކުޅުނު މެޗުގައި ދަ ގްރާންޑޭއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރައިގައި ދަގަނޑޭ ނުހިމެނެ އެވެ. އެކަމަކު އެ މެޗުގައި ދަ ގްރާންޑޭ ލީޑުނެގުމުން ދެ ވަނަ ހާފުގައި ވެލެންސިއާ އިން ދަގަނޑޭ ކުޅެން އެރުވި އެވެ. ވެލެންސިއާ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ދަގަނޑޭ އެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ ވެލެންސިއާގެ މައިތަނބު ކަމަށްވާ ދަގަނޑޭ އަށް މިއަދު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅެވޭނެކަން ކަށަވަރުވާނީ އިއްޔެ އޮތް ފަހު ޕްރެކްޓިހަށް ފަހު ކަމަށެވެ.

"އަޝްފާގު (ދަގަނޑޭ)ގެ އިންޖަރީ ދެން ޓެސްޓްތަކެއް ހަދާފައި ގޯސްނުވީމަ ކަންނޭނގެ އެންމެ ފަހުން މެޗުގައި ވެސް ކުޅެން އެ އެރީ. އެހެން ނަމަވެސް އެއް މެޗަށް ވުރެން މުޅި ލީގަށް ވިސްނާތީވެ އަޝްފާގު ނުކުޅެވޭތޯ މި ބަލަނީ. އެހެން ނަމަވެސް ކުރިން މެޗުގައި ވެސް ރިޒަލްޓް އައި ގޮތަކުން އަޝްފާގު މި ލީ. މި ވަގުތު އަޝްފާގު ހުރީ ކުޑަ ވަގުތު ކޮޅެއްގައި ކުޅެލެވޭ ވަރުގެ އިންޖަރީއެއްގައި. އަހަރެމެން މި ބަލަނީ މެޗު ނުކުޅެ ރިކަވާ ކުރެވޭތޯ. ބޭނުމީ އޭނާ ރިކަވާވެގެން މެޗު ކުޅުވަން،" އާތީ ބުންޏެވެ.

ވެލެންސިއާ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ލީގު ތާވަލުގެ އެއް ވަނަ މަގާމަށް އެރުނު ނަމަވެސް މަގާމު ނުދެމެހެއްޓުނީ އެހެންވެ އެވެ. އާތީ ބުނީ ވެލެންސިއާ އިން މިހާރު ދަސްކުރަން ޖެހިފައި އޮތްކަމަކީ ގޯސްކޮށް ނަތީޖާ ނުކުތުމުން އެ ރަނގަޅުކޮށްގެން ނުކުމެ އަލުން މޮޅެއް ހޯދަަން ކަމަށެވެ.

"ވިނިން ސްޕިރިޓެއްގައި ޓީމު އަންނައިރު އެ މީހުން (ކުޅުންތެރިން) ކުޅޭގޮތާއި ބައްޔެއް ވެގެން ޓީމު ކުޅެން އަންނަ ގޮތާ ހުރިހާ އެއްޗެއް ފެންނާނެ މި މެޗުން. ކުޅުންތެރިން ސައިކޮލޮޖިކަލީ ކިހާ ވަރަކަށްތޯ ތައްޔާރުވެފައި މި އިނީ އެ ވެސް އެނގޭނެ. އަހަރެމެންނަށް މިއީ ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް. ބޭނުންވަނީ ވެލެންސިއާ ބައްޔަކަށް ފަހު އެނބުރި އަންނަނީ ކިހިނެއްތޯ ބަލާލަން. ރަނގަޅު ގޮތަކަށް އައިސްފިއްޔާ ޓީމު އޭނީ ރަނގަޅަށް،" އާތީ ބުންޏެވެ.

ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު ސަސް އަށް އެ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އާ އެކު ކުރެވުނި ދެ ޕްރެކްޓިހެވެ. އެއީ އެޑްވާންޓޭޖަކަށް ވެދާނެތޯ އެހުމުން އާތީ ބުނީ އެ ގޮތަށް ނުވިސްނާނެ ކަމަށާއި ވެލެންސިއާ އިން ތައްޔާރުވަނީ މި ސީޒަނުގައި މިހާތަނަށް ސަސް ނެރެފައިވާ ނަތީޖާތަކަށް ބަލައިގެން ކަމަށެވެ.

"(ކޯޗު ބަދަލުވުމުން) ސަސްގެ ޕްލޭޔަރުންނަށް މީގެ އިފެކްޓެއް ކޮށްފާނެ އެ މީހުންގެ މޮޓިވޭޝަނާއި ޑީ މޮޓިވޭޝަން ކަންކަމަށް ބަލާއިރު،" އާތީ ބުންޏެވެ. "އިރާދަކުރެއްވިއްޔާ ވެލެންސިއާ މި މެޗުން މޮޅުވެގެން ފައިބާނީ،"

ވެލެންސިއާ އިން ކުރިއަށް ހުރި މެޗުތަކުގައި ފުރަތަމަ އެގާރައިން ވެސް ބަދަލުތަކެއް ފެނިދާނެ ކަމުގެ އިޝާރާތެއް އާތީ ވަނީ ދީފަ އެވެ. އެ ގޮތުން މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް ވެލެންސިއާ ބެންޗުގައި އިން ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އަށް ވެސް ކޮންމެވެސް ހިސާބަކުން ފުރުސަތު ލިބޭނެ ކަމަށް އާތީ ބުންޏެވެ.

ދެ ވަަނައިގައި އޮތް ވެލެންސިއާ އާއި ފަސް ވަނައިގައި އޮތް ސަސްގެ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 50%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟާނު

21 January 2021

ކުޑަވަގުތު ކޮޅެއްގަ ކުޅެލެވޭ އިންޖަޜީއިން ކުޅެގެން އިންޖަރީ ބޮޑުވާނެކަން ކޯޗަށް ނޭންގެނީތަ ލޮކްޑައުންއަްށްފަހު ސްޓްރެންތް ޓްރެއިނިން ނެހެދީމަ ޅޒިގުގަ މިހާ އިންޖަރީ ގިނަވެގެން މިއުޅެނީ ދެން މިވަރުލީގެއްކުޅޭއިރު ރެފްރީން ފިޓްނެސްޓެސްޓް ޖަހާހެން ކުޅުންތެރިންވެސް ޓެސްޓް ޖަހުވަން މިންގަޑެއް ހަދާން އެބަޖެހޭ ދުނިއޭގެ އެހެންތަންތާވެސް މިކަންކުރޭ

The name is already taken The name is available. Register?

އާރީ

21 January 2021

ދަނގޭ ނިއުގަ ހުރިއިރު ފޮފޯވް ވެސް އަދި އޮސްކާވެސް ދަނގޭ ކިތައްމެ މެޗެއްގަ ފިޓް ނުވާތީ ބެންޗު ގަ ބައިންދާފަ ކާމިޔާބު ހޯދާފަ އެބަހުރި. އާތީ މެންނަށް މިހާރު ލިބިފަ ތިއޮތީ ރާއްޖޭގަ މި ވަގުތު ނެގެން އޮތް އެއްމެ ވަރުގަދަ އެއްޓީމް ކީއްވެ ކާމިޔާބު ނުހޯދިގެން ތިއުޅެނި. އިންޖަރީގަ ހުއްޓާ އެއްމެ ފަހުން ވެލެންސިޔާ ބަލިވި މެޗްގަ ވެސް ދަގޭ އެރުވީ. ޔަގީނޭ ދެން ވެސް އަރުވާނެ ކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454