އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަންވުމާ އެކު މިއަދު ހަވީރު، ކުރީގެ ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އާޓިފިޝަލް ބީޗުގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
25 ޖެނުއަރީ 2021 - 10:32
އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމަށް އަނެއްކާ ވެސް ވާދަކުރައްވަނީ، އެ ޕާޓީ އަށް ނުފޫޒު ފޯރުވައި، ވުޖޫދުން ފޮހެލަން ބަޔަކު މަސައްކަތް ކުރަމުންދާތީ އެ ފުރުސަތު ނުދިނުމަށް ކަމަށް އަދާލަތު ޕާޓީގެ މިހާރުގެ ވެސް ރައީސް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ކޯލިޝަންގެ އެއް ޕާޓްނަރު އަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާ އިމްރާންގެ ކެމްޕެއިން އިފުތިތާހު ކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ސިޔާސީ މަސްރަހަށް ކުރާ އަސަރުތަކާއި ލޮޅުންތަކާ އެކު ބައެއް ކަހަލަ ނުފޫޒުތައް އަދާލަތު ޕާޓީގެ ތެރެއަށް ވަންނަމުންދާ ކަމަށާއި ޕާޓީގެ ސަފުތައް ބައިބައިކުރަމަށް ވެސް ބަޔަކު މަސައްކަތް ކުރާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަދާލަތު ޕާޓީގެ އެތެރޭގެ ކަންކަން ބައެއް ފަރާތްތަކުން ބޭނުންވާ ގޮތަށް ނުދާތީ ޕާޓީ "ކުޑަކޮށްލައި" ބަލިކަށި ކުރަން ވެސް މަސައްކަތް ކުރަމުންދެ އެވެ.
"މި މަންޒަރު ވަރަށް ސާފުކޮށް ފެންނަން ނެތް ނަމަ މި ވަގުތަކު ޕާޓީގެ ރައީސްކަން ކުރާކަށް ނުނިކުތީސް. އެހެން ނަމަވެސް މި ޕާޓީ ބަލިކަށިކޮށް ނިކަމެތިކޮށް ޕާޓީ ވުޖޫދުން ފޮހެލުމަށް އެހެން ބަޔަކު ފޫގަޅައިގެން މަސައްކަތްތަކެއް ކުރަމުން ބާރަށް ނުކުންނާތީ އޭގެ ކުރިމަތީގައި ސާބިތުކަމާ އެކީ ހުރުމަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ނިޔަތް ގަނެގެން މި ހުރީ ނުކުމެގެން،" ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީ ވުޖޫދުން ފޮހެލަން އުޅޭ ކަމަށް އިމްރާން ތުހުމަތުކުރައްވާއިރު، މި ފަހުން އެ ޕާޓީއާ ގުޅޭ ގިނަ މައްސަލަތަކެއް ބައެއް އާންމު މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ދައުރު ހަމަވި އިރު ވެސް އިންތިހާބެއް ނުބާއްވައި، އިމްރާން މަގާމުގައި ދެމިހުންނެވުމާއި ޕާޓީގެ އަސާސީ ގަވައިދަށް ގޯސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ ޝަކުވާތައް ހިމެނެ އެވެ.
އަދާލަތު ޕާޓީގެ އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. އެ ޕާޓީގެ ރައީސްގެ މަގާމަށް އިމްރާންގެ އިތުރުން ދެން ވާދަކުރައްވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދަ
28 January 2021
އުވާލަން މިއުޅެނީ ތީކަމުދާ ޕާޓީއެއްނޫން
ފަހަރިވަޒީރު
28 January 2021
ނަޝީދު ކިޔާ މީހެއްތަ އެކަމާ އުޅެނީ؟ ކަލޭ ރައީސަކަށް ވަނީ އޭނަ ބިރުގަންނަވަންތަ؟ ކެކެކެ
ނަޝީ
25 January 2021
ތީކޮންސިޔާސީ ޕާޓީ އެއްތޯ؟ ތޭރަ އަހަރު ވީއީއިރުވެސް ދިހަހާސް މީހުން ހަމަނުވި.
ފިތުނަ
25 January 2021
ޕާޓީ ހިސޯރު ކޮއްގެން މޮޅުވާހަކަ ނުދައްކާ.
އިޙްސސް
25 January 2021
އަމިއްލަ މީހާ ޖަލުގަ އޮތްއިރު ކެތްތެރިވިމީހާ ހަނދާން ނައްތާލާ ދެރަކޮށްލި މީހަކަށް ކޮން ޕާޓީއެއް ހިންގޭނީ.. ތިއީ ސިޔާސީ ކަންކަމުންވެސް އެއްފަރާތް ވާންވީ މީހެއް.
އަފުން
25 January 2021
އަދާލަތު ޕާޓީއަށް ބޭނުންވަނީ ސިޔާސީ ހައިބަތައްޓަކައި ނަފްސު ވިއްކާނުލާނެ އިހުލާސްތެރިއެއް. މަނިކުފާނަކީ ނަފްސު ވިއްކާލާފައިވާ ބޭފުޅެއް. ކުރިން މަނިކުފާނު ވިދާޅުވި ބަސްފުޅުތަކާއި މިހާރު ވިދާޅުވާ ބަސްފުޅުތައް އުޑާ ބިމާހާ ތަފާތު. މިކަންވެސް ކުރީމަ ކުރިކަންވެސް ނޭނގޭހާ ކުޑަ ކަމަކަށް ވެއްޖެ.
ގެދާނޯމޮސް
25 January 2021
އެމީހެއްގެ ދުލުން ބުނެކޮންމެ ލަފްޒެއް އޭނާ ކައްވަޅަށް ދާންދެން ލިޔެވި ފަވާއިރު ބަޔަކަށް މީހަކަށް ދީނުގެ ބަދުބަހެއް ރައްދުކޮށް ﷲ ގަންދީ ހުވާކޮށް ބުނާއިރު އެއީ ކުޑަކަމެއްވެސްނޫނެވެ. އެފަދަ މީހުން ޖެހޭނީ އެކަހެރި ކޮށްތިބެން : މުޖުތަމައު ބަލައިގަންނަ ފަދަމީހަކަށް އޭނާހަދަން އުޅޭއޭނާގެ ކޮންމެ އެކުވެރި އަކީ ހަމައޭނާ ފަދަ މީހަކަށް ނޫނީ ނުވާނެއެވެ.
ބައިރޯ
25 January 2021
އެގި ދާނެތާ
ދިއްދޫމީހާ
25 January 2021
ބަލަ އިމްރާނޫ ދުވާ މަހެއްގެ ނިގުލުގާ ހިފެހެއްޓޭނެތޯ؟؟ ތިޔަ ޕާޓީގަ ތިބި މީހުންނަކީ އެއްމެ ފުރަތަމަ ޕާޓީއާ ގުޅުނު މީހުން، ގިނަބަޔަކު މިހާރު ނިޔާވެސް ވެއްޖެ، އިލެކްޝަން އިން ދެން ދަފްތަރު އިއުލާން ކޮއްލާއިރު ބަލާތި ވާގޮތް،،
ރަދީފުުލްް ކުމާރު
25 January 2021
އޮޅުމަކުންނަމަވެސް އިމްރާނަށް ތިއުޅެވެނީ އެމީހުންނާއެކުހެން ހާދަހީވެއޭ.