ވިޔަފާރި / އެޑްވަޓޯރިއަލް

އެމްޓީސީސީ ބޯޓްޔާޑު: އެންމެ ޒަމާންވީ، އެންމެ ފުޅާކޮށް ހިދުމަތް ދޭ ބޯޓުޔާޑު

އެމްޓީސީސީ ބޯޓުޔާޑުގައި ދޯންޏެއް އެހެލަނީ--ފޮޓޯ:އެމްޓީސީސީ

30 ޖެނުއަރީ 2021 - 12:36

3 comments

ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރާއްޖެއަކީ 1,192 ކުދި ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވޭ ގައުމެކެވެ. ބިމުގެ ސަރަހައްދު ކުޑަ މި ގައުމުގެ 180 އަށް ވުރެ ގިނަ ރަށުގައި މީހުން ދިރިއުޅެ އެވެ. ރާއްޖޭގެ ރައްޔިތުން ޒަރޫރީ އެކި ބޭނުންތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން އެންމެ ބޮޑަށް ބަރޯސާ ވަނީ ކަނޑުމަގަށެވެ. އަދި ގައުމުގެ އިގުތިސާދުގެ މައި ލޭނާރުގެ ގޮތުގައި ބެލެވޭ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ވެސް ކަނޑު ދަތުރުފަތުރުގެ މައްޗަށް ބަރޯސާވެ އެވެ. އެހެންކަމުން ފެރީ އާއި މުދާ އުފުލާ ދޯނިފަހަރު ރާއްޖޭގައި ގިނަ އަދަދަކަށް ގެންގުޅެ އެވެ. ގުދުރަތީ ގޮތުން ރާއްޖެ އޮތީ މުދާ އުފުލާ އަދި އެހެނިހެން ބޭނުންތަކުގައި ދަތުރުކުރާ ބޭރުގެ ބޯޓުފަހަރު ވެސް ހުރަސްކުރާ ސަރަހައްދެއްގަ އެވެ.

މިހެންކަމުން އޮޑި ދޯނިފަހަރު އެހެލާ، މަރާމާތުކުރަން ހާއްސަ ބޯޓުޔާޑުތަކުގެ ހިދުމަތްތައް ކޮންމެހެން ވެސް ރާއްޖެއަށް ބޭނުންވެ އެވެ. މިފަދަ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ރާއްޖޭގައި ވަރަށް މަދެވެ. އެންމެ ފުޅާ ދާއިރާއެއްގައި އޮޑިދޯނިފަހަރު އެހެލުމުގެ ހިދުމަތް ރާއްޖޭގައި ދޭ އެއް ތަނަކީ ތިލަފުށީގައި ހުންނަ އެމްޓީސީސީގެ ބޯޓުޔާޑެވެ.

އެމްޓީސީސީން ބޯޓުޔާޑުގެ ހިދުމަތް ދޭތާ 40 އަހަރު ވެއްޖެ އެވެ. އޭރު އެމްޓީސީސީ ބޯޓުޔާޑުން ދިން ހިދުމަތްތަކުގެ ތެރޭގައި އޮޑިދޯނިފަހަރު ބަނުމަށް ލަކުޑީގެ މަސައްކަތް ކުރުމާއި، އިންޖީނު އެޅުމާއި، މަރާމާތުގެ އެކި މަސައްކަތްތައް ހިމެނެ އެވެ. ޒަމާން ބަދަލުވެ އެމްޓީސީސީ ބޯޓުޔާޑުގެ ހިދުމަތްތައް މިހާރު ވަނީ ފެށުނުއިރާ އަޅާބަލާއިރު ވަރަށް ބޮޑަށް ފުޅާވެ، ބަދަލުވެފަ އެވެ.

އެމްޓީސީސީ ބޯޓުޔާޑްގެ ވަޑިޔަކު ދޯންޏެއް ބަނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ --ފޮޓޯ:އެމްޓީސީސީ

އެގޮތުން އެމްޓީސީސީ ބޯޓުޔާޑުގައި މިހާރު ފައިބަރު، ލަކުޑި އަދި ދަގަނޑު އުޅަނދުފަހަރުގެ ހަލް އާއި މަތިވަޑާމުގެ މަސައްކަތްތައް ކުރެ އެވެ. މިއީ ވެލްޑިން އާއި މެޓަލް ފެބްރިކޭޝަންގެ އިތުރުން ރާއްޖޭގައި ޔަޤީންކަމާ އެކު ސެޓެފިކެޓް ލިބި އަންޑަވޯޓާ ވެލްޑިން އާއި ކަޓިންގެ ހިދުމަތް ވެސް ދޭ ތަނެކެވެ. މީގެ އިތުރުން ތިލަފުށި ބޯޓުޔާޑުން އޮޑިދޯނިފަހަރުގެ ހުރިހާ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް މަސައްކަތަކާއި، އިންޖީނު މަރާމާތުކުރުމާއި، ޝާފްޓް ހެދުން، ތެދުކުރުން އަދި ބުރަފަތި މަރާމާތުކުރުމުގެ ހިދުމަތް ވެސް ދެ އެވެ.

މިއީ ރާއްޖޭގައި ހުރި އެންމެ ބޮޑު ބޯޓުޔާޑެވެ. އެއް ފަހަރާ 20 އުޅަނދު އެހެލައިން ހިދުމަތް ދިނުމުގެ ޖާގަ އެތަނުގައި އޮވެ އެވެ. ހަންލައްވައިގެންނާއި، ކެރޭނު އަދި ބޯޓު ހޮއިސްޓް ބޭނުންކޮށްގެން ވެސް އޮޑިދޯނިފަހަރާއި، ލޯންޗް އެހެލައިދެ އެވެ. ރާއްޖޭގައި ހުރި އެންމެ ބޮޑު ބޯޓު ހޮއިސްޓް ބޭނުންކުރަނީ ވެސް އެ ބޯޓުޔާޑުގަ އެވެ. އެގޮތުން 200 ޓަނުގެ ބޯޓުފަހަރު ރައްކާތެރިކަމާ އެކު އެއްގަމަށް އެހެލާ، މޫދަށް ބާލައިދެ އެވެ. މިއީ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުން އަންނަ ކަނޑު އުޅަނދުފަހަރަށް އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ ހަމައެކަނި ބޯޑުޔާޑެވެ.

އެމްޓީސީސީ ބޯޓުޔާޑުގެ މުވައްޒަފަކު ވެލިޑިންގެ މަސައްކަތެއްގައި --ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީގެ ތިލަފުށި ބޯޓުޔާޑުން އަބަދުވެސް މަސައްކަތްކުރަނީ ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ ފެންވަރު ރަނގަޅު، ފަހުގެ ހިދުމަތްތައް ފޯރުކޮށްދޭށެވެ. އެކަމަށްޓަކައި އެތަނުގައި ގާއިމްކޮށްފައި ވަނީ ވަރަށް ގާބިލް ޓީމެކެވެ.

ތިލަފުށި ބޯޓުޔާޑުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަ ކެމްޕޭނެއް މިހާރު ވަނީ ފަށައިފަ އެވެ. "އެހެލުމަށް ލުޔެއް"ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕޭނުގެ ބޭނުމަކީ އިގުތިސާދީ ގޮތުން ހައްސާސީ ދަނޑިވަޅެއްގައި ހެޔޮ އަގުގައި ބޯޓުޔާޑުގެ ހިދުމަތް އިހުތިޔާރުކުރުމުގެ ފުރުސަތު އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ދިނުމެވެ. މި ކެމްޕެއިންގެ ދަށުން ބޯޓުޔާޑުގައި އޮޑިދޯނިފަހަރު އެހެލުމާއި، ބޭލުމަށް ނަގާ ފީ އަދި ބިމު ކުލި ވަނީ ކުޑަކޮށްފަ އެވެ.

އެމްޓީސީސީ ބޯޓުޔާޑުގައި ދޯންޏެއް ސާފުކުރުމުގެ މަސައްކަތް ކުރަނީ --ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީ ބޯޓުޔާޑުގެ ޑޮކްމާސްޓަރު މުހައްމަދު ސިނާން ވިދާޅުވީ އެހެލަން ނަގާ ފީ އާއި ބިމު ކުލި ކުޑަވުމުން އޭގެ ފައިދާ ހިދުމަތް ހޯދާ ފަރާތްތަތަކަށް ލިބޭނެ ކަމަށެވެ.

"ބޯޓުޔާޑުގެ ހިދުމަތް ހޯދާ ކަސްޓަމަރުން ވަރަށް ގިނަ މިހާރު،" ސިނާން ވިދަޅުވި އެވެ.

"އޮޑިދޯނިފަހަރަށް ބޭނުންވާ ކުދި، ބޮޑެތި މަރާމާތުކުރުމުގެ ހިދުމަތް އެންމެ ހެޔޮ އަގުގައި ލިބޭނީ މި ތަނުން."

އޭނާ ވިދާޅުވީ އުޅަނދުފަހަރުގެ ފެހި ކެހުމާއި ކުލަލުމާއި، އިންޖީނުގެ މަރާމާތާއި، ވަޑާމުގެ ހިދުމަތުގެ އިތުރުން ފައިބަރު މަސައްކަތާއި ވެލްޑިން މަސައްކަތް ވެސް ހެޔޮ އަގުގައި ކޮށްދޭ ކަމަށެވެ.

ކުރިމަގަށް ގިނަ ކަންތަކެއް ރާވާފައި

މި ބޯޓުޔާޑުގެ ކުރިމަގަށް އެމްޓީސީސީން ވަނީ ގިނަ ކަންތައްތަކެއް ރާވައިފަ އެވެ. އެގޮތުން ކައިރި މުސްތަގުބަލެއްގައި މިއީ ބައިނަލްއަގުވާމީ ޑޮކްޔާޑަކަށް ހެދުމުގެ އަޒުމް ފާހަގަކޮށްލެވެ އެވެ. ކުރިޔަށް އޮތް ދެތިން އަހަރުގެ ތެރޭގައި އެ ޑޮކްޔާޑަށް 5000 ޓަނުން މަތީގެ އުޅަނދުފަހަރު ވެސް އެހެލައި މަރާމާތުކުރެވޭ ވަރަށް ތަން ޒަމާނީކުރުމުގެ ބޮޑު ވިސްނުމެއް އެބަ އޮތެވެ. އެކަން ކުރާނީ، އެމްޓީސީސީން ބުނި ގޮތުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ސަރުކާރު ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުގެ ބޭނުމަށް ގިނަ އަދަދެއްގެ ކަނޑު އުޅަނދުފަހަރު ގެންގުޅޭ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ފުޅާ ދާއިރާއެއްގައި އޮޑިދޯނިފަހަރަށް ހިދުމަތް ދެވޭ ބައިނަލްއަގުވާމީ ފެންވަރުގެ ޑޮކްޔާޑެއްގެ ހިދުމަތް ކިތަންމެހާ ވެސް މުހިންމެވެ. އަދި އެމްޓީސީސީ އަކީ ވެސް ރާއްޖޭގެ ރަށްތައް ކަނޑު މަގުން ގުޅުވާލައި، އޮޑިދޯނިފަހަރުގެ އިތުރުން ސްޕީޑް ފެރީގެ ހިދުމަތް ވެސް ފުޅާ ދާއިރާއެއްގައި ދޭ ކުންފުންޏެކެވެ.

އެމްޓީސީސީގެ އަމާޒަކީ ބޯޓުޔާޑުގެ ހިދުމަތްދިނުމުގެ ދާއިރާގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުމެވެ. އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ހިދުމަތްތަކަކަށް ހެދުމެވެ. ބޯޓުޔާޑުގެ މުސްތަގުބަލް އުޖާލާކުރުމަށް މިހާރު ހުރި ވަސީލަތްތައް އަދިވެސް އިތުރަށް ފުޅާކޮށް، ތަނުގެ އުމްރާނީ ތަރައްގީ އާއި، މުވައްޒަފުންނަކީ ތަމްރީން ލިބިފައިވާ ގާބިލް ބަޔަކަށް ހަދަން އެމްޓީސީސީން އިސްކަންދެ އެވެ.

ރައްޔިތުންގެ ކުންފުނިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އަތްފޯރާ ފަށުގައި އަދި ފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދޭށެވެ.

3 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑް

30 January 2021

ކޮބާ ހޯރަފުށީ ހަދާ ބޯޓްޔާޑް. އަވަސް ކުރޭ. އުލިގަމް ބަދަރަށް އައިސް ތިބި ޔޮޓްތައް އެތިބީ ފެހި ނުކެހިފަ ޔާޑް ނުނިމިގެން

The name is already taken The name is available. Register?

ދެންދޯ

30 January 2021

ތީ ދޯންޏެއް ނޫން...!ތީ ޓަގު ބޯޓެއް...!

The name is already taken The name is available. Register?

ލަރޭ

30 January 2021

ސަބްސިޑީ ލާރިކޮޅު ޕީއާރު ސްޓަންޓް ޖައްސަން ދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454