އިމްރާނަށް ލިބިވަޑައިގަތީ 921 ވޯޓު. އޭނާއާ ވާދަކުރެއްވި، އިސްލާމިކް މިނިސްޓަރު ޒާހިރަށް ހޯއްދެވުނީ 167 ވޯޓު.
އަދާލަތު ޕާޓީގެ ރައީސް އިމްރާން: އޭނާ މިރޭ ވަނީ އެ ޕާޓީގެ ރައީސްކަމަށް ދެ ވަނަ ފަހަރަށް އިންތިޚާބު ކޮށްފައި.---ފައިލް ފޮޓޯ: މިހާރު
30 ޖެނުއަރީ 2021 - 22:17
އަދާލަތު ޕާޓީގެ ރައީސަކަށް ޝެއިޚު އިމްރާން އަބްދުﷲ އަނެއްކާވެސް މިރޭ އިންތިޚާބުކޮށްފި އެވެ. މިއީ އެ ޕާޓީގެ ރައީސްކަމަށް އޭނާ އިންތިޚާބުކުރި ދެވަނަ ފަހަރެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް އޮންލައިންކޮށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ރައީސްގެ މަގާމަށް އިންތިޚާބުކުރީ ހޯމް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އިމްރާނެވެ. ނައިބު ރައީސަކަށް އިންތިޚާބުކުރީ، އިމްރާންގެ ރަނިން މޭޓުގެ ގޮތުގައި ހުންނެވި އަހުމަދު ޝަރީފެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އިމްރާނަށް ލިބިވަޑައިގަތީ ލިބިވަޑައިގަތީ 921 ވޯޓެވެ. އޭނާއާ ވާދަކުރެއްވި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ހޯއްދެވުނީ 167 ވޯޓެވެ.
Iulaan: Adhaalath Partyge riyaasee inthikhaabu 2021 ge jumla vaguthee natheejaa https://t.co/slp4alYIAZ
— Adhaalath Party (@AdhaalathOffice) January 30, 2021
އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސްގެ އިންތިޚާބުގެ ވަގުތީ ނަތީޖާ
އީ-ވޯޓިން ނިޒާމެއްގެ ތެރެއިން ކުރިޔަށް ގެންދިޔަ މި އިންތިހާބުގައި 1،088 މީހުން ވޯޓުލި ކަމަށް އަދާލަތު ޕާޓީން ބުންޏެވެ. ވޯޓުލުމަށް ރަޖިސްޓަރީ ވެފައި ވަނީ 4،556 މީހެކެވެ.
އިންތިހާބާ ގުޅިގެން މިހާތަނަށް ނުވަ ޝަކުވާއެއް ލިބިފައިވާ ކަމަށް ވެސް އަދާލަތު ޕާޓީން ބުނެ އެވެ. އެ ޝަކުވާތަށް ބެލުމަށް ފަހު ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޭ
31 January 2021
މަރުހަބާ ޑިމޮކްރަސީ ޝޭޙު
ގޯސް
31 January 2021
ނަންވާނީ މައުމޫނު. މީނާ އެކަންޏޭ ބުނެފާނެތީ ޒާހިރު ނެރުނީ ނެރެ ޑްރާމާކުޅެން ކެމްޕޭން ޖަލްސާއެއްވެސް ބޭއްވި. ދެން ޚުދުމުހްތާރުކަން ވިސްނާލާ. މިޒަމާނުގައި ސިޔާސީގޮތުން މަގާމުތަކަށް ހޮވޭނީ ވަކިވަރަކަށް ދޮގުހެދުމާ އޮޅުވާލުމާ ދެފުށްދެގޮތް މީހުން. އެހެންވީމާ މިއީ ސަޕްރައިޒެއްނޫން.
ހާމިދު ޝާހިދު
31 January 2021
ރެޖިސްޓްރީވި ގިނަ މީހުންގެ ތެރެެއިން ވޯޓުނުލާތިބީ މިއަދު އޮތް އަދާލަތު ޕާޓީގެ ލީޑަރޝިޕައް ނަފްރަތުކުރާ މީހުން. ތިޔައީ މިހާރު ޕާޓީއަކަށްވާވަރުގެ ޕާޓީއެއް ނޫން. ތިއީ، އެމްޑީޕީގެ ދީނީ ގޮތްޕޭ ބުނުން މާ އައުލާކަން ބޮޑު. އަދާލަތު ޕާޓީގައި ތިއްބެވި ހެޔޮ ވިސްނޭ ބޭފުޅުން މިހާރު ގެންދަނީ، އިދިކޮޅާ ގުޅިވަޑައިގަންނަވަމުން. އެބޭފުޅުން މާޔޫސް ކޮށްލި ލީޑަޝިޕަކާއެކު ނުތިބޭންވެގެން...!
ކޮމެންޓޭ1
31 January 2021
މިފަހަރު ހޮވީ އަންހެން ރައީސެއް.
ހށނ
31 January 2021
ތިޔަކަމުގައި ބަހުޘް ކުރުމުގެ ބޭނުމެއްނެތް. ހޮވޭނީ އެކަމައް އިރާދަ ކުރެއްވިފަރާތެއް. އަހަރެމެންނަށް އޮތީ ވޯޓުލުން.
އަލި
31 January 2021
ތަރިކަ މުދާ
ޢަލީ އިބްރާހީމް
31 January 2021
ޢެމް.ޑީ.ޕީ ނަންވާނީ އިމްރންގެ ނައިބް ޝަރީފް އަކީ އަދާލަތުގެ މެމްބަރުންގެ ކަންތަށް ބަލަހައްޓާ މީހާ އަދި އޮންލައިން ވޯޓްގެ ކަންތަކުގެ މޭސްތިރި ދެން ވޯޓުން ނުހޮވެންވީ ސަބަބެއް އެބައޮތްތޯ؟ ވަރަށް ސަލާމް.
ހާމިދު ޝާހިދު
31 January 2021
ތިޔަ އޮންލައިން ވޯޓިންގ ނިޒާމަކީ ގިއްކިޔާފައި މަކަރު ހަދާލެވިދާނޭ އެއްޗެއްކަން ތިޔަ ސާބިތު ކޮށްދެއްވީ. ޝުކުރިއްޔާ !
ނުވިސްނޭތަ
31 January 2021
ތީ އެމްޑީޕީ ޖަހާ ސަކަރާއް ފޮރުވަން ނުވަތަ މަލަމަތި ރީތި ކުރަން ގެންގުޅޭ ޕާޓީއެއް
ހަރުދަނާ
31 January 2021
އެމްޑީޕީޔާ ގުޅިގެން ޤައުމު ފުނޑޭނީ
ބޮކިފުރާޅު އައްޔަ
30 January 2021
އިމްރާނަށްވުރެ ތައުލީމީ، ޤާބިލްމީހުން އަދާލަތުގާ ނެތީތަ؟