06 ފެބުރުއަރީ 2021 - 17:19
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ގދ. ލޮނަދޫހުއްޓާގައި ކުއްޖެއްގެ ގަޔަށް މިއަދު ބިތްގަނޑެއް ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 17 އަހަރުގެ ފިރިހެން ކުއްޖެއްގެ ގަޔަށް ބިތްގަނޑެއް ވެއްޓި އަނިޔާވެފައިވާކަމުގެ މައުލޫމާތު ހެނދުނު 8:30 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް އެ ކުއްޖާގެ އުފަން ރަށް، ގައްދޫގެ ހެލްތު ސެންޓަރަށް ގެންގޮސްފައި ވެ އެވެ.
އެ ރަށަކީ ގައްދޫއާ ކައިރީގައި އޮންނަ ރަށެކެވެ.
ކުއްޖާގެ ހާލު ސީރިއަސްވުމުން އިތުރު ފަރުވާއަށް މިހާރު ވަނީ އެ އަތޮޅު ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލައިފަ އެވެ. އެ ތަނުގެ އައިސީޔޫގައި އަންނަނީ އެ ކުއްޖާއަށް ފަރުވާ ދެމުންނެވެ. ނަމަވެސް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
"މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާއިލް މާހު
07 February 2021
މިޚަބަރު ފުރިހަމައެއްނޫން. މިއީ ރެޒޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ މިހާރު އެތައް އަހަރެއް ވެފައިވާ ރަށެއް. ގައްދޫ މީހުން މިރަށަށް އަރާ މުޅި ރަށުން ވައްކަންކޮށް ނިންމައިފި. ކޮޓަރިތަކުގައި ހުރި ބޮޑެތި ގުޅިތައް ވަގަށް ގެންދިޔައީ ދޯނި ފަހަރުގައި އައިސް، ވާޖަހައިގެން އުފުރައިގެން. މި ޚަބަރުގެ ހަޤީޤަތް ހޯދުމަށްފަހު ލިޔުއްވާ. މިއީ މުޅިން ފުރިހަމަ ނޫން ޚަބަރެއް. ކީއްވެގެން 17 އަހަރުގެ ކުއްޖަކު އެރަށަށް ދިޔައީ؟ ކޮން ބޭނުމަކު؟
ޝަފީރު
07 February 2021
ކުއްޖެއްގެ ގަޔަށް ބިތްގަނޑެއް ވެއްޓިގެން ބޮޑު ސީރިޔަސް އަނީޔާއެއް ލިބުމަކީ ވަރަށް ވަރަށް ނުވާނެކަމެއް. ޢެހެނީ ބިތްގަނޑު ހެދިފައި ހުންނާނީ އެހާ ބަރު ތަކެތިން ކަމަށް ނުވާތީ. އާންމުގޮތެއްގައި ބިތްގަނޑު ހަދާފައި ހުނާނީ ދަނޑި ފަނުން ކަމަށްވާތީ.
ނުރަބޯ
07 February 2021
ބަޔެއްގެ މުދަލަށް ގެއްލުން ދޭން އުޅެނިކޮށް ބިތެއްވެއްޓުނީ. މިއީ ޙަގީގަތަކީ. މީސްމީހުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދިނުމާއި ދެކޮޅަށް ޒުވާނުން ހޭލުންތެރިކުރުވަންޖެހޭ. އަސްލުގައި ސްކޫލްތަކުން މިކަން ފެށެނީ. އެންމެ ފުރަތަމަ ޑެސްކުގައި ކަޓަރު އެޅުވުން، ގޮޑި ހަލާކުކުރުން ފަދަ ކަންކަމުން. މިފަދަ ކަންކަން ނުހުއްޓުވި މީހުންގެ މުދަލަށް ގެއްލުންދޭހިސާބަށް އެދަނީ
ކޮމަންމޭން
06 February 2021
މަރީޟްއަށް އަވަސް ޝިފާ ދެއްވައި ފުރިހަމަ ސިއްޙަތާއި ޢާފިޔަތުގައި ލެއްވުން އެދި ﷲ ތަޢާލާއަށް ދުޢާކުރަން. އާމީން