ޑޮލަރު ނޫޓުތަކެއް
10 ފެބުރުއަރީ 2021 - 18:58
ކޮވިޑް-19 ލައިގަނެ، ރާއްޖޭގެ އިގުތިސާދު ފުން ވަޅުގަނޑަކަށް ވެއްޓި ޑޮލަރަށް ޖެހުނު ފަހުން ފުރަތަމަ ފަހަރަށް ޑޮލަރު ރޭޓް 17 ރުފިޔާއަށް ވެއްޓިއްޖެ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް މުޅިން ހުއްޓުމާ އެކު ޑޮލަރު ލިބުން ދަތިވެ، އޭގެ އަގު 20ރ އަށް ވުރެ ވެސް މައްޗަށް ދިޔަ އެވެ. އޭގެ ފަހުން ޑޮލަރެއްގެ ރޭޓް، ކަޅު ބާޒާރުގައި އުޅުނީ 18ރ އާއި 19ރ ދެމެދުގަ އެވެ. ބައެއް ފަހަރަށް 19ރ. އަށް ވުރެ ވެސް މައްޗަށް ދެ އެވެ.
އެކަމަކު މިވަގުތު ޑޮލަރު ރޭޓް ހުރީ 17:80ރ އާއި 18ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ. މީގެ ހަފްތާއެއް ކުރިން ޑޮލަރެއްގެ އަގު 18.25ރ އަށް އެރި އެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15:42 ނަމަވެސް، ޑޮލަރުގެ އަސްލު އަގު ކަނޑައަޅަނީ ކަޅު ބާޒާރު ހިންގާ މީހުންނެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ކަޅު ބާޒާރު ކޮންޓްރޯލްކުރަނީ ރާއްޖޭގެ ރިސޯޓަތަކުގެ މަހުޖަނުންނެވެ.
މިދިއަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފެށި ފަހުން ޓޫރިޒަމް ދާއިރާ އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެހެންކަމުން އާންމުކޮށް ލިބެން ހުންނަ ޑޮލަރުގެ ނިސްބަތް ވެސް މައްޗަށް ދެ އެވެ.
ޑޮލަރު ގަނެ ވިއްކާ ބައެއް މީހުން ބުނާ ގޮތުގައި ކުރިއަށް ވުރެ ގިނައިން މާކެޓުގައި މިހާރު ޑޮލަރު ދައުރުވެ އެވެ. މިހާރު ޓޫރިޒަމް ކުރިއަށް ދާ ގޮތަށް ކުރިއަށް ހިނގައްޖެ ނަމަ، އެއަށް ވުރެ ވެސް ޑޮލަރުގެ އަގު ދަށަށް ދާނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭގައި ދޭތެރެ ދޭތެރެއިން އުފެދޭ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި ޑޮލަރުގެ އަގު ކޮންޓްރޯލްކުރަން އާ އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް އެމްއެމްއޭއިން އަންނަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމާނުބެ
11 February 2021
ސަރުކާރު ހިންގަންތިބި މީހުންގެ އިހްލާސްތެރިކަމެއް ހުރިއްޔާ 10 ވަރަކަށް ރުފިޔާއަށްވެސް ތިރިކުރެވިދާނެ އެއްޗެއް ޑޮލަރަކީ ދައުލަތުގެ ބަޖެޓަށްވުރެ ގައުމަށް އެތެރެވާ ޑޮލަރު ގިނަ ގައުމުގެ އާބާދީގެ ބޮލަކަށް ދެމީހުނަށްވުރެ ގިނައިން ޓުއަރިސްޓުން އާދޭ އާބާދީގެ ބޮޑުބައެއްގެ 1 އަހަރުދުވަހު ހަރަދަށްވުރެ ޓުއަރިސްޓަކު އައިސް ކުރާ ހޭދަބޮޑު
ގުދުގުދާ ބެއްޔާ
10 February 2021
ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި ޑޮލަރުގެ އަގު ކޮންޓްރޯލްކުރަން އާ އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް އެމްއެމްއޭއިން ކޮއް ނިންމާ އިއުލާން ކުރީމާ މީހަކަށް ދުވާލަކަށް 100 ޑޮލަރ ލިބޭނީ! މިހާރުވާ 20ރ ޑޮލަރ ގަންނަން އެބަލިބޭ ދެން އޭރުން ނުވެސް ލިބޭނެ! ކޮންމެ ދުވަހަކު ޑޮލަރ ގަންނަން ބަންގާޅީއަކަށް 100ރ ދީފައި ކިއުގައި ބަހައްޓަންޖެހޭނީ! ދުވާލަކު 500 ޑޮލަރ ހޯދަން 5 ބަންގާޅީ ކިއުގައި.
1235
11 February 2021
ބެއްޔާ ހާދަ މޮޅޭ
ޜޯނު އެދުރު
10 February 2021
ޢަދިވެސް ބީއެމްއެލް ރައްޔިތުންގެ ބޭންކުން ޑޮލަރުގެ ފޮރިން ޓްރާންސެކްޝަން ލިމިޓް އިރުކުރާކަށް ނުވޭބާ!