ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--
25 ފެބުރުއަރީ 2021 - 12:33
ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހާއްސަކޮށް، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހައުސިން ލޯނު ދޫކުރަން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، އެޗުޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. މިހާރު އޮތް ގޮތުން ލޯނު ލިބެނީ މާލެ އާއި އިތުރު 11 ރަށެއްގައި ގެ ހެދުމަށް ކަމަށާއި ނަމަވެސް އަލުން ލޯނަށް ހުޅުވައިލާނީ ހުރިހާ ރަށެއް ވެސް ހިމެނޭ ގޮތަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެޗްޑީއެފްސީން ވަނީ ކޮވިޑާ ގުޅިގެން ލޯނު ނަގާފައިވާ މީހުންނަށް ލޯނު ދެއްކުން ފަސް ކޮށްދީފަ އެވެ. އެހެންވެ، ލޯނު ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، އެޗުޑީއެފްސީ މެދުވެރިކޮށް އަނެއްކާ ވެސް ލޯނު ނެގުން މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ފަށާނެ އެވެ.
"އެ ޕްރޮގްރާމް ފެށިގެންދާއިރު، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ހައުސިން ލޯނުގެ ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުނަށް ހުޅުވައިލާނަން،" އޭނާ ވިދާޅުވި އެވެ.
މި ލޯނުތަކުގެ އަގު ބަހައްޓާނީ ބައި މިލިއަނާއި އެއް މިލިއަނާ ދެމެދުގެ އަގުތަކެއްގައި ކަމަށާއި އިންޓްރެސްޓް ރޭޓު ވެސް ކުޑަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. މި ޕްރޮގްރާމުގައި މެދު ފަންތީގެ މީހުންނަށް ލޯނު ލިބޭނެ އެވެ.
ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ގެދޮރު އަޅަން 500 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސާފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
ރަށްރަށުގެ ރައްޔިތުންނަށް ލޯނު ދޫކުރާ އިރު މާލޭގެ ރައްޔިތުންނަށް ބޯހިޔަވަހިކަން ދިނުމުގައި ވެސް ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން އަމަލު ކުރާނެ ގޮތްތައް މިނިސްޓަރު އަސްލަމް ވަނީ ހާމަކޮށްދެއްވައިފަ އެވެ. ޕްލޭނިން މިނިސްޓްރީން ކުރި ދިރާސާއަކުން ވަނީ މާލެ އިން އެކަނި ބޯހިޔާވަހިކަން ބޭނުންވާ 17،000 އާއިލާ އުޅޭ ކަމަށް ދައްކައިފަ އެވެ. މީގެ ތެރެއިން 2،560 އާއިލާއެއް ހިމެނެނީ ފަގީރު އާއިލާތަކުގެ ތެރޭގަ އެވެ. ލޯވާ/މިޑުލް އިންކަމް އާއިލާތަކުގެ އަދަދަކީ 4،098 އެވެ. މިޑުލް އިންކަމް އާއިލާތަކުގެ ގޮތުގައި 5،634 އާއިލާ ހިމެނެ އެވެ. މުއްސަނދިންގެ ގޮތުގައި 4،780 އާއިލާ ހިމެނޭ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
01 March 2021
އިލެކްޝަން ބޯމަތި ވުމުން ތިކަހަލަ ލައްކަ ހުވަފެން ދައްކާނެ. އިލެކްޝަން ނިމުމުން ތިދެއްކި ހުރިހައި ވާހަކައެއް ބިލާހަށްވެ ހިނގައިދާނެ. މަގޭ ވަގުތު ދުއްވާލައިގެން ތީން އެކަކަށް ވެސް ވޯޓްލާން ނުދާން މަމިހިރީ ނިންމައިގެން.
ހަސަނާ
28 February 2021
މީގެ ކުރިން ދެއްކި ވާހަކައިގައި ދެދުވެރިކަމެއް ނެތް. ފުލެޓްކެޓަ ގަރީ އުވާލީ. އަދިވެސް އިތުބާރު ނެތީ މަލީހުގެތަ؟ މީ އަޖައިބެއްތަ؟
ށުޒި
28 February 2021
ޢިތުބާރެެއް ނެތް މީހެއް، ބާރުލިބެންދެން ކީލަވައިގެ ޜާގު ބަދަލުވެއްޖެ، ވެށިފަހިނއ ދިން ބިންކޮޅު އަނބުރާ ނުދެވިގެން ތިޔަ ޢުޅެނީ
ެއަފްޣާނިސްތާނުގެ ހާމިދު ކަރުޒާއީ
25 February 2021
ފުލެޓުލޯނު އޮޅާލާށެވެ.
ހަސަދު
25 February 2021
ކުއްލިއަކަށް ފުލެޓް ވާހަކަ މިފެށުނީ އިންތިޚާބެއް ކައިރީގައި އޮތީމަބާ!!!!
ސަނާމުގު
25 February 2021
މީގެކުރިން ދޮގާ މަކަރު ހަދާފަހުރީ. ފުލެޓް ކެޓަގަރީ އުވާލީ. އަޅަންބުނި ފުލެޓްނެތް. ޕާޓީގެ ނަން ބަދުނާމު މިކުރަނީ. އިސްތިއުފާ!
ގައުމީ ލޯބި
25 February 2021
ވަރަށް ބޮޑު ތެދުފުޅެއް ލޯން ދޭވާހަކަ އެއްނޫން ލޯނަށް ހުޅުވާލާ ވާހަކަ.. ދެން ރައިޔަތުމީހާ މިޖެހެނީ ފައިސާދީގެން ޕްރޮޕޯޒަލް ހަދައި ކިއުގައި ހުރެ މުޅި ދުވަސް ދުއްވާލައިގެން ލޯނު އެޕްލިކޭޝަން ލާން. އެޕްލިކޭޝަން ލާތާ 6 މަސް ފަހުން އެގޭނީ ޝަރުޡުފުރިހަމަނުވާކަން.. އެއީ އަލުން ޝަރުޘުކަނޑައަޅާތީވެ.. ދޭންބޭނުންވާ މީހުން މިހާރުވެސް ވާނީ ލިސްޓުކުރެވި އެމީހުންނަށް އެކަން އެގޭނެ.. މަށަކީ އޭރުގަވެސް މިހާރުވެސް، އަދި ހީއެއް ނުވޭ މާދަމާވެސް ލިބޭނެހެން.
ތިލަދުންމަތި
25 February 2021
ބޯހިޔާވަހިކަން އެންމެ ބޭނުންޖެހިފައިވާ މާލެ ސަރަޙައްދުގައި 800 އަކަފޫޓް ބިމެއްގައި 10 ބުރިއަށް ގެއެއް ހަދާކަމަށް ވަންޏާ ގާތްގަޑަކަށް 12،000،000ރ (ބާރަ މިލިއަން) ބޭނުންވޭ! މިފަހަކަށް އައިސް ޑޮލަރުގެ އަގު 26 ބައި ޕަސަންޓް މަތިވުމުގެ ސަބަބުން 12 މިލިއަން ރުފިޔާގެ ވެލިޔުއަކީ 3،175،000ރ އުނިކޮށް 8،824،800ރ! އަދި ކޮބާ 20 އަހަރުގެ ކޮމްޕައުންޑް އިންޓްރަސްޓް! ގައުމުގެ އިކޮނޮމީ މިހާރު އޮތް ފައްތަރުން އިންޓަނޭޝަނަލް ފައިނޭންޝަލް އެއްވެސް ބަޔަކު މިރާއްޖެއަށް ލޯނު ނުދޭނެ! އަނެއްކާ ތިޔަބުނާ 500،000،000 ލޯނު ތިޔައުޅެނީ މިހާރުވެސް ބޯ ނުހިކޭވަރަށް ދަރާއޮތް އަވައްޓެރިގައުމުން ނަގާފައި ބޭނުންވާ މީހުންނަށް ބަހަންދޯ؟ އިންތިޚާބެއް ބޯމަތިވެފައި ވަނިކޮށް ކެންޕޭން ސްޓަންޓެއް ޖަހަން އުޅެނީކަން މިއަދު ގިނަ ރައްޔިތުން ވިސްނާނެ! އަނެއްކާ ކުރިންބުނި ގައުމުން އެތިބަ އަހަރުމެންނަށް އަރާނުގަނެވޭ ވަރަށް ދަރަނި އަޅުވަމުން އެދަނީ!
އާރީ
25 February 2021
ނުވާނެ ތިކަމެއް. ނުވެސް ކުރާނެ. ލޯނު ނަގަށް ދިޔާމަ ދޭނެ މީހާ އަބުރާ ގަންނަވަރު ފޯމް ބޮނޑިއެއް އޭގަ ހުންނާނެ ކުޑަ ކުދިންގެ ފޫޅަށް ދަށްދެން ހޯދަށް
މޯޑް
25 February 2021
ތިބުނާ ދެވަނަ ކުއާރޓާ އަށްނަ އިރު އޮންނާނި ކައުންސިލު އިންތިހާބު ވޯޓްލާ ނިމިފަ. ދެން މަޖިލިހަށް މިނިސްޓަރ ހާޒިރު ކޮށް އެކަމާ ބެހޭ ގޮތުން ސުވާލު ކުރީމަ ބުނާނި އެއީ ކޮށްލާ ސާވޭއޭ. މި ފެންވަރު މިނިސްޓަރުން ލައިގެން ގައުމް ހިންގަަން ތި އުޅެނި އެމްޑީފީ