ވިޔަފާރި

ލޯކަލް ޓްރާންސެކްޝަންތަކުގައި ޑޮލަރުގެ މުއާމަލާތްތައް ހުއްޓާލަން އަންގައިފި

ރާއްޖޭގެ ބޭންކްތަކުން ދޫކޮށްފައިވާ ވިސާ ކާޑުތަކުން ރާއްޖޭގައި މުއާމަލާތް ކުރަންވާނީ ދިވެހި ރުފިޔާއިން ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކްތަކަށް އަންގައިފި އެވެ. މިގޮތަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ.

އެމްއެމްއޭ އިން ބޭންކްތަކަށް ފޮނުވާފައިވާ އިންޓާނަލް އެންގުމުގައި ބުނެފައިވަނީ ރާއްޖޭގައި ނަގާފައިވާ ވިސާ ކާޑުތަކަށް ރާއްޖޭގެ އެތެރޭގެ ހުރިހާ ޓްރާންސެކްޝަންތަކެއް ހިންގަން ޖެހެނީ ދިވެހި ރުފިޔާއިން ކަމަށެވެ. އަދި ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ވިސާ ކާޑުން ހިންގާ ފައިސާގެ މުއާމަލާތްތައް ވެސް ހިންގަން ވާނީ ރުފިޔާއިން ކަމަށް ބުނެފައި ވެ އެވެ.

މިގޮތަށް ހަމަޖެއްސުމުން، ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން މާލޭގައި ހިންގާ ބައެއް ރެސްޓޯރެންޓްތަކުގައި ވެސް ރާއްޖޭގައި ދޫކޮށްފައިވާ ވިސާ ކާޑަކުން ދެން ޑޮލަރުން ފައިސާއެއް ނުދެއްކޭނެ އެވެ.

ޑޮލަރުގެ ދަތިކަން ރާއްޖެ އަށް ކުރިމަތިވުމާ ގުޅިގެން ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމާ ގުޅޭ ގޮތުން ސަރުކާރުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އަދި ރާއްޖެ އަށް ވަންނަ ޑޮލަރު އެކި ގޮތްގޮތަށް ބޭރުވެގެން ދާތީ އެކަމަށް އެމްއެމްއޭ އިން ވެސް އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

"މިގޮތަށް ހަމަޖެއްސުމުން މާލޭގައި ހިންގާ ބައެއް މަޝްހޫރު ފުޑް ޗެއިންތަކަށް ވެސް ރާއްޖޭގެ ވިސާ ކާޑަކުން ޑޮލަރަކުން ފައިސާއެއް ނުދެއްކޭނެ،" އޮފިޝަލަކު ވިދާޅުވި އެވެ.

"މަނިޓަރީގެ ގާނޫނު ބުނާ ގޮތުން މިހާރު ވެސް އެއީ ކުރެވިގެން ވާނެ ކަމެއް ނޫން. އެކަމަކު އެކަން ކުރަމުން ދަނީ."

56 ކޮމެންޓް, 71 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 4%
icon angry icon angry 23%
icon wow icon wow 1%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަންސުރު

15 March 2021

މިމީހުން ވެރިކަމަށް އަތުވެއްޖެއްޔާ ޑޮލަރުގެ ތާށިކަންވެސް އިންތިހާއަށް އެބަދޭ. މީ ކީއްކުރާ ބައެއްތަ؟ ކޮންކަމެއްތަ ރަނގަޅަށް ކުރެވެނީ؟

The name is already taken The name is available. Register?

ހުސެންް

15 March 2021

ތި ވަރައް ރަގަޅު ނިންމުމެ ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް ތިކަން އޮންނަނީ ތިހެން... އެހެން ގައުމުތަކުގަ ހުއްދަ ނޯންނަ މީހުން ޑޮލަރު ގެންގުޅުމަކީ ކުށެއް...

The name is already taken The name is available. Register?

ފޫހި

15 March 2021

އަހަރެމެން ގައުމުގައި ހަރުދަނާ އެއްވެސް އުޞޫލެއް ތަންފީޒެއްނުކުރެވޭ. މިހެންބުނަން ދެރަވެސްވޭ. އެކަމަކު ބަލާބަލަ މިގައުމަށް ލިޔަންކިޔަންނުދަންނަ ހުސްއަތާ އައި ބިދޭސީން ގައުމު ހުސްކޮށްކައިގެން ދާއިރުވެސް އެޅޭނެފިޔަވަޅެއްނެތް. ނުވިތާކަށް އެމީހުންނާ އެއްލެވެލަށް ގައުމު ކުޑަކަކޫޖެހީ. އަދި އެމީހުންގެ ބަސް ގައުމުގެ ބަހަށްވުރެ އިސްކުރީ ދެން ކިހިނެއް އަދި މުއްސަދިންގެ މައްޗަށް ގާނޫނު ހިންގާނީ. މިހާރުވެސް ވެކްސިން ޖަހަންވީމާ އެންމެން އަތުގަ ލިޔުންއޮވޭ.

The name is already taken The name is available. Register?

ސައްލެ

15 March 2021

ޑޮލަރު މިކޮޅުގަ ހިފަހައްޓަން ބޭނުމިއްޔާ ރިސޯޓު އޯނަރުން ހިންގާ 'ޓްރާންސްފާ ޕްރައިސިންގް' ގެ ކަންތައްގަނޑު ހުއްޓުވާބަލަ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 March 2021

ޑޮލަރު ގަނެ ވިއްކާން ލައިސެންސް ދޫކޮށްފައިވާ ތަންތަނުގައި އެންވީއާރު ކެމަރާ ހަރުކުރުމަށް ޤަވާއިދުގައި ހިމަނާ އޮފިޝަލް ސްލިޕް އާއި ނުލާ އެންމެ ޑޮލަރެއްގެ މުއާމަލާތްވެސް ހިންގުމަކީ ޤާނޫނީ ކުށެއްކަމަށް ކަޑައަޅާ އެ މުއާމަލާތް ހިންގާން އިން މީހާ 10 ހާސް ރުފިޔާއިން ޖޫރިމަނާކޮށް ލައިސެންސް ވަގުތުން އުވާލާ އަދި ލައިސެންސް ދޫކޮށްފައިވާ ފަރާތް (ކުންފުނި) 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަންވީ ނޫންތޯ؟

The name is already taken The name is available. Register?

އެމްސް

14 March 2021

ރާއްޖޭގަ އުޅޭ ބިދޭސީން މައްޗަށް އެކަނިވެސް މަހަކު އެތައް ސަތޭކަ މިލިޔަން ޑޮލަރ ބޭރުވޭ! އެކަމަކު މިއަދު ޢާއްމު ވިޔަފާރިތެރެއަށްވެސް އެމީހުން ވަދެއްޖެ!

The name is already taken The name is available. Register?

ދޮންބޭ

14 March 2021

އެ މީހެއްގެ އެކައުޓްގައި އެ މީހަކު ރައްކާކުރަން ބަހައްޓާފައި ހުންނަ ޑޮލަރުން އެ މީހަކަށް މުއާމަލާތް ނުކުރޭގޮތް ހަދާފަ އެޑޮލަރު ބޭންކަށް އަތުލައިފިނަ މަ އެވާނީ ފޭރު މުގެ އަ މަލަކަށް ނޫންތޯ؟ އެއަށްވުރެ ރަނގަޅު ވާނެކަންނޭގެ ޑޮލަރު އެކައުންޓްތައް އުވާލާފަ ޑޮލަރުކޮޅު އޭގެ ވެރިފަރާތާ ހަވާލުކުރުން. ބެންކުގައި ރައްކާކުރަން ބަހައްޓާ ފައިސާއަކީ ފަހަރެއްގައިވެސް ބޭންކުގެ އަ މިއްލަ މުދަލަކަށް ނުވާނެ. އެއީ އޭގެ ވެރިފަރާތުގެ ހައްޤެއް

The name is already taken The name is available. Register?

ސަންތޯޝް

14 March 2021

ސަރުކާރު ހިންގަނީ ނަމުގައި އެތައްސަތޭކަ މަގާމު ތައް އުފައްދައިގެން ދައުލަތަށް ލި ބޭ އާމްދަނީ ތަޅާ ބުރުއްސާލާފަ ބޮޑަތި ލޯންތައް ބޭރުން ނަގައިގެން ގައުމު ދަރުވާލާފަ، އެ ލޯންތައް ދައްކަން ޑޮލަރު ބޭނުންވީ މަ މި އަތް ބާނަނީ އާން މު ރައްޔިތުމީހާގެ ޖީބަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 March 2021

ތިއީ ރައްޔިތުންގެލޯމަތީގައި އަދުނެއްއެޅުވުމަށް މަރުކަޒީބެންކުން ކުރެއްވެވި އިއުލާނެއް. # ބެންކްތައް ނޫނަސް (ސޕރއ ފަދަ) ބައެއް ކުންފުނިތަކަށްވަނީ ބެންކަށްދޫކޮށްފައިވާފަދަ ލައިސެންސް ދޫކޮށްފައި. އެއީވެސް ޕީއޯއެސްއާއި ފައިސާ ކާޑު ދޫކުރާ ބައެއް. # ބޭރު ފައިސާއިން މުއާމަލާތް ކުރުން މަނާ ކަމުގައި ވާނަމަ ޓެކްސް އިތޯރިޓީން އާންމުކޮށް އިއުލާން ކުރާން ވާނެ ދިވެހި ފައިދާނޫން ފައިސާއަކުން އިންވޮއިސް ކުރުމަކީ މަނާކަމެއްކަމަށް. ދެއުޅި އެއްނުވާ ކަންކަން ނުކުރޭ.

The name is already taken The name is available. Register?

ޢަލީކޮއި

14 March 2021

ރަގަޅު ނިންމުމެއް. ތިކޮތަށް އެކަންކުރެވެއްޖެޔާ ކިތައްމެހާވެސް ރަނގަޅު. ޢަދި މީގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި އިންޓަނޭޝަލް ޗޭއިން ތަކުގައި ބޭނުންކުރާބޭރުގެ ކާނޑުމެޝިންތައްވެސް ހުއްޓުވަންފެނޭ. ކޮންމެވެސް މަޓީއަކާ ގެސްޓްހައުސް މީހުން ގަނޑު މުޒާހަރާ ނުކޮށްފިއްޔާ ރަނގަޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454