ޚަބަރު / އައިޖީއެމްއެޗު

އައިޖީއެމްއެޗުގައި ދުވަސް ނުފުރާ ވިހޭ ކުއްޖަކު މަރުވަންދެން ބޭއްވިކަމަށް ބުނާ މައްސަލައެއް ބަލަނީ

އައިޖީއެމްއެޗުގައި ތުއްތު ކުއްޖާ ބާއްވާފައި އޮތް އިރު، އެތަނުގައި ނަރުހުން ހަރަކާތްތެރިވަނީ

އައިޖީއެމްއެޗުގައި ބަނޑަށް ފަސް މަހުގައި ވިހޭ ތުއްތު ކުއްޖަކަށް ފަރުވާ ނުދީ، މަރުވަންދެން ބޭއްވި ކަމަށް ބުނާ މައްސަލައެއް އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިހޭ ތުއްތު ކުއްޖަކަށް ފަރުވާ ނުދީ، މަރުވަންދެން ބާއްވާފައި އޮތް ކަމަށް، އާއިލާއިން ކުރާ ތުހުމަތު ބަލަމުން އަންނަ ކަމަށެވެ. އަދި ތަހުގީގުކޮށް ނިމުމުން، އެކަން އާންމުކުރާނެ ކުރާނެ ކަމަށް ވެސް ބުންޏެވެ.

ތުއްތު ކުއްޖާގެ ބައްޕަ ބުނީ ވިހޭއިރު ކުއްޖާގެ ބަރުދަނުގައި 500 ގްރާމް ހަމަނުވާ ނަމަ، ސަލާމަތްވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ނަރުހުން ބުނި ކަމަށެވެ. އޭނާގެ ދަރިފުޅުގެ ހުރީ 300 ގްރާމެވެ. ލޯ ފިޔަވައި މޫނުގެ އެހެން ގުނަވަންތައް ރީތިކޮށް އޮތީ ފުރިހަމަވެފަ އެވެ. ރަނގަޅަށް ނޭވާލާތަން، އާއިލާއިން ނަގާފައިވާ ވީޑިއޯތަކުން ވެސް، ފެނެ އެވެ.

އާއިލާއިން ބުނިގޮތުގައި ތުއްތު ކުއްޖާ ފެނުނު އިރު އޮތީ، ނާސިން ޓްރޮލީއެއްގެ މަތީ ބާއްވައިފަ އެވެ. ގައިމަތީގައި ފޮތިގަނޑެއް އަޅާފައި ނެތުމުން، އެ ކުއްޖާއަށް ފިނިވާނެ ކަމަށާއި ފޮތިގަނޑަކުން ނިވާކޮށްލަން އާއިލާއިން އެދުނު ކަމަށް އާއިލާއިން ބުންޏެވެ.

"ދެން އަޅުގަނޑުމެން އެހިން ކިހިނެއްހޭ ހަދަންވީ. ނަރުހުންގެ ޖަވާބަކީ މަރުވީމައޭ ދެން ކުރާނެ ކަމެއް އެނގޭނީ. މަރުވަންދެންނޭ ބާއްވާފައި އެ އޮތީ،" ތުއްތު ކުއްޖާގެ ބައްޕަ ބުންޏެވެ.

ތުއްތު ކުއްޖާއަށް ފަރުވާ ނުދީ ބާއްވާފައި އޮތްތަން ފެނުނު ވަގުތުން ފެށިގެން އާއިލާއިން ވަނީ ހޮސްޕިޓަލުގެ ބައެއް އިސް ވެރިންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ވެސް ގުޅައިފަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ސެކްރެޓަރީ، ނަޒްރާ ނަސީމް ވީޑިއޯ ކޯލްކުރައްވައި، ކުއްޖާ އޮތް ގޮތް ބެއްލެވި އެވެ. އަދި ތުއްތު ކުއްޖާ އެގޮތަށް ބާއްވާފައި އޮތީ ކީއްވެތޯ، ނަރުހުންނާ ސުވާލު ކުރެއްވި ކަމަށް އާއިލާއިން ބުންޏެވެ.

"ނަރުހުން ބުނީ މަރު ޑެކްލެއާ ކުރަން ބާއްވައިފައޭ އެ އޮތީ. އެހެން ކަންތައް ނުކުރެވޭނެ ކަމަށް ވިދާޅުވުމުން ބުނީ އެއީ ހަމަ ނޯމަލް ޕްރޮސީޖާ ކަމަށް،" ކުއްޖާގެ ބައްޕަ ބުންޏެވެ.

ނަޒްރާގެ ފޯން ކޯލަށް ފަހު، ތުއްތު ކުއްޖާ ދެން ބަދަލުކުރީ ޓްރޭއަކަށެވެ. މޭޒުމަތީގައި ޓްރޭ ބަހައްޓާފައި ހުރި އިރު، ނަރުހުން މޭޒުގައި ޖެހޭ ކޮންމެ ފަހަރަކު ތުއްތު ކުއްޖާއާ އެކު ޓްރޭ ވެސް ވަރަށް ބޮޑަށް ތެޅިގަންނަ ކަމަށް ބައްޕަ ބުންޏެވެ.

ފޫޅުމާ ފޯމުގައި އޮތް ގޮތުން ތުއްތު ކުއްޖާ ވިހެއީ އެ ރޭގެ 9:15ގަ އެވެ. އަދި މަރުވި ކަމަށް ޖަހާފައި އޮތީ 3:26ގަ އެވެ. ހަ ގަޑިއިރު ވާންދެން ތުއްތު ކުއްޖާ ބާއްވާފައި އޮތީ، ޓްރޭއެއްގެ މަތީގައި އެއްވެސް ފަރުވާއެއް ނުދީ ކަމަށް އާއިލާއިން ބުނެ އެވެ.

އާއިލާގެ ކަންބޮޑުވުމަކަށް ވީ، ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ކިތަންމެ ކުޑަ ނަމަވެސް، އެ ކުއްޖާ ސަލާމަތްކުރަން ހޮސްޕިޓަލުން އެއްވެސް މަސައްކަތެއް ނުކުރުމެވެ. އަދި މަރުވާނެ ކަމަށް ބެލެވުނަސް ކުއްޖާއަށް ތަކްލީފް ކުޑަވާނެ ގޮތަކަށް ކަންކަން އިންތިޒާމްކޮށްފައި ނެތުމެވެ.

"ވަރަށް ވޭންދެނިވި ގޮތަކަށް ދަރިފުޅު އެ މަރުވީ،" ބައްޕަ ބުންޏެވެ.

21 ކޮމެންޓް, 88 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 81%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޭޓީ

16 March 2021

މަގޭ ރައްޓެއްސެއްގެ ދަރިއެއް 5 މަހުގައި ނެގީ. އިންޝާﷲ ކުއްޖާއަށް ފަރުވާދެވި ކުއްޖާގެ އުމުރުން މިހާރު 5 އަހަރު.

The name is already taken The name is available. Register?

1234

17 March 2021

5 މަސް ކިޔުމުގެ ބަދަލުގައި މެޑިކަލް ސައިންސްގަ ކިޔާނީ ހަފްތާއިން. 22 ހަފްތާ ނުވަތަ 500 ގްރާމް ބަރުދަން ހުރި ކުއްޖެއްނަމަވެސް ސަލާމަތް ކުރެވިދާނެ. މި ކުއްޖާގެ ހުރީ އެންމެ 300 ގްރާމް. ވެދާނެ ތިޔަ ބުނާ 5 މަހުގަ ވިހޭ ކުއްޖާގެ ބަރުދަން ނުވަތަ 22 ހަފްތާ ފުރުފި ކަމަށްވެސް ހުރީ ވިހޭއިރު.

The name is already taken The name is available. Register?

ޑޮކްޓަރޕީޑްސް

16 March 2021

މިއީ ވާހަކައިގެ އެއްސައިޑް، އާންމު ގޮތެއްގައި ކޮންފިޑެންސިއަލިޓީ ގަވައިދު އޮންނަގޮތުން އަނެއްސައިޑް ކިޔައެއް ނުދެވޭނެ ޑޮކްޓަރުންނަށް. އެއްޗެއް ކިޔާލުމައް ފަހު ޖަޖްކުރުން ރަނގަޅެއްނޫން. ކުއްޖާގެ ސިކުނޑި ނުވަތަ ނުފެންނަ އެހެން ގުނަވަންތައް އުފެދުނު ވަރެއް އެނގޭބާ؟ މާރސީކިލިން ލީގަލް އެއް ނޫން. ދެވޭނެ އެއްވެސް ފަރުވާއެއްއޮތްނަމަ ކުއްޖެއް މަރާލަން ޑޮކްޓަރުން ދޫކުރާނެބާ؟ނަމަވެސް އަމިއްލަ ކުއްޖާ މަރުވަންދެން ބަލަން ހުރުން އެއީ ވަރަށްވެސް ހިތްދަތިކަމެއް

The name is already taken The name is available. Register?

އަހު

16 March 2021

20 އަކަށް ހަފްތާގެ ކުއްޖަކަށް ދޭނެ ފަރުވާއެއް ނުހުރެއެވެ. އޮތް ގޮތަކީ އިތުރު އަނިޔާއެއް ނުދީ ބޭއްވުމެވެ. މައްސަލަ އަކީ މިކަން އާއިލާ އާއި ހިއްސާ ނުކުރުން ނޫނީ ހިއްސާ ކުރުމުން ވެސް އާއިލާ އަށް އެކަމަށް ގަބޫލު ނުވެވުމެވެ.

The name is already taken The name is available. Register?

ރޮކް123

16 March 2021

20 ހަފްތާ ނުވަތަ ފަސް މަހުގައި ވިހާ ތުއްތުކުދިންގެ ގުނަވަންތަކާ ފުއްޕާމޭ ރަނގަޅަކަށް އަދި ނުއުފެދޭނެ. އެހާލަތުގައި ވިހާ އެކްސްޓްރީމްލީ ޕްރިމެޗުއަރ ބޭބީސް މިރާއްޖޭގައި ނިކޫގައި އިތުރު 4 މަސްވަންދެން ގެންގުޅޭހާ ތަރައްގީއެއް އަދި ނުވޭ.. މީގައި އައިޖީއެމްއެޗްގެ އިހުމާލުވެސް ބޮޑު ކަމުގައި ދެކެން. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.. އާމީން.

The name is already taken The name is available. Register?

1234

16 March 2021

އާމީން.

The name is already taken The name is available. Register?

ނައު77

16 March 2021

މިއީ ހަމަ އެބޯށަން. ފުރާނަ އެއް މަރާލުން. އެހެން ގައުމުތަކުގަވެސް ދުވަސް ނުފުރާކުދިން ނާރސަރީ ގަ ބާއްވައިގެން ފަރުވާ ދޭތަން ފެނޭ.

The name is already taken The name is available. Register?

އަލި

16 March 2021

ކޮންމެ ކަމެއް ވިޔަސް ބުނާނެ ބަލަނީއޭ. ބަލާފަ ރަނގަޅުކުރި ކަމެއް ބުނެބަލަ. އޮޅުވާލަން ބުނާ އެއްޗެއްތީ ބަލަނީއޭ. ތިހިރީ ބޮޑެތި ކުއްތައް. އިދާރީ ފިޔަވަޅަކުން ތިކަންކަން ނިމިގެންނުވާނެ. ކުއްވެރިވާ ފަރާތްތަކަޢް ހުކުމް އަންނަންޖެހޭނެ.

The name is already taken The name is available. Register?

ހަބަރޭ

16 March 2021

ތިފަދަ މައަސަލަތައްބަލަން ހެލްތު މިނިސްޓރީގައި އެއްވެސް އުސޫލެއް ހަމަޖެހިފަ އޮވޭތޯ ސުވާލަކީ؟އަޅުގަނޑުވެސް މަރުގެ މައްސަލައެއްގަ 2015 ވަނަ އަހަރުން ފެށިގެން އެބައުޅެން.ހެލްތުމިނިސްޓްރީން ބުނަނީ މައްސަލަ ރިވިއު ކޮށްފީމޭ.ކިހިނެތްތޯ ރިވިއުކުރީ އަހާއަހާ ޖަވާބެއް ނުލިބިގެން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ތެރެއިން 3ފަހަރަށް މަސައްކަތް ކޮށްގެން ޖަވާބް ދިނީ.ބުނީ ކަމުގެ ފަންނީ މީހުންނާ ވާހަކަދައްކަިގެންނޭ ރިވިއު ކުރީ.

The name is already taken The name is available. Register?

އާތި އިސްމޭ

16 March 2021

އައި ޖީ އެމް އެޗް ގަ ވަރުވާ ދިނުމައް އެއްވެސް ކަމެއް ނުކުރާނެ ވެރިން ގެ ކޮޓަރި ކޮޅު ފިނި ކޮއްފަ ކޮފީ ބޮވޭ ގޮތައް އޮތީމަ ނިމުނީ ބޮޑު މުސާރަ ނަގައިގެން ، އެމީހުންނައް ކޮންކަމެއް ހިތައް ކައް އެއްވެސް އެއްޗެއް އަރާ ބައެއް ނޫން

The name is already taken The name is available. Register?

ފޮސްކަލޯ

16 March 2021

0 ޕަރސެންޓް ވިޔަސް އެވަގުތު ދިރިހުރިއްޔާ ފަރުވާ ދޭން ޖެހޭނެ

The name is already taken The name is available. Register?

ފޮސްކަލޯ

16 March 2021

މަގޭ ވާހަކަ އަކީ ތީގެ ހާސް މައްސަލަ ބެލިޔަސް ދުވަހަކު އެބަ އޮތްހޭ ޕޭޝަންޓަކަށް އިންސާފު ލިބިފައި؟ ތި ކަމުގަވެސް އެންމެ ފަހުން ކުށްވެރިވާނީ މައްސަލަ ޖެއްސި މީހުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454