މާލޭގެ މަގު ހެދުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރި ވަނީ: ބަންގްލަދޭޝް އަށް ގުޅުމަށް ހާއްސަ އަގެއް އުރީދޫން ތައާރަފްކުރި އިރު، ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ނޮވެމްބަރ 2016 - 18:28
ބަނގްލަދޭޝް އަށް ގުޅުމަށް ރާއްޖޭގެ އެންމެ ހެޔޮ އަގު ލިބޭ ޕްރޮމޯޝަން އުރީދޫން މިއަދު ފަށައިފި އެވެ.
އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ވެސް އެންމެ އަގުހެޔޮ އައިޑީޑީ ރޭޓް ބޭނުންކޮށްގެން މިނިޓަކު އެންމެ 0.69ރ. އަށް ބަނގްލަދޭޝް އަށް ގުޅޭނެ ކަމަށެވެ. މި އޮފާ ބޭނުން ކުރެވޭނީ، ގުޅާއިރު 011 + 880 + ފޯން ނަންބަރު ޖެހުމުން ކަމަށް ވެސް ބުންޏެވެ.
އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ މި ޕްރޮމޯޝަންގައި ކޯލްގެ އެންމެ ފުރަތަމަ މިނެޓަށް ޗާޖް ކުރާނީ 0.84ރ. އެވެ. އެ އަށް ފަހު، ކޮންމެ މިނިޓަކަށް ނަގާނީ 0.69ރ. އެވެ.
ބަންގްލަދޭޝް އަށް ގުޅުމަށް ހާއްސަ އަގެއް އުރީދޫން ތައާރަފްކުރި އިރު، ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރެ އެވެ. އަދި ގަވާއިދާ ހިލާފަށް ގާތްގަނޑަކަށް އިތުރު 20،000 ބިދޭސީން އުޅެ އެވެ. އޭގެ ތެރޭން ވަރަށް ބޮޑު ބަޔަކީ ބަނގްލަދޭޝްގެ ރައްޔިތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy