21 މާޗް 2021 - 14:26
ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ޕެކެޓުތަކެއް މިއަދު ލައްގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަކަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ލައްގަމުންދާތީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އެ ޕެކެޓްތައް ލެއްގި ރަށްރަށުގެ ތެރޭގައި ވަށަފަރާއި ފިއްލަދޫ ހިމެނެ އެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހު ވިދާޅުވީ އެ ރަށުގެ ބަނދަރާ ދިމާލަށް މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ޝައްކުކުރެވޭ ބޮޑު ގޯންޏެއް ލައްގާފައިވާ ކަމަށެވެ. އެ އެއްޗެހި އެންމެ ފުރަތަމަ ފެނުނީ ހެނދުނު 11:00 ހާއިރު އެ ރަށުގެ ބަނދަރާ ކައިރި ކުރި މަސް ދޯންޏެއްގެ ބަޔަކަށެވެ.
ފަލާހު ވިދާޅުވީ އެ ގޯނީގެ ތެރޭގައި 50 ވަރަކަށް ޕެކެޓު ހުރި ކަމަށެވެ.
ޕެކެޓު ބަންދުކޮށްފައި ވަނީ ރާއްޖެއިން އާއްމުކޮށް ނުފެންނަ ކޮފީ ބްރޭންޑެއްގެ ޕެކެޓަކުންނެވެ. އޭތި ނައްޓާލުމުން މުށިކުލައިގެ ކުނޑިތަކެއް ފެންނަ ކަމަށް ވިދާޅުވި އެވެ.
"އެތަނުން އެއް ޕެކެޓު ކަނޑާލާފައި ބަލާލިން. މުށިކުލައިގެ ކުނޑިތަކެއް ގޮތަށް ހުރީ. ފުލުހުން އަންނަންދެން ކައުންސިލްގެ ބެލުމުގެ ދަށުގައި އެ ޕެކެޓުތަކެއް ހުރީ،" ފަލާހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަ
22 March 2021
ކޮފީ ޕެކެޓުތަކެއް ފެނިގެންވެސް ތިވަރު ވާތި.. ލޮލް.
އަބުދުޥާލިދު
22 March 2021
ބަހާރު މޫސުން އައިސްސަ ތި އޮތީ
ސ
22 March 2021
މޫސުންއައީތާ! ރާއްޖެއަކީ ދެމޫސުންއަންނަތަނެއްނު! ލައްވާލާބަޔަކަށް ލައްވައިލާނެ! އަނެއްކާ ކޮންފަދަކަމެއްބާ؟
އިބްރ
22 March 2021
ބޯންޖެހޭ، ބޮވެންޖެހޭ. ބޯން ބޭނުންކުރާ ބާވަތަކީ ހަމައެކަނި ހަކުރަށްވީމާ ހަކުރު ގިނަވޭ
އަހަންމަދުބެއްޔާ
22 March 2021
މައިން މަގަށް ލައްގަޅޭ ރަންކޮތަޅެއް ލައްގަޅޭ!!!
މިއަދު
21 March 2021
ތިވެސް.ކުރީސަރުކާރުން.އޮޔާލާފަހުރިއެއްޗެކޭ ނުބުނާނެބާ
ޖާނު
21 March 2021
ދާދި އިހަކަށްދުވަހު ލަންކާގެ 3 ބޯޓެއް ހިފަހައްޓައި، މަސްތުވާތަކެއްޗާއި ހަތިޔާރު އަތުލިކަމަށް ނޫހަކުން ދުށީމެވެ. އެކަމެއް ހިނގީ ރާއްޖެއާއި ދާދި ކައިރިން، ރާއްޖޭގެ އުތުރުންނެވެ. މިފަހަރުގެ މުދާކޮޅަކީ އެ ފިޔަވަހީގެ މުދާކޮޅަކަށްވުންވެސް ދާދި ގާތެވެ.
ފަހުދު
21 March 2021
ކޮފީޕެކެޓުގައި ބަންދުކޮއްފައި ހުރި އެއްޗިއްސަކީ ހަމަހަ ހަގީގަތުގައިވެސް ކޮފީކަމައް ޝައްކު ނުވާންވީ ކީއްވެ؟ އިންސްޓަންޓް ކޮފީވެސް ހުންނާނީ މުށިކުލައިގެ ޕައުޑަރުހެން. އަހަރުމެން ދިވެހިން އަނެއްކާއަނެއް ލަދުގަ ނުބެދެނީސް ރަނގަޅައް ބަލާބަލަ
ޢިހްސާސް
21 March 2021
މަސްތުވާތަކެތި މިގައުމަށް ވަންނަދޮރުތަށް ބަންދުކުރަން ނުކުޅެދިފަވާ ސަރުކާރުތައް ހައްތާވެސް އަންނަނީ. ދެން ލެއްގީމަ ހައިރާނެއްނުވޭ.
ދޮންތަކުރު
21 March 2021
ރާއްޖެއަށް އެންމެ ތިޔާގި އެއްޗަކީ މަސްތުވާތެތި އެންމެ ގަދަބަޔަކީ އެވިއްކާމީހުން މި ދައުލަތުގެ ހުރިހާވަސީލަތެއްވެސް އެމީހުންނާ ދެކޮޅުކަމަށް ބުނާއިރު ކަންވަނީ ދިމާ އިދިކޮޅަށް. ވީމާ ތިކަމާ ނުވިސްނުން އެންމެ ބުއްދިވެރީ ޔަގީންވާކަމަކީ ތިކަން ހައްލު ނުވާނެކަން