ޗައިނާ އިން ދޭ ވެކްސިންގެ ބާކީ ހުރި 100،000 ޑޯޒް މި މަހުގެ 30 ވަނަ ދުވަހު ރާއްޖެއަށް ގެންނާނެ. ވެކްސިން ގެނައީ ޗައިނާ ކުންފުނިތަކުން ހަރަދުގައި ހިއްސާވެ ޗާޓަރުކުރި ފްލައިޓެއްގައި
ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންތައް، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރު ޖަންގް ލިޖޮންގް (ވ)، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (މ) އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ވ) އަށް ރަމްޒީކޮށް ހަވާލުކުރައްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
25 މާޗް 2021 - 13:46
ޗައިނާ އިން ރާއްޖެއަށް ދޭނެ ކަމަށް އިއުލާނުކޮށްފައިވާ، ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ސައިނޮފާމް ވެކްސިންގެ 200،000 ޑޯޒްގެ ތެރެއިން 100،000 ޑޯޒް ރޭ ރާއްޖެ ގެނެސް މިއަދު ސަރުކާރާ ހަވާލުކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ވެކްސިންތަކާ ރަމްޒީކޮށް ހަވާލުވެޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. ވެކްސިން ހަވާލުކުރެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖަންގް ލިޖޮންގް އެވެ.
ފޮރިން މިނިސްޓަރު ޝާހިދު އެ ރަސްމިއްޔާތުގައި ވިދާޅުވީ ޗައިނާ އިން ދޭ ވެކްސިންގެ ބާކީ ހުރި 100،000 ޑޯޒް މި މަހުގެ 30 ވަނަ ދުވަހު ރާއްޖެއަށް ގެންނާނެ ކަމަށެވެ.
"މިއަދު ޗައިނާ ސަރުކާރުން މި ދެއްވާ ދެ ލައްކަ ޑޯޒް އަޅުގަނޑުމެން ބޭނުންކޮށް އަޅުގަނޑުމެން އާބާދީގެ އިތުރު 100،000 މީހުންނަށް ފުރަތަމަ ޑޯޒް ދެވޭނެ. އަދި އަނެއް 100،000 ޑޯޒް އެއީ ޗައިނާގެ ވެކްސިންގެ ލިބޭ 100،000 މީހުންނަށް ރައްކާކުރާނެ ވެކްސިން ކަމުގައި ހެލްތު މިނިސްޓަރު ވަނީ އިއުލާންކޮށްފައި،" ޝާހިދު ވިދާޅުވި އެވެ.
"President @ibusolih and the Gov't of Maldives made a strong commitment to vaccinate the entire population of the country as soon as possible and without discrimination, irrespective of their nationality, status of residency, or where they live in the Maldives" - Minister Shahid pic.twitter.com/xwzDnfM7H7
— Ministry of Foreign Affairs 🇲🇻 (@MoFAmv) March 25, 2021
ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތާ ގުޅޭ ގޮތުން ކުރި ޓްވީޓެއް
ޝާހިދު ވިދާޅުވީ ވެކްސިން ގެނައީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެން އޭގައި ކަމަށާއި ރާއްޖޭގައި ވިޔަފާރިކުރާ ޗައިނާ ކުންފުނިތަކުން އެ ދަތުރުގެ އަގުގެ އެއް ބައި ދެއްކި ކަމަށެވެ.
"ޗައިނާ އިން ރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ކުންފުނިތަކަށް އަޅުގަނޑު ވަކިން ހާއްސަކޮށް ޝުކުރު އަދާކުރަން،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ސައިނޮފާމް ވެކްސިން ޖަހަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދިންތާ 10 ދުވަހުގެ ތެރޭގައި ވެކްސިންތައް ރާއްޖެއަށް ގެނެވުމުން އުފާކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިކަމުގައި ހެލްތު މިނިސްޓްރީ އާއި މިކަމާ ގުޅޭ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރުއަދާކުރެއްވި އެވެ.
"އަޅުގަނޑުމެންގެ މަގްސަދަކީ ވީހާ ވެސް ކުރު މުއްދަތެއްގައި ވެކްސިން ރާއްޖެއަށް ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝާހިދު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި ޗައިނާ ސަފީރު މި މަސައްކަތުގައި ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޗައިނާގެ ސަފީރު ވިދާޅުވީ، ރާއްޖޭގައި ހިންގަމުން އަންނަ އެ ގައުމުގެ ކުންފުނިތަކުން މި ކަމުގައި އެ ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާ އަދާކޮށް، ރާއްޖެއަށް އެހީތެރިވީތީ އުފާކުރައްވާ ކަމަށެވެ. އަދި ދިވެހިންނަށް ވެކްސިން ދިނުމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ތައުރީފްކުރެއްވި އެވެ.
މިދިޔަ ހޯމަ ދުވަހު ސައިނޮފާމް ވެކްސިިން ރާއްޖޭގައި ޖަހަން ފެށި ފަހުން، މިހާތަނަށް އޭގެ 4،200 ޑޯޒް ޖަހާފައި ވެ އެވެ. ރާއްޖޭގައިި މިހާތަނަށް 224،979 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވެ އެވެ. އޭގެ ތެރެއިން 200،000 އަކީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަބޭ
27 March 2021
އެއްކަލަ ޕިންކް ކުދިންތަކަށް ޗައިނާއިން ފޮނުވި އެއްޗެއް. އެކުދިން ވެކްސިން ނުޖަހަން އެތިބީ ތިއެއްޗެއް ޖަހަންވެގެން.
މަންޑޭލާ
25 March 2021
ޗައިނަ އަކީ ވަރައް ބާރުމިނުގަ ކުރިއަރަމުންދާ ޤައުމެ. ޗައިނާޔާ ދުރައް ޖެހުމަކީ ދިވެހިން އަޅާނެ ޅައެއްޗެ. އިންޑިޔާ އައިޓް
ޝީލާ
27 March 2021
ދެން އަވަހަށްދޭ ވެކްސިންޖަހަން.
ނިކަމެތިރައްޔިތުމީހާ
25 March 2021
ށުކުރިއްޔާ ޗައިނާ. ސިންގަޕޫރު ކުންފުންޏަށް ދިން ޑީލްގެ ވެކްސިން ލިބޭނީ ދުބާއީން ވެންޓިލޭޓަރު ލިބުނީމަދޯ؟
ސައު77
25 March 2021
ރޯދަމަސް ކުރިއައައް އޮތީ ވެކްސިން ޖަހާނެ މީހުން މަދުވާނެ. ޢަވަހައް ޖަހަން ފަށާ. ތިލަފުއްޓަށާ ރިސޯޓުތަކައް ވެކްސިން ޖަހަން ފޮނުވާ.
ރަދީފްއޮފިޝިއަލް
25 March 2021
ކަލޭމެން ބިލްކުރާތި ޗާޓަރ ފީގެ މުޅި އަދަދު.ދަށުންދާމާކުޅެ ޗައިނާ އިން ރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ކުންފުނިތަކުން ހަދިޔާކުރި ބައި ކުޅެލަން ވާނެ.ވ.ވެދުން
ޕެޑްމޭން
25 March 2021
ކޮބާ އަނދުންބެ. އޭނަތަ ލާރި ދެއްކީ ތިޔަ ގެންނަން.
ށަވިޔަނި
25 March 2021
ރަނގަޅު
ނޯމޯރ ޕޮލިޓިކްސް
25 March 2021
ފިޔާތޮށި ރަނޑާލިން ނާއި ރީނދޫ ރޭރުންތައް މިފަހަރު ކިޔާނީ ކީކޭބާ؟
ގަބޭ
27 March 2021
އިންޑިޔާ އައުޓް، ޗައިނާ އައުޓް.
ރާއްޖެ
25 March 2021
ކޮބާ އަދުން ހުސައިން؟ ކަލޭތަ ފައިސާ ދެއްކީ؟
އުދުހޭ
25 March 2021
އަޅުގަނޑަށް އެއްޗެކޭ ބުނެވޭނީ އަނގަމަތީމަ މީނަ ޕެޑް ނައްޓާލާފަ.
ާާއަލި
25 March 2021
ޢެއްމެފަހުން ޗައިނާ ފުޫބުޑައްދޯ.
ރަދީފްއޮފިޝިއަލް
25 March 2021
ވަކި ބައެއްގެ ފޫބުޑަށް ދިޔުމެއް ނޫން އެއީ.ލާމެހިފައިވާ މި ދުނިޔޭގަ އެބައޮތްތަ ބައެއްގެ ''އެއްވެސް އެހީ''އަކާ ނުލާ އެއްވެސް ދަތިކަމެއް ނެތި ސަވައިވް ވެވިދާނެ ގައުމެއް؟؟ އެގައުމެއްގެ ނަން ބުނެފިނަމަ އަހަރެން ހުންނާނަން ހަނު.ކަން މިމަގުން އޮތް ހިނދު އަހަރުމެންކަހަލަ އުފެއްދުންތެރިކަމެއް ނެތް ގައުމުތަކުން އެހެން މީހުންނަށް ބަރޯސާވާންޖެހިފައިވާ މިންވަރު ބޮޑުވާނެކަން ތަންދޮރު ދަންނަ އެންމެން ގަބޫލުކުރާނެކަން ކަށަވަރު ޔަގީން.ވ.ވެދުން