އިންޑަސްޓްރިއަލް ސަރަހައްދުގައި މިއަދު ހުޅުވި ވިލާ ފިޔުލްގެ ޕެޓްރޯލް ޝެޑު-- ފޮޓޯ: ވިލާ
25 މާޗް 2021 - 16:11
މާލެ އިންޑަސްޓްރިއަލް ޒޯންގައި ވިލާ ހަކަތައިގެ ޕެޓްރޯލް ޝެޑެއް މިއަދު ހުޅުވައިފި އެވެ.
މި ޝެޑު ހުޅުވާފައިވަނީ "ވިލާ ފިޔުލް"އަށް ރިބްރޭންޑް ކުރުމަށްފަހު އެވެ. މި ޝެޑުގައި ޕެޓްރޯލް އަޅަން 12 ޕޮއިންޓު އަދި ޑީސަލް އަޅަން ހަތަރު ޕޮއިންޓް ހުންނާނެ އެވެ.
މި ޝެޑަކީ ވިލާއިން ކުރިން ހިންގި ޝެޑާ ތަފާތު ޝެޑެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ޖާގައިގެ ގޮތުން ބޮޑުވެފައި ޑިޒައިން ވެސް ތަފާތު ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވިލާގެ ޕެޓްރޯލް ޝެޑު ކުރިން ހުރީ ދަރުމަވަންތަ ހޮސްޕިޓަލާ ކައިރީ މިހާރު ބަސް ސްޓޮޕް ހަދާފައި ހުންނަ ތަނުގަ އެވެ.
ވިލާއިން ބުނީ އާ ޕެޓްރޯލް ޝެޑާއެކު ހިދުމަތްތައް އަވަސްވެފައި، ކޮލިޓީ ރަނގަޅު ޕެޓްރޯލާއި ޑީސަލް ލިބޭނެ ކަމަށެވެ.
މި ޝެޑުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 11:00އާ ހަމައަށް ހިދުމަތް ލިބޭނެ އެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 2:00ން ރޭގަނޑު 11:00އަށް ހިދުމަތް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
26 March 2021
ފަތާ ޓްރެކް ކައިރީގަ ހުންނަ ސަރުކާރު ބިމުގަ ހަދާފަ ހުރި އަދި ބޭނުން ނުކޮށް ޒަމާން ވެފަ ހުރި ޕެޓްރޯލް ޝެޑް އަށް ވީގޮތެއް ބަލާލަ ދީ ބަލާާށެވެ. ސަރުކާރުން ވަކި ކަމަކަމަަށް ދޫކުރާ ބިންތައް ބޭނުން ނުކުރާނަމަ ސަރުކާރައް ނަގަން ވީ އެވެ.
އާރީ
25 March 2021
ވިލާއިން މިހާރު ސޮފިން މޯލުވެސް ހިންގަން ފަށަނީ.
ހުޅުމާލޭމީހާ
25 March 2021
އާއްމު ރޭޓަށްވުރެ އަގުބޮޑު އަބަދުވެސް ވިލާއިން ތެޔޮ ވިއްކާ އަގު.. އެހެންވެ ހުޅުމާލޭގައި ހުންނަތަނަށް މަ ދިއުން ހުއްޓާލައިގެން މި އުޅެނީ
މަންޑެލާ
25 March 2021
ޤައުމައް ގައްދާރުވާ ބަޔަކައް ދުވަހަކުވެސް ސަޕޯޓެއް ނުކުރާނަން.