ދަރުމަވަންތަ ހޮސްޕިޓަލް ކައިރި ބަހެއް ޕާކުކޮށްފައި: އެމްޕިއެލް އިން ދެމުން ގެންދިޔަ ބަހުގެ ހިދުމަތް ވަރަށް އަވަހަށް އެމްޓީސީސީއާ ހަވާލު ކުރާނެކަމަށް މައުލޫމާތު ލިބޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 މާޗް 2021 - 15:21
އެމްޕީއެލް އިން މާލޭގައި ދެމުން އަންނަ ބަހުގެ ޚިދުމަތް އެމްޓީސީސީއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ އާ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް "މިހާރު" އަށް ވިދާޅުވީ ސަރުކާރުން މި ބަދަލު ގެންނަން ބޭނުންވާތީ އެކަމާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މި ބަދަލާއެކު، ވިޔަފާރި ބަނދަރުގެ ކަންތައްތަކަށް ފުރިހަމަ އަށް އިސްކަން ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބަހުގެ ހިދުމަތް އެމްޓީސީސީއާ ވަރަށް ހަވާލު ކުރާނެ އެވެ. ނަމަވެސް މި ބަދަލު ގެންނަ ތާރީޚެއް އަދި ނޭނގެ އެވެ.
މިދިޔަ 2019 ވަނަ އަހަރު ވެސް ބަހުގެ ހިދުމަތް އެމްޓީސީސީ އަށް ބަދަލު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި މި ބަދަލު ގެންނަނީ ބަހުގެ ހިދުމަތް އެއް ފުރާލެއްގެ ދަށަށް ގެނައުމަށެވެ.
އެމްޕީއެލް އިން ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލެ އިން ހުޅުމާލެ އާއި ހުޅުލެއާ ދެމެދުގަ އެވެ. އެމްޓީސީސީން މި ހިދުމަތް ދެނީ ހުޅުމާލެ އާއި ހުޅުލެއާ ދެމެދުގަ އެވެ. މި ދެ ކުންފުނިން ވެސް ބަހުގެ ހިދުމަތް ދެމުން އަަންނަނީ ގެއްލުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސީ
30 March 2021
އެމްޓީސީސީ ޑްރައިވަރުންނަށް ވަރަށް އަވަހަށް ނިދޭ. ހުޅުމާލެ ތެރޭގަ ދުއްވާއިރުވެސް އެމީހުންނަށް ނިދިޖެހިގެން 2 މީހެއްގެ ފުރާނަ ދިޔަ ބިޔަ ދެ އެކްސިޑެންޓް ހިނގީވެސް. ޢެވެސް އަދި ރަމަޟާން ރޯދަމަހު. ދެން ކިހިނެއްވާނީ މާލެ ހުޅުމާލެ ދެމެދު ބުރިޖުގަ ދުއްވާއިރު. ކިހާ ނިންޖެއް އަންނާނެ. ތީ ރަނގަޅު ބަދަލެއް ނޫން. އެބަސް ދަތުރުތަކަށް އެމްޕީއެލް ހަމަ ބަރާބަރު.
ޙަސީނާ
30 March 2021
އެމްޕީއެލް ގެ ހިދުމަތް ބަލައިގަންނަން. ވަރްށް އެކިއުރޭޓް ބަހުގެ ހިދުމަތަށް ބަރޯސާވެވޭ މާލެ ހުޅުމާލެ ބަސްތައް ވަރަށް ސަޅި. ޢެކަމު މިހާރުވެސް އެމްޓީސީސީން ހިދުމަތްދޭ ނެއިބަހުޑް ބަސްތަކަކީ ބޮޑު ވޭނެއް. ފެރީން ރަށުތެރޭ އެކަނި ދަތުރު ކިރާއިރުވެސް އެއީ ބޮޑު ތިރާލެއް. ޓާމިނަލްގަވެސް މަޑުކުރަނޖެހިދާނެ 30 ގަޑި ިއރުވެސް. ބަހުގަ ފެރީއަށް ގޮސްގެން އަބަދުވެސް އޮންނާނީ ފެރީ ކަޓާފަ. ޢެއަށްވުރެ އަވަހަށް އެމްޕީއެލް ބަހުގަ މާލެދެވޭ.
ޖޫލީ
30 March 2021
ކުންފުނި ބަދަލުވިޔަސް އެއްވެސް މީހެއްގެ ވަޒީފާ ގެއްލިގެން ނުވާނެ
އެމްޕީއެލް
30 March 2021
ތީގެން ވަޒީފާ ގެއްލޭނީ ދިވެހިންނަށް.. އެމްޕީއެލްގަ އުޅެނީ ދިވެހިން. އެމްޓީސީސީގަ އުޅޭނީ އިންޑިޔާމީހުން.. ވަރަށް ދެރަ..
ހަސަނު
29 March 2021
ކޮބާތޯ މަލޭގަ ބަސް ސާވިސް ދޭން ގެންނަން ކި ކުދި ބަސްތައ؟؟
އެއޮތީ
30 March 2021
މިހާރު އެ ބަސްތައް ބޮޑެތިވެފަ ތިބީ.
2021
29 March 2021
އަހުން ނޫޅެން ތިބަހުގެ ވާހަކަދައްކާކަށް... ބޮއިހަލާކު
އޮނަރަބްލް އަފީފު ދީދީ
29 March 2021
މާލެއާއި ހުޅުމާލެ އާއި ދެމެދު ދަތުރު ކުރާ ޑަބަލްޑެކަރ ބަސްތައް މާލެއާއި ހުޅުމާލެއާއި ދެ ރަށުގެ ހުރިހާ ބަސް ސްޓޮޕް ތަކަށް މަޑުކުރުމުގެ ބަދަލުގައި އެއީ ހަމައެކަނި ބްރިޖް މަތީގައި ދުއްވުމަށް ނުވަތަ މާލޭ މެއިން ޓާރމިނަލް އާއި ހުޅުމާލެ ޓާރމިނަލް އާއި ދެމެދު ދަތުރުވެރިން އުފުލުމަށް ޙާއްސަ ބަސް ތަކެއް ކަމުގައި ހަދާ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް އޮންނަ ބަސް ދަތުރު ކުރާނީ ހަމައެކަނި ދެ ރަށުގެ މެއިން ޓާރމިނަލް އަށް ކަމުގައި ހަމަޖައްސަވާ.
އޮނަރަބްލް އަފީފު ދީދީ
29 March 2021
މުހިންމު ރަނގަޅުބަދަލެއް ކަމުގައިދެކެން. ދައުލަތުގެ ކުންފުނިތަކުގެތެރެއިން އެއްކަމެއްކުރާ އެތައްކުންފުނިތަކެއްގެބަދަލުގައި ސްޓޭޓް ކުންފުނިތަކުގެގޮތުގައި އެއްކަމެއްކުރާން އެއްކުންފުނި ނުވަތަ 3 ރީޖަނަށް ރާއްޖެބަހާލާ 3 ރީޖަނުގެކަންކަމަށް ވަކިވަކި ކުންފުނިތަކެއްހެދުން ރަނގަޅު. # ތިޔަބަދަލާއިއެކު ފުލުފުލުގައި ޑަބަލްޑެކަރ 2 ބަސް ދުއްވުމުގެ ބަދަލުގައި ކުންފުންޏަށް ގެއްލުން ނުވެ ދަތުރު ވެރިންނަށް އިތުބާރާއިއެކު ހިދުމަތް ދެވޭގޮތަށް ރާވާނެ ކަމަށް ހީކުރަން.
ޖަމާލުއްދީން
29 March 2021
އަހަރުމެން ފޫހިވެއްޖެ ތިހެންކިޔަނީ ވެރިކަން އައިންސުރެން.