ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދޭނީ އެ ކައުންސިލެއްގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރަކުން.
މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރުން ހުވާކުރުމަށް ތައްޔާރުވެފައި: ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވޭ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
04 އެޕްރީލް 2021 - 16:10
ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ މަގު، އެކަމާ ގުޅޭ އުސޫލު އާއްމުކުރުމާ އެކު މިއަދު ފަހިވެއްޖެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ވަނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދު" ގެޒެޓުކޮށްފަ އެވެ. އެ އުސޫލު ގެޒެޓުކުރާ ދުވަހުން ފެށިގެން އެއަށް އަމަލުކުރާނެ އެވެ.
ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ކައުންސިލްތަކަށް ވިޔަފާރިކުރެވޭނެ ފުރުސަތު ދީފަ އެވެ. ނަމަވެސް މީގެ ކުރިން ކައުންސިލްތަކުން ދިޔައީ އާމްދަނީ ހޯދުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.
އުސޫލުގައި ބުނެފައިވާ ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ރަށު ކައުންސިލް، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ ފަރާތުން ހުށަހެޅޭނީ އެ ކައުންސިލެއްގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރަކުންނެވެ.
ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ ރަށު ކައުންސިލް ނަމަ އެ ކުންފުނީގެ ނަމަކީ އަތޮޅާއި ރަށުގެ ނަމެވެ. ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ އަތޮޅު ކައުންސިލް ނަމަ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގެ ނަން އަދި ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ ސިޓީ ކައުންސިލެއް ނަމަ އެ ކައުންސިލެއް ނިސްބަތްވާ ސިޓީގެ ނަމެވެ.
އެ ގަވައިދުގެ ދަށުން އުފައްދާ ކުންފުނީގެ ހިއްސާ ބަދަލުކުރެވޭނީ ހަމައެކަނި ކައުންސިލްތަކުގެ މެދުގަ އެވެ. ހިއްސާ ބަދަލުކުރަން ހުށަހަޅާއިރު، ލޯކަލް އޮތޯރިޓީ ކުންފުނީގައި ހިއްސާވާން އެދި ރަށު ކައުންސިލް، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ ފަރާތުން، އެ ކައުންސިލުގެ މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރު ހުށަހަޅަންވާނެ އެވެ.
ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީކުރަން ހުށަހަޅާ އިރު ކޮންމެ ކުންފުންޏެއްގައި މަދުވެގެން ތިން ޑިރެކްޓަރުން ތިބެންވާނެ އެވެ. ކޮންމެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ އަދަދު ލިޔެ ބަޔާންކުރާންވާނެ އެވެ.
އެ ކުންފުންޏެއްގެ ހަމައެކަނި ހިއްސާދާރަކީ ވަކި ކައުންސިލެއް ނަމަ، ކުންފުންޏެއްގެ ޑިރެކްޓަރުންގެ ގޮތުގައި ތިބެވޭނީ، އެ ކައުންސިލެއްގެ މެންބަރުންގެ ގަރާރަކުން އައްޔަންކުރާ ފަރާތްތަކެވެ. އެގޮތުން އައްޔަންކުރާ ޑިރެކްޓަރަކު ވަކިކުރެވޭނީ ކައުންސިލް މެންބަރުންގެ ގަރާރަކުން ނިންމާ ނިންމުމަކުން ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ. އަދި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލް ހިމެނޭ ނަމަ، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ގޮތުގައި ތިބެވޭނީ ހިއްސާދާރުންގެ ގޮތުގައި ތިބޭ ކޮންމެ ކައުންސިލެއްގެ މެމްބަރުންގެ ގަރާރަކުން އައްޔަންކުރާ ފަރާތްތަކެވެ.
އެ ގޮތަށް އައްޔަންކުރާ ޑިރެކްޓަރަކު ވަކިކުރެވޭނީ އެ ޑިރެކްޓަރު އައްޔަންކުރި ކައުންސިލް މެމްބަރުންގެ ގަރާރަކުންނެވެ.
އުސޫލުގައިވާ ގޮތުން ލޯކަލް އޮތޯރިޓީ ކުންފުންޏަކީ ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި ކުންފުނީގެ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ގާނޫނީ ގޮތުން އަމިއްލަ ޝަހުސެކެވެ.
ރަށު ކައުންސިލަކުން، އަތޮޅު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން އަމިއްލަ ފަރާތަތަކާ އެކު ވިޔަފާރި ކުންފުންޏެއްގައި ހިއްސާވުމުގެ ކުރިން ކުންފުނި ނުވަތަ ޕާޓްނަޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއާ ގުޅުމުން ލިބޭނެ ފައިދާ އާއި އެ ކުންފުނި، ނުވަތަ ޕާޓްނަޝިޕް، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ބިޒްނަސް ޕްލޭނާއި ކުންފުނިން ކުރަން ގަސްތުކުރާ ވިޔަފާރިތަކުގެ ތަފްސީލު ފަދަ މައުލޫމާތުތައް ރަޖިސްޓްރީ އޮފް ކޮމްޕެނީޒަށް ހުށަހަޅައިގެން ހުއްދަ ހޯދަންޖެހެ އެވެ.
އެ މައުލޫމާތުތައް ހުށަހެޅުމުން ކުންފުނި ހިންގަން ހުއްދަދޭ ވިޔަފާރިތަކުގެ ތަފްސީލު ކަނޑައަޅައި ކުންފުނި އުފައްދަން ހުއްދަ ދޭނީ ރަޖިސްޓްރާ އޮފް ކޮމްޕެނީޒެވެ. ހުއްދަ ދިނުމުގައި އެ ރަށެއް ނުވަތަ އަތޮޅު ނުވަތަ ސިޓީއެއްގެ އާބާދީ އާއި އިގުތިސޯދީ ހާލަތަށް ބަލައި އަމިއްލަ ފަރުދުންނާއި ގާނޫނީ ޝަހުސުތަކުން އެ ރަށެއްގައި ނުވަތަ އެ ދާއިރާއެއްގައި ހިންގަމުންދާ ވިޔަފާރިތަކަށް ކުރާނެ އަސަރަށް ބަލަންޖެހެ އެވެ.
އަމިއްލަ ފަރާތްތަކާ އެކު ކުންފުނި އުފައްދަން ހުށަހަޅާއިރު ކައުންސިލްގެ ހިއްސާ އޮންނަން ޖެހޭނީ 20 ޕަސެންޓަށް ވުރެ އިތުރުނުވާނެ ވަރަކަށެވެ.
ކައުންސިލްތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރީގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ ވިޔަފާރި ހަރަކާތްތައް ހިންގަންވާނީ ގަވާއިދަށް އަމަލުކުރަން ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސިސް
05 April 2021
ސުވާލަކީ ކައުންސިލެއް ބަނގުރޫޓު ވާނެތޯ؟ ގާނޫނީ ލަފައެއް ބޭނުން.
ކާރިމް
05 April 2021
އަވަހަށް އެޗ ޑީ ސީ ހަދާ މާލޭ ކައުންސިލްގެ ކުންފުންޔަކަށް. އޭރުން ރިޒްނާގެ ވައުދު ފުއްދުނީ.ހަހަހަަހަ..
ސައިމާ
05 April 2021
ދެން އެހެންވީމާ ކުންފުނި ހަދައިގެން ކޮރަޕްޝަނާއި ވައްކަންކުރުން ލާމަރުކަޒީވީ ދެއްތޯ؟ މިހެންވެއޭ ލާމަރުކަޒީ ސަޅީ! މައި ސަރުކާރުގެތެރޭން ވައްކަންކުރެވެންޏާ އަތޮޅު ސަރުކާރުތަކުންވެސް ވައްކަން ކުރެވެން ވާނެތާ! ނުކިޔަވާތިބި ކައުންސިލަރުންތަކަކާ ކުންފުނި ހަދައިގެން ވިޔަފާރިކުރަން ހަވާލުކުރީމާ ވާނެ ހައެތި ވާނެ. އެމްއެމްޕީއާރުސީ ފަދަ އެތައްކަމެއްވުން ގާތް. މިވަރަށް ފަސާދަވާއިރު މަފަކީރަށް ޖިފުޓިގަޑެއްއަޅާނެ ބިމެއްނުލިބުނުތާ ފްލެޓްގަޑެއްވެސް ނުލިބޭ.
ރާއްޖެތެރޭހަސަނު
05 April 2021
ލާމަރުކަޒުކޮށް ރާއްޖެ ހިންގަން ބޭނުންނަމަ މިހާރު ކުރަންޖެހިފައިވާކަމަކީ އަލަށް ހިންގާ ޕްރޮޖެކްޓުތަކުގެ ބިންގާ އެޅުމާއި، ރިބަންފަށްކެނޑުން ރާއްޖެތެރޭ މީހުނަށް ދަސްކޮށްދެންވީ...ކޮބާ އެލްޖީއޭ މިކަމަށް މަސައްކަތެއް ކޮށްލީމަ ދައުލަތުގެ ބަޖެޓުން އެތައް ފައިސާއެއް ސަލާމަތްކުރެވޭނެ.... މާލޭ ބޭފުޅުންގެ ގޮޑެތި ޓީމުތައް އަންނަނީ ފިބަންފަށެއް ކަނޑާލަން ރާއްޖެތެރޭ މީހުނަށް ނޭނގިގެން...އެދަތުރުތަކަށް ދަޢުލަތުން އެތައް މިލިއަނެއް ޚަރަދުކުރޭ
ބޭބެ
04 April 2021
ކިހާ ދެރަކަމެއްމީ، މިހާރުވެސް ޕުރައިވެޓް ސެކްޓާ އިންދަޖެހިފައި އޮތީ
Happy 321
04 April 2021
ޙަލާކެއްގެބޮޑު ފެށުންތި?
ހަަައްގުބަސް
04 April 2021
ރާއްޖޭގައި އުފެއްދިފައިވާ އެންމެނާގާބިލް މުއައްސެ ނުވާނެ ތިކަމެއް. ރައްޔަތުން ބޮޑުތަނުން ދަރަނިވެރިކޮށް ކަރަޕްޝަންގެ ހާއްޔެކަށްވެ ރައްޔަތުން އިތުރަށް ބިކަކޮއްލާނެ ކަންތަކެއް ކުރުވަން ތިއުޅެނީ...ވ. ސަލާމް
ޑަބިޔާ
04 April 2021
ވަރައް މޮޅު ލާމަރުކަޒީ ގާނުނެއްތީ އާމު ރައްޔިތުންގެ ވިޔަފާރި ފުޑާލަން ކުރާކަމެއް.މީގެއިން އިގެނީ މިސަރުކާރު މީހުން އުޅެނީ ޑިޑްޓޭސިޕް އެއް މިގައުމުގަ ގާއިމްކުރަން. ހުރިހާ ރަައްރަށުގެ އާމު ވިޔަފާރިވެރިން ހޭލަންވެއްޖެ. ސަރުކާރު ވިޔަފާރި މުޅި ރާއްޖެ އާފަތިހަކަށް އަލިވިލުން ހެހެހެ
ޢަނީ
04 April 2021
މިއީ މިގައުމުގެ ހަލާކުވުން. ކޮރަޕްޝަންގެ ހާލިތަކެއް ތިޔަ އުފެދެނީ!
އަލިކޮއި
04 April 2021
ލާ މަރު ކަޒު ކުރެވޭނީ އިދާރީ ދާއިރާތަ ކުގެ ސަރަހައްދު ތަ ކުގައިވާ ހުރިހާ ވިޔަފާރިއަ ކާއި ބި މާއި ކަނޑު ފަޅު ތައްވެސް ކައުންސިލް ތަ ކުގެ ދަށަށް ގެނެވިގެން އެއީ އެދަައިރާއެއްގެ ސަރަހައްދު ތަ ކުގައިވާ ރިސޯޓްތައްވެސް ހި މެނޭގޮތަށް. އަދި ކައުންސިލް ތަ ކުގެ ދަށުން އެ ކި ކަން ކަ މަަށް ބޭނުންވާ އިދަަރާތައް އުފައްދާ ސަރު ކާރުގެ ސައިޒު ކުޑަަ ކޮށް ބޭ ކާރު ވުޒާރާތައް އުވާލައިގެން. އެސަރަހައްދެއްގެ ކަން ކަން ކުރު މަށް ޤާނޫނު ފާސް ކުރަން މަޖިލީހެއްވެސް