ރިންގްރޯޑުގައި ޓެކްސީތަކެއް ދުއްވަނީ: ޓެކްސީގައި ދެން ލަވަ ޖެހޭނީ ފަސިންޖަރުންގެ ހުއްދައާއެކު -- ފޮޓޯ: ނިޝާން އަލީ/މިހާރު
05 އެޕްރީލް 2021 - 19:36
ޓެކްސީތަކުގައި ރޭޑިއޯ ނުވަތަ އަޑު ނުކުންނަ ބާވަތުގެ އެއްވެސް ވަސީލަތެއް ދެން ބޭނުން ކުރެވޭނީ އެއިން އެ ވަގުތަކު ދަތުރުކުރާ ފަސިންޖަރުންގެ ހުއްދައާ އެކު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ. އެހެންވެ، ދަތުރުކުރާ މީހުންގެ ހުއްދަ ނެތި، ދެން ޓެކްސީގައި ލަވަ ނުވަތަ އެ ފަދަ އެހެން އެއްވެސް އެއްޗެއް ޖެހުން މަނާވާނެ އެވެ.
ޓެކްސީގައި ދަތުރުކުރާއިރު، ބާރަށް ލަވަ އަދި މަދަހަ ޖެހުމާއި ނުވަތަ ރޭޑިއޯ އިން ސިޔާސީ ޕްރޮގްރާމްތައް ޖެހުމަކީ ވަރަށް އާއްމުކަމެކެވެ. އެއީ ގިނަ ބަޔަކު އަބަދުވެސް ޝަކުވާކުރާ އަދި ވަރަށް ބޮޑަށް ރުޅި އަންނަ ކަމެއް ވެސް މެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިކަން މަނާ މިކުރީ، ޓެކްސީ ގަވައިދަށް އިސްލާހު ގެނެސްގެންނެވެ.
ގެޒެޓްގައި މިހާރު ޝާއިއުކޮށްފައިވާ މި ގަވައިދަށް އިތުރު އިސްލާހެއް ވެސް ވަނީ ގެނެސްފަ އެވެ. އޭގައި ބުނާ ގޮތުން ޓެކްސީ ސެންޓަރާއި ޓެކްސީގެ ހިދުމަތްދޭ އުޅަނދާ މެދު، މުވާސަލާތީ ނިޒާމެއް ގާއިމްކޮށްފައި ހުންނަން ޖެހޭނެ އެވެ. މި މުވާސަލާތީ ނިޒާމުގެ ބޭނުން ހިފަން ޖެހޭނީ ރިވެތި އަދަބުތަކާއި އިހްތިރާމާއެކު، ރީތި ބަހުން ކަމަށް ވެސް އިސްލާހުގައި ބުނެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިނީލާދީނީ
06 April 2021
ކޮންމެ ދޭތެރެއަކަށް ދީން ކޮއްޕާތި.
ގަބޭ
06 April 2021
ދީނީ ޗެނަލްތަ، ނޫނީ ދީން ބައިބައިކުރާ ޗެނެލްތަ؟
ޑުރައިވަރު
06 April 2021
ޓެކްސީ ޑުރައިވަރުން އެބަޖެހޭ ތަންކޮޅެއް ތަހުޒީބުވާން.
ލާދީނޭ.
06 April 2021
ބާރަށް ފޮޑިޔެއް ޖެހިޔަސް ލާދީނީ.. ހެހެ...
އަލީ2
06 April 2021
ޓެކްސީ ޑުރައިވަރުންނަކީ އެއްވެސް ގޮތެއްފޮތެއްހުންނަބައެއްނޫން، މީހުން އަރުވާ ބާލަންވެސް ތަނެއް ތަނެއް ނޯވެ، މަގު މެދަށްވެސް މަޑުކޮށްފާނެ. މީހުންގެ ލަގެޖް އަރުވާބާލަންވެސް އަތްނުލާވޭތޯބަލާނީ..... ދުނިޔޭގެ އެހެންތަންތާ މިކަންއޮންނަނީ މިހެނެއްނޫން. މިމީހުނަށް ކުރު ކޯހެއް ހިންގަދޭންޖެހޭ.
އެލެކޮސް
06 April 2021
މިހާރުގެހެޑިން ބަދަލުކޮށްލަންވީ. ޓެކްސީތަކުގައި ލަވަޖަހާތީކީނޫން ދީނީ ޗޭނަލްތައް އަޑުނޭހޭނެގޮތްތިހަދަނީ
އަލީ2
06 April 2021
ގޭގަ އަޑުއެހޭނެދޯ.. ކޮންމެހެން ޓެކްސީގަ ލަވަޔާ އޭތިމީތި އަޑުއަހާކަށްނުޖެހޭ،، ޓެކްސީގަ ހޭދަވާނީ ގިނަވަގެން 10 ވަރަކަށް މިނެޓް!!
ާހަމް77
06 April 2021
މަދަހަ އަޑު އަހަން ގޭގެ ތިބެބަލަ. ޓެކްސީ އައް އަރަނީ ދަތުރު ކުރަން. ޢިތުރު އެެއްވެސް ބޭނުމަކު ނޫން.
އަމަލްދިން
06 April 2021
ތިމާބޭނުން އެއްޗެއް ތިމާބޭނުން ގޮތަކަށް އަޑުއަހަންވީހަމަ ކޮންމެހެން އެހެންބަޔަކަށް އިއްވަން ޖަހާކަށް ނުޖެހޭ އަދި އެއަށް އަރާ މީހަކު ނުރުހޭ ނަމަ އެއީ އަމުދުން ކޮށްގެންވާނެ ކަމެއް ނޫން
ރައްޔިތުންގެ
06 April 2021
ގަވާއިދުތައް ވަރަށް ފުރިހަމަވާނެ. ތިއިން ގަވާއިދަކަށް އަމަލުކުރާ މީހަކު މަދުވާނެ. ދިވެހިންގެ އަދަބު އަޚްލާގު މިހާރު ނެތި ހިނގައްޖެ. ޑުރައިވަރުން ކަންތައް ކުރަނީ ހިތުހުރިގޮތަކަށް. ބައެއް ޑުރައިވަރުންނަށް ހީވާކަހަލަ އޭނަގެ އަމިއްލަ ކާރުގައި އެހެން މީހުންނަށް ކޮށްދޭ ސަދަގާތެކޭ. ޓެކްސީ ބޯޑުއެޅުވީމަ ވާނީ ޓެކްސީއަކަށް. އެއަށް އަރާމީހަކު ބަލާކަށް ނުޖެހޭ ދުއްވަން ހުރީ އޭގެ ވެރިމީހާތޯއެއް. ބޯޑު އަޅުވައިގެން ޚިދުމަތް ދެންޏާ ދޭންވާނީ ގަވައިދާ އެއްގޮތަށް
އަލްމާނީ
06 April 2021
މުސްތަފާ އަތަތުރުކް ތުރުކީ ގެންދިޔަ މިސްރާބަށް މިއަދު މިގައުމުގެ ވެރިކަންވެސް މިދަނީ
އަލީ2
06 April 2021
ގަދަކަމުން މީހުންނަށް ލަވަޔާއި އެކި އެއްޗިހި އަޑުއިއްވަންޖެހޭތަ؟!
ރަދީފްއޮފިޝިއަލް
06 April 2021
ގަދަކަމުން ލަވަ އަދި ރޭޑިއޯ ޕްރޮގްރާމް ހުއްޓުވަން ޖެހޭތަ؟ @އަލީ2 ކަލޭގެ ލަދު ކޮބާ؟؟ މީގެ ފަހުން މޯލްޑިވިއަންގެ ބޯޓުން ވެސް އަހަރުމެންނަށް އަޑުއިވޭގޮތަށް އީކުއޭޓާ ކޮރޮސްކުރާއިރު ''ވީއާ ކްރޮސިން އީކުއޭޓާއޭ'' ކިޔައިގެން ބޮޑު މިއުޒިކް ރާގެއް އިއްވައިގެން ނުވާނެ.ބެލެންސް ވާން ޖެހޭނެ ދޯ.ކީކޭ ކަލޭ ބުނަނީ.
ފޫހި
06 April 2021
ޓެކްސީގައި ލަވަޖެހުމެއްނޫން މައްސަލައަކީ. މައްސަލައަކަށްވެގެން އުޅެނީ ދީނީ ދަރުސްފަދަ ޤުރުއާން ފަދަ ތަކެތި ޖަހާތީ، މިއުޅޭ ލާދީނީ ގުރޫޕަށް ކެތްނުކުރެވުނީ. ސީދާ އެހެން ނުބުނަންވެގެން ހެދި ގަވާޢިދެއްތީ. ފްލައިޓްތަކުގައި ޖަހަނީ ޕަސިންޖަރުން ބޭނުންވާ އެއްޗެއްބާ؟ ބަސްތަކުގަ ޖަހަނީ ޕަސިންޖަރުން އެދިގެން ޖަހާ އެއްޗެއްބާ؟ ނޫނީ ޓީވީ ތަކުންދައްކަނީ މާތާހިރު އެއްޗެހިތަ؟
ފޫހިބެ
06 April 2021
ތިއޭ މައްސަލައަކީ. ޑުރައިވަރު އަޑުއަހާ އެއްޗެއް އެވަގުތުގައި ދަތުރުކުރާމީހާ އަޑުއަހަން ބޭނުން ނުވެދާނެ. އެކިމީހުންގެ ހާލަތު ހުންނާނީ އެކި ގޮތްގޮތަށް. ކާރަށް އަރާމީހާ ހުރެދާނެ ކިތަންމެ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައިވެސް. ވީއިރު ކަސްޓަމަރު ކާރިން އަހާލާފައި ޖަހާއެއްޗެއް ޖެހުމަކީ މައްސަލައެއް ނޫން. އެއީ ލާދީނީ ވީކީނޫން.
ދޮންދީދީ
06 April 2021
ބުރޯ އެމީހަކު ބޭނުންނުވާ އެއްޗެއް ގަދަކަމުން އަޑުއިއްވުމުގެ ބޭނުމެއްނެތް!
އުމަރުބެ
06 April 2021
ތިމާގެ އަޚުންނަކީ ލާދީނީ ބައެކޭ ނުބުނާނެ އިސްލާމް ދީނަކު. ތިއުޅެނީ ދީން އޮޅިގެން. ދީނުގަ ބައިބައި އުފައްދާ ބައެއްގެ މަޅީގައި ޖެހިގެން.
ދެރަ
06 April 2021
މިރާއްޖޭގައި ވަކި ވައްތަރެއްގެ މަސައްކަތްކުރާ މީހުންނަށް ވަރަށް ހަރުކަށި ގަވާޢިދުހަދާ ތަންފީޒުކުރެވޭނެ. އެކަން ގުޅިފައިވަނީ މާލޭގެ އިއްޒަތްތެރިންނަށް ޚިދުމަތްދިނުމާ މީގެ ކުރިން ވަރަށް ފޯރިއެރުވި ހުޅުލެ/މާލެ ފެރީ ދަތުރުތަކަށްވެސް ހަމަ މިފަދަ ގަވާއިދުތައް ހަދާ ތަންފީޒުކުރި. އެކަމަކު އާޅެ މާލޭ މީހުންގެ ގެދޮރު ކުއްޔަށް ދިނުމާގުޅޭގޮތުން ހެދުނު ގަވާޢިދެއް އުޞޫލެއް އެބައޮތްތަ؟ ބިދޭސީން ބޯކޮށައިދޭ އަގާގުޅޭ ގޮތުން އަގެއްކަނޑައެޅުނުތަ؟މުޅިންވެސް ނިކަމެތިން