ފަރެސްމާތޮޑާ އޭޓީއެމް: އަލުން ހިދުމަތް ދޭން ފަށާފައި މިވަނީ ފަސް މަސްދުވަހުގެ މެދުކެނޑުމަކަށްފަހު-- ފޮޓޯ: ބީއެމްއެލް
09 އެޕްރީލް 2021 - 17:34
ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ގދ. ފަރެސްމާތޮޑާގައި ބީއެމްލުން އޭޓީއެމްގެ ހިދުމަތް އަލުން ދޭން ފަށައިފި އެވެ.
މި ހިދުމަތް މެދުކަނޑައިލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ އޭޓީއެމް ފަޅައިލުމާ ގުޅިގެންނެވެ. މީގެ ސަބަބުން ބޭންކުގެ ހިދުމަތް ހޯދަން އެ ރަށުގެ ރައްޔިތުންނަށް ވަނީ ދަތިތަކާ ދިމާވެފަ އެވެ.
ފަރެސްމާތޮޑާގައި އޭޓީއެމްގެ ހިދުމަތް ފަށާފައި ވަނީ 2017 ވަނަ އަހަރުގަ އެވެ.
އެ ރަށުގައި އޭޓީއެމްގެ ހިދުމަތް އަލުން ފެށުމާއެކު، އެ މެޝިން މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.
މިދިޔަ އަހަރު ބީއެމްއެލުން ވަނީ 11 ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައި އިތުރު ފަސް ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމްތައް ސެލްފް ސާވިސް ހިދުމަތްތައް ލިބޭ އޭޓީއެމްތަކަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ކިޔާމީހާ
09 April 2021
ހެޔޮކަމެއް ކޮށްދިނީމާ ވެސް ، ތެޔޮހަމެއް ނޫނީ ނުދޭ.