އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (ވ-2) ކުރީގެ ރައީސް ނަޝީދު (ކ-2) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ
24 އެޕްރީލް 2021 - 23:40
މި މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއްގައި ކޯޓަށް ނުދާން އެމްޑީޕީން މިރޭ ނިންމައިފި އެވެ.
މާލޭގެ ހަ ދާއިރާއެއްގެ ދެ ކެންޑިޑޭޓުންގެ ފަރަގަށް ވުރެ ބާތިލް ވޯޓު ގިނަ ކަމަށް ބުނެ އެމްޑީޕީން ވަނީ އެ ދާއިރާތަކުގެ ވޯޓު އަލުން ގުނައިދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިފަ އެވެ. އަދި ބައެއް ގޮނޑިތަކުގެ މައްސަލައިގައި ކޯޓަށް ދާން ނިންމާފައިވާ ކަމަށް ވެސް ކުރިން ހާމަކޮށްފައި ވެ އެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެން ބިލަބޮންގް ސްކޫލުގައި ބޭއްވެވި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ކައުންސިލް އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއްގައި ކޯޓަށް ނުދާން ނިންމައިފަ އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގެ ދަށުން އުފައްދާފައިވާ ކޮމިޓީގައި ތިއްބަވަނީ ރައިސާއި ޕާޓީގެ ލީޑަޝިޕާއި ކެބިނެޓް އަދި މަޖިލީހުގެ މެމްބަރުންނެވެ.
ވޯޓާ ގުޅޭ ކަންކަމުގެ އިތުރުން، އަންނަ މަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވެވޭނީ ޕާޓީގައި އެއް އަހަރު އުޅެފައިވާ މެމްބަރުންނަށް ކަމާއި މީހުން މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އަދި ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ މީހުންނަށް އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯބު
25 April 2021
"މީހުން މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އަދި ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ މީހުންނަށް އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް ވަނީ އިސްލާހު ގެނެސްފަ އެވެ." މިކަހަލަ މީހުންވެސް އެމް.ޑީ.ޕީ ގައި އުޅޭތަ؟
ބާރު
25 April 2021
ކޯޓަށް ދިޔަޔަސް އެކަމުން ކުރާނޭ މަންފާއެއް ނެތީމާ ދެން ބުނަން އެންމެ ރަނގަޅު އެއްޗަކީތީ.
ޕޮގުބާ
25 April 2021
ކޯޓަށް ދިޔަޔަސް ހަގީގަތް ބަދަލު ކުރެވޭނީ މަކުރުހަދާ އޮޅުވާލައިގެން
ނޫސް ކިޔާމީހާ
25 April 2021
ދިޔައަސް ކޮންކަމެއްވާނީ ؟.ހަމަ އޭރުންވެސް ކަލޭމެންނަށް އޮތް ތާއިދު ﷲ ރަހުމަތްފުޅުން އިތުރަށް ކުޑަވާނީ.ތިއޮތީ ބޮޑުތަނުން ބަލިކޮށްފައި.ރިޔާސީ އިންތިހާބުން އިންށާﷲ ކަލޭމެން ބަލިކުރާނަން.