ތައިލެންޑުގެ ބޮޑުވަޒީރު މާސްކް ނަންގަވައިގެން. --އޭއެފްޕީ ފައިލް ފޮޓޯ
27 އެޕްރީލް 2021 - 15:48
ބެންކޮކް (އެޕްރީލް 27) - މާސްކް ނާޅުއްވައި އުޅުއްވުމުން ތައިލެންޑުގެ ބާރުގަދަ ބޮޑުވަޒީރު ޕްރަޔުތު ޗަން-އޯ-ޗާ ޖޫރިމަނާކޮށްފި އެވެ.
އާއްމު ތަންތަނުގަި އިޅޭ އިރު މާސްކް އެޅުމަކީ ތައިލެންޑުގައި މިހާރު މަޖްބޫރު ކަމެކެވެ. ބައެއް ހިސާބުތަކުގައި 20،000 ބާތު (640 ޑޮލަރު) އިން ޖޫރިމަނާކުރުމަށް ވެސް ތާއިދުކޮށްފައިވެ އެވެ.
ބައްދަލުވުމެއްގައި ބޮޑުވަޒީރު މާސްކް ނާޅުއްވައި އިންނެވި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވުމާ ގުޅިގެން ބެންކޮކުގެ ގަވަރުނަރު ވަނީ ބޮޑުވަޒީރު 6،000 ބާތު (190 ޑޮލަރު) އިން ޖޫރިމަނާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ބެންކޮކުގެ ގަވަރުނަރުގެ ހައިސިއްޔަތުން އަޅުގަނޑު ވާނީ، ޝަކުވާތަކާ އެއްގޮތަށް ބޮޑުވަޒީރު ޖޫރިމަނާކޮށްފައި. އަދި ބޮޑުވަޒީރު ޕްރަޔަތު ވަނީ ޖޫރިމަނާ ގަބޫލް ކުރައްވާފައި،" ގަވަރުނަރު އަސްވިން ކުވަންމުއަންގް ވިދާޅުވި އެވެ.
ތައިލެންޑުގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވެ ހޯމަ ދުވަހު ވަނީ 2،048 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ކުރީ ދުވަހު ވަނީ ކޮވިޑް ޖެހިގެން ތައިލެންޑުން 11 މީހުން މަރުވެފަ އެވެ. އެއީ އެއް ދުވަހެއްގައި ކޮވިޑުގައި ތައިލެންޑުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭވިހަޑި
28 April 2021
ތިވަރުގެ ބޮޑު އަދަދަކުން ޖުރުމަނާކުރީމާ ތިޔަނުދެއްކޭނެ. ހެޔޮވާނީ ކިހިނެއް އެވަރުގެ ބޮޑުއަދަދަކުން ޖުރުމަނާކުރަން. ތިޔަބުނާމީހަކު ޖުރުމަނާކުރުމުގާ ބަލަންޖެހޭ ބައިވަރުކަންކަން އެބަހުރި. މީޑިއާއެއް ކުރިމަތީ ލައިވްއިވެންޓެއްގާ އެންމެންގެ ގަޔަށް ސެނެޓައިޒާ ޖެހުންވެސް މީ ދަށުދަރަޖައިގެ ކަމެއް. އެކަމުގެ ޖުރުމަނާ ވަރަށް ބޮޑުވާންވާނެ. އަދި އެކަންބަލާ ފިޔަވަޅު އަޅަންވާނެ.
ބެޗްޕީއޭ
27 April 2021
މިގައުމުގެ ބޮޑުވަޒީރު ނުކެރޭނެ ޖޫރިމަނާ ކުރާކަށް. މިއީ މޯލްޑިވްސް.
ފޭކު ޖޫރިމަނާ
27 April 2021
ރާއްޖޭގައި މަހަކަށް މިލިއަން ލިބޭ މީހަކަށް 1000 ޖޫރިމަނާ ކުރާނަމަ އާދައިގެ 5000 އެއް މަހަކު ލިބޭ ރައްޔިތުންނަށް ޖޫރިމަނާ ކުރަން ޖެހޭނީ އެންމެ 5 ރުފިޔާއިން. ނިކަމެތީން އަތުން 1000ރ ޖޫރިމަނާ ކުރާނަމަ މިލިއަނަރުން އަތުން ޖެހޭނެ 2 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން. ރާއްޖޭގެ ޖޫރިމަނާތައް ވީ ކޮންމެ މަހަކު 5000 ލިބޭމީހަކަށް ވާ އިންސައްތައިން މުއްސަދިންގެ އަތުން ޖޫރިމަނާ ކުރަން. އެހެން ނޫނީ ހަމަހަމަ ކަމެއް ނެތް.
އުޅުން ރަނގަޅުކުރޭ
28 April 2021
ޖުރިމަނާ ނުވާނެ ގޮތަކަށް އުޅުނިއްޔާ މާރަނގަޅުވަނެ! އަހަރެން މި ދުނިޔެ މަތީ އުޅޭތާ ފަންސާސް އަހަރާ ގާތްވަނީ. ރާއްޖެ އަދި ރާއްޖޭން ބޭރު ގައުމުތަކުގަވެސް އުޅެވިއްޖެ. އަދި އެއްފަހަރުވެސް ޖުރިމަނާއެއް ނުކުރޭ.
ބިލް ކުލިންޓަން
27 April 2021
މީނޫންތޯ ހަގީގީ ޑިމޮކުރަސީއަކީ.
ރަކިސް
27 April 2021
އަހަރެމެންގެ ބޮނޑު ވަޒީރުވެސް އެބަ ޖެހޭ ޖުރިމަނާ ކުރަން
ވައުުދުނާމާ02
28 April 2021
އަހަރެމެންގެ ބޮނޑު ވަޒީރު ޖުރިމަނާ ކުރާމީހެއްގެ ގައުމުގެ އައި.ޑީ ގެއްލޭނެ