ގަވަރުނަރު އަލީ ހާޝިމް މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ-- ފޮޓޯ: މިހާރު
01 މެއި 2021 - 14:13
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި އާ ޕޭމެންޓް ނިޒާމު ޑޮމެސްޓިކް މުއާމަލާތްތަކުގައި ބޭނުން ކުރަން ފަށާނެ ކަމަށް ގަވަރުނަރު އަލީ ހާޝިމު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭގެ 2020ގެ އަހަރީ ރިޕޯޓުގައި ގަވަރުނަރުގެ ސްޓޭޓްމެންޓުގައި ވިދާޅުވީ، ކޮވިޑްގެ އުނދަގޫ ހާލަތުގެ ތެރެއިން ވެސް ރާއްޖޭގެ ޕޭމެންޓް ސިސްޓަމް ޒަމާނީ ކުރުމަށްޓަކާއި ހާއްސަ މަސައްކަތްތަކެއް އެމްއެމްއޭ އިން ކޮށްފައިވާ ކަމަށެވެ.
"ކޮވިޑާ ގުޅިގެން އާ ޕޭމެންޓް ސިސްޓަމްގެ މަސައްކަތް ލަސްވި ނަމަވެސް މަސައްކަތް ކުރަނީ މި އަހަރު ނިމުމުގެ ކުރިން ޑޮމެސްޓިކް ޓްރާންސެކްޝަންތަކުގައި އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރަން،" އޭނާ ވިދާޅުވި އެވެ.
އާ ޕޭމެންޓް ނިޒާމު އައުމުން މޯބައިލް ފޯނު ބޭނުންކޮށްގެން ނުވަތަ އެހެން ޑިވައިސްތައް ބޭނުންކޮށްގެން ރިއަލް ޓައިމްގައި ވަގުތުން ވަގުތަށް ޕޭމެންޓް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. މި ނިޒާމާ އެކު ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތް ނަމަވެސް ނަގުދު ފައިސާ ބޭނުން ކުރަން ނުޖެހި، ފައިސާގެ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ގަވަރުނަރު ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ހާލަތުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދަށް އެހާ ބޮޑު އަސަރެއް ކުރީ ގައުމުތަކުގެ ބޯޑަރު ބަންދުކޮށް މުޅި ދުނިޔޭގެ ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމުންނެވެ.
އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ އިތުރުން ރާއްޖޭގެ އިމްޕޯޓް ދަށްވެ ކާބޯތަކެތީގެ އަގު ތިން ޕަސެންޓަށް އިތުރުވި ކަމަށެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ 32 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.
"އިގްތިސާދީ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް މުހިއްމު ފިޔަވަޅުތަކެއް އެމްއެމްއޭ އިން އެޅިން. މިގޮތުން ޑޮލަރުގެ ޝޯޓޭޖް ނައްތާލުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރިން،" އޭނާ ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދުވެރިޔާ
02 May 2021
ދުނީޔޭގެ އެންމެ ކަޑަ ގަވަރުނަރު
ލެކިއުޓް
02 May 2021
ހުސްއަނގަ.
ދިވެހި ޒުވާނާ
02 May 2021
އޮންލައިން ޓްރޭޑިންއަށް ފުރުސަތު ދެނީ ކޮންއިރަކުންތަ.؟ ބީއެމްއެލްކާރޑް ތަކުން އޮންލައިން ޓްރޭޑިން ސައިޓްތަކުން ޓްރާންސްސެކްޝަން ނެހެދޭ..
ބޯހަލާކުސް
02 May 2021
ސްކްރިލް ނެޓެއްލާ ފަދަ ކުރިއަރާފައިވާ ވަސީލަތްތައް ރާއްޖެ ނޫން މިސަރަހައްދުގެ ހުރިހާ ގައުމަކަށް ލިބޭ. އެމްއެމްއޭ އަކީ މިގައުމުގެ ފިނިހަކަ. މަޖުލީހުގައި ތިބޭ މީހުންނަށް ކުރިއަރާފައިވާ ވަސީލަތްތަކުގެ މައުލޫމާތު ނޭނގޭތީ މިސޮރުމެން ޖަވާބުދާރީކުރުވާކަށް ނޭނގޭ. ދެން ކަމެއް ރަނގަޅުވާނީ ކިހިނެއް.
އަމީ
02 May 2021
އިނޑިއަާ އަށް ފައިދާ ނުވަންޔާ މިހާރު އެވެސް ކަމެއް ނުވަނީ އުތަ؟ މަމެން އެބަ ބޭނުން ވޭ ބޭރުން އެއްޗެހިވެސް ގަނަނަން. ބޮޑު އަގުދީފަ އިހުޒަމާނުގެ އެއްޗެއް ގެނައީމަ ކިހިނެއްތަ މިޒަމާނުގެ ބޭނުންތަށް ފުއްދަނީ. ނުވާނެ އޭ ކަލޯމެނަށް. ފައިބަބަލަ މަޤާމު ދޫކޮށްފަ. މަމެން ޒުވާނުން ބޭނުން ވާ ކަންތަށް އިނގޭ ޒުވާނުނަ ލައިގެން މިކަންކަން އަހަރުން ހައްލުކުރާނަމޭ އޭރުން.
ބޮންޑަނަ
01 May 2021
އަދި ހެޑް ލައިން ނި ހެދީ ޑޮމެސްޓިކް ގެންނަން ދޯ؟ ތީ އެހާ މުހިންމެއްނޫން ބޭނުމީ ބޭރުން ޑޮލަރ ރިސީވު ކުރެވޭނެ ގޮތެއް
ބޮންޑަނަ ފުރެންޑު
02 May 2021
ޑޮލަރު ހުންނާނެ އެމެރިކާގަ. އެތަނަށް ގޮސް ރަށްވެހިވެބަލަ
އޮނަރަބްލް އަފީފު ދީދީ
01 May 2021
ސޯލިޙްގެ ސަރުކާރުން މަޤާމް ތަކަށް އިސްކުރެއްވެވި މީހުންގެ ތެރެއިން ސްޕްރީމް ކޯޓް ބެންޗް ފިޔަވާ އެންމެ އިތުބާރު ކުރެވޭ މަދުމީހުންގެ ތެރެއިން ކުރީގައި އަލީގެ ނަން ހިމެނޭ. # ނަމަވެސް އަލީގެ "ބަދަލުތައް ތަންކޮޅެއް ލަސް" އިގޭތޯ. ލިބިފައިވާ ފުރުސަތުގައި އިސްލާޙީ ބޮޑެތި ބަދަލުތަކެއް ގެނެސް މާލީ ނިޒާމް ހަރުދަނާ ކުރަން އަވަސް ފިޔަވަޅު ތަކެއް އަޅައިގެން މެނުވީ މާލީ ދާއިރާގައި "ހަދާފައިހުރި ބޮޑެތި ލީވަޅުތައް" ބަންދު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ.
އޭކުސަވާލް
02 May 2021
ސްޕްރީމް ކޯޓޭ؟؟؟؟؟؟؟
ބޮޑުމީހާ
01 May 2021
ކަލޭމެން އަހަރު ތި ގުނަން ބޭނުންކުރާ ކަލަންޑަރ އަހަރުމެންވެސް ބޭނުން. 365 ދުވަސްވީމަ އަހަރުމެންނަށް އަހަރެއް ވޭ!
ޙުސޭން
01 May 2021
250 ޑޮލަރު މަހަކު ބޭނުން ނުކުރެވޭ ކްރެޑިޓް ޑެބިޓް ކާޑާ ބޭރު ފައިސާ އިން ޕޭމެންޓް އެކްސެޕްޓް ނުކުރެވޭ ޕޭމެންޓް ގޭޓްވޭ އާއި ޕޭޕަލް އިން ޕޭމެންޓް ރިސީވް ނުކުރެވޭ ޕޮލިސީ މިހިރީ ހައްތާހާވެސް މިރާއްޖެއަށް ޚާއްސަ ކަންތައް ތައް. ދިވެއްސަކަށް ވީތީ ލަދުވެސް ގަންނަންޖެހޭ ހާލަތު އެބައާދޭ. ޢަރާތިބެ ބޮޑުވާހަކަ ދައްކަނީ. ޢަބަދުވެސް މިއަންނަ މަހު ދެން އަންނަމަހު މިއަހަރު ނިމޭތާ ދެން އަންނަ އަހަރު ނިމޭތާ!!!!
ބޭންކް
01 May 2021
ޕޭޕަލް ދިނީމަ ބެންކައް 30% ގެއްލުންވަނޭ، ސަރވިސް ޗާޖޭ، ކަރަންސީ ކޮންވަސަނޭކިޔަފަ ރައިއްޔަތުން ދަވާނުލެވޭނޭ. ރައިއްޔަތުން ފެލާނުލެވިއްޖެއްޔާ މިބެންކް އިނދަޖެހޭނޭ ބްރޯ!!!!.
އެމްސް
02 May 2021
ކާޑް ތަކަށް ބޭނުންވަނީ ޑޮލަރ، ޑޮލަރ އެވަރަކަށް މިޤައުމަށް ނުވަދޭ/ޓްއަރިޒަމް ދަށްވީމަ!
ކޮރަލް
01 May 2021
ކަމެއް ކުރާނަމޭ ނުބުނެ މިވެނި ކަމެއް ކޮށްފީމޭ ބުމެބަލާށެވެ.