ކުޅިވަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

އޭއެފްސީ ކަޕްގެ ފިޔަވަޅުތައް މާބޮޑަށް ރައްކާތެރި ވާނެ: މަހްލޫފް

އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި މިދިޔަ އަހަރު މާލޭގައި މާޒިޔާ އާއި ބެންގަލޫ ކުޅުނު މެޗު ބައްލަވާ ލެއްވުމަށް މަހްލޫފު ވަޑައިގެން --- ފައިލް ފޮޓޯ

ކޮވިޑް-19 ފެތުރޭތީ އެހެން ދާއިރާތަކުން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ވުރެ، ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕަށް އަޅާ ފިޔަވަޅުތައް މާ ބޮޑަށް ރަނގަޅުވާނެ ވާނެކަމުގެ ޔަގީންކަން ދޭ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ އެކު، މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ އޭއެފްސީ ކަޕަށް ރާއްޖެ އަންނަ ހުރިހާ ޓީމަކުން ދަނޑަން ވަންނާނީ ފުރިހަމަކުރަން ޖެހޭ ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ފަހުގައި ކަމަށެވެ. އޭއެފްސީ ކަޕް ހޯސްޓް ކުރުން ރާއްޖެއަށް ގެއްލުމުގެ ގެއްލުނު ނުދިނީތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ "ކުޅިވަރު ނޭނގޭ މީހުންގެ ފަރާތުން ނެގެޓިވް ކޮމެންޓްތަކެއް ލިބުނު" ކަމަށާއި ކުޅިވަރާއި ފުޓްބޯޅަ އެނގޭ މީހުންނަށް އޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުމުގެ މުހިންމުކަން އެނގޭނެ ކަމަށެވެ.

"މި ކުރާ ކަމަކީ [ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖަކީ] އިރާދަ ކުރެއްވިއްޔާ މިހާރު ރާއްޖޭގައި ކުރަމުން މިދާ ހުރިހާ ކަންތައްތަކަށް ވުރެ މާ ރަނގަޅަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅިގެން ކުރިއަށްދާނެ ކަމެއްކަން ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.

"ކެފޭއަކަށް ދާއިރު ޓެސްޓްކޮށްފައެއް ނުވަދެވޭ އެތާ ތިއްބައި ރެންޑޮމް ސާމްޕަލެއް ނުނެގޭނެ. މަގުމަތީގަައި ދުވަން ތިއްބައި އެކަމެއް ނުހިނގާނެ، ސައިކަލް ދުއްވަން ދާއިރު އެކަމެއް ނުހިނގާނެ. އެކަމަކު މިކަން ކުރާއިރުގައި މިސާލަކަށް ބެންގަލޫރު އެފްސީ ކަމަށް ވިޔަސް މޯހަން ބަގާން ކަމަށް ވިޔަސް ހައެއްކަ މަސް ވެއްޖެ އެއްކޮށް އެ މީހުން ކޭމްޕްކޮށްގެން ތިބޭތާ ރާއްޖެއިން ބައިވެރިވާ ކުލަބުތައް އީގަލްސް ނޫނީ މާޒިޔާ ވިޔަސް މާދަމާ ނޫނީ އަނެއް ދުވަހު ޓީމު އެއް ހޮޓަލަކަށް ވަންނާނެ. އެތަނުން ނުވެސް ނުކުމެވޭނެ. ފުލުހުން ބައިތިއްބަން ޖެހިއްޖެއްޔާ ފުލުހުންވެސް ތިބޭނެ."

އޭއެފްސީ ކަޕާ ގުޅިގެން ރާއްޖޭން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ވުރެ އޭއެފްސީގެ ގައިޑްލައިންގެ ދަށުން އަޅާ ފިޔަވަޅުތައް ހަރުކަށި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މެޗު ނިންމާފައި ރެންޑަމް ސާމްޕަލް ނެގުން ކަމަށް ވިޔަސް، ހޮޓަލުގައި ތިބޭއިރު ރެންޑަމް ސާމަޕްލް ނެގުން ކަމަށް ވިޔަސް މިކަހަލަ ހުރިހާ ކަމެއް ފުރިހަމަ ކުރާނެ. މީ ހަމަ އެއް ބަބުލްއެއްގެ ތެރޭގައި ހިނގާނެ ކަންކަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު އުންމީދުކުރަނީ މިކަން ނިމިގެންދާއިރުގައި ވެސް ވަރަށް ސަލާމަތާއި ރައްކާތެރި ކަމާއެކީ ނިމިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

.

މަހްލޫފް ވިދާޅުވީ ކުޅިވަރަކީ ހަމައެކަނި މަޖަލަށް ނުވަތަ މޫނިފޫހިފިލުވާލަން ކުރާ ކަމެއް ނޫން ކަމަށެވެ. އެއީ ބައެއްގެ އާންމުދަނީ އާ ގުޅުން ހުރި ވިޔާފަރީ އުސޫލުން ކުރާ ކަމެއްގެ ގޮތުގައި ދެކެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ކޮވިޑްގެ ކޭސްތައް މައްޗަށް ދިޔައިރު ވެސް ފިހާރަތަކާއި ބަންދު ނުކުރީ ވިޔާފަރިއަކަށް ވީމާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކެފޭއަކަށް ކުރިމަތިވާ ވަރަށް ވުރެ މާލީ ބޮޑު ގެއްލުމެއް މީގެ ކުލަބަކަށް ކުރިމަތިވުމުގެ ފުރުސަތު އޮވޭ، މަހްލޫފް ވިދާޅުވި އެވެ. "މިސާލަކަށް ކިޔަމާ ހިނގާ މާޒިޔާ. މާޒިޔާގެ ކޯޗަށް އެކަނި މަހަކު 150،000 ރުފިޔާ ހަރަދު ކުރާނެ. މިއަހަރު އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ޖުމުލަ އަށް މިލިއަން ރުފިޔާ."

ރާއްޖެއިން މުބާރާތް ބާއްވަން ބިޑް ކާމިޔާބު ކޮށް، ގުރޫޕް ސްޓޭޖު ނުބޭއްވިއްޖެ ނަމަ ރާއްޖެއަށާއި ރާއްޖޭގެ ކްލަބުތަކަށް އޭއެފްސީގެ ތެރެއިން ހުރި ފުރުސަތުތައް ކުރިއަށް އޮތް ތަނުގައި ގެއްލުމަކީ ވެސް ވެދާނެ ކަމެއްގެ ގޮތުގައި ވެސް މަހްލޫފް ސިފަކުރެއްވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ރާއްޖޭގައި މުބާރާތް ބޭއްވުމުގެ ހާއްސަ ހުއްދައެއް ލިބުމުން ފުޓްބޯޅަ އާއިލާއިން އުފަލާ އެކު ބަލައިގަންނަ ކަމަށެވެ. އަދި އެ ހުއްދަ ލިބުމުން ބައްސާމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު މަހްލޫފްގެ ނަން ފާހަގަ ކުރައްވާފަ އެވެ.

"އަޅުގަނޑުމެން ދޭން އޮތް ޔަގީން ކަމަކީ އެ ހުރިހާ ގަވާއިދުތަކަށް އަޅުގަނޑުމެން ފޮލޯ ކުރާނެކަން،" ބައްސާމް ވިދާޅުވި އެވެ. "ޓީމުތައް ހޮޓަލުން ބޭރަށް ނުކުންނާނީ ޕްރެކްޓިހަށް ދިއުމަށް ނޫނީ މެޗަށް ދިއުމަށް އަދި މެޗު ނިންމާފައި އެނބުރި ހޮޓަލަށް އެ ނޫން އެއްވެސް ތާކަށް ނުދާނެ. އޮގަނައިޒިންގެ ބޮޑުބައި އަދާ ކުރާނީ ވެސް އޭއެފްސީގެ ފަރާތުން."

ބައްސާމް ވިދާޅުވީ މުބާރާތް ކާމިޔާބު ކަމާއެކު ބޭއްވިއްޖެ ނަމަ އޭއެފްސީގެ އެހެން މުބާރާތްތައް ވެސް ބާއްވަން ވެސް ރާއްޖެއަށް ފުރުސަތު ލިބޭނެ ކަމަށެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް އޮންނާނީ މި މަހު 14-20 އަށެވެ. ގުރޫޕް ސްޓޭޖު ހޯސްޓް ކުރުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.

ގުރޫޕް ސްޓޭޖުގެ ފަހު ޖާގަ ހޯދުމަށް، ރާއްޖޭގެ ކްލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޮފް މެޗު އަންނަ އަންގާރަ ދުވަހު މާލޭގައި އޮންނާނެ އެވެ. ކުރިން އިންޑިއާގައި ކުޅެން ހަމަޖެއްސި ޕްލޭއޮފް މެޗު ކަނޑައެޅިފައިވާ ތާރީޚުގައި ނުކުޅެވުމުން، އެ މެޗު ރާއްޖެ އަށް ބަދަލު ކުރުމަށް އޭއެފްސީން ވަނީ ނިންމައިފަ އެވެ. ގުރޫޕް ސުޓޭޖުގައި ކޮންމެ ޓީމެއް، ކޮންމެ ޓީމަކާ ދެކޮޅަށް ކުޅޭނީ އެއް ފަހަރު އެވެ. ގުރޫޕް ސްޓޭޖުން އޮޓަމެޓިކް ޖާގަ ކަށަވަރު ވެފައި ވަނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454