ނުހައްގު މުއްސަނދި ކަމެއްގެ ގޮތުގައި، ބަލަނީ ތިމާއަށް އަސްލު ލިބޭ އާމްދަނީ އަށް ވުރެ މަތީ ފެންވަރުގައި ދިރިއުޅުމާއި ތިމާގެ އަތުގައި ހުންނަ އަގުބޮޑު މިލްކިއްޔާތުތަކަށް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ނުހައްގު މުއްސަނދިކަން ހޯދުމަކީ ގާނޫނު އުގޫބާތުގައި މިހާރު ކުށެއް
06 މެއި 2021 - 12:42
ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއަގޫބާތަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ގައުމުތަކުގައި ނުހައްގު މުއްސަނދި ކަމެއްގެ ގޮތުގައި، ބަލަނީ ތިމާއަށް އަސްލު ލިބޭ އާމްދަނީ އަށް ވުރެ މަތީ ފެންވަރުގައި ދިރިއުޅުމާއި ތިމާގެ އަތުގައި ހުންނަ އަގުބޮޑު މިލްކިއްޔާތުތަކަށެވެ. ރާއްޖޭގައި މިހާތަނަށް، މިކަން ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެއް ނުވެ އެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވީ، މިދިޔަ މަހުގެ 19 ގައި މަޖިލީހުން ފާސްކުރި ބިލެވެ.
މީގެ އިތުރުން، ރިޝްވަތު ހުށަހެޅުމާއި ދައުލަތުގެ މުދަލާއި ފައިސާ އަށް ހިޔާނާތްތެރިވުމުގެ ކުށާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށާއި ނުފޫޒުން ވިޔަފާރި ކުރުމުގެ ކުށް ވެސް ގާނޫނުލްއުގޫބާތުގައި ހިމެނުމަށް ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.
މި އިސްލާހުތަކުގައި، ރިޝްވަތު ހުށަހެޅުމުގެ ކުށަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައަޅައި، އެ ކުށް ސާބިތު ވާނެ ހާލަތު ވެސް ވަނީ ބަޔާންކޮށްދީފަ އެވެ.
ގާނޫނުލްއުގޫބާތަށް ގެނައި މި އިސްލާހަށް އަމަލު ކުރަން ފެށުމާއެކު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ވަނީ އުވިފަ އެވެ.
ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި އަދި ކޮރަޕްޝަންގެ އިތުރު ކުށްތަކެއް ހިމަނައި ގާނޫނުލްއުގޫބާތު އިސްލާހުކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ.
އޭޖީ އޮފީހުން އޭރު ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިތުރުވެ އެފަދަ އަމަލުތައް ހިންގަމުންދާ ގޮތް ބަދަލުވެ، ޒަމާނީ ވަމުންދާ ދަނޑިވަޅެއްގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައި ވާތީ ކަމަށެވެ. އެހެންވެ، ރާއްޖެ އިން ބައިވެރިވެފައިވާ ކޮރަޕްޝަނާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ އަށް ވެސް ރިއާޔަތް ކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް މި ޒަމާނަށް ފެތޭ ގޮތަށް ބަދަލުކޮށް، އިސްލާހުތައް ގެންނަން ހުށަހެޅީ ކަމަށް ބުނެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު2
06 May 2021
ހެންވޭރުކޮޅުގައި އަޅާ 25 ބުރީގެއިމާރަތަކީ ކޮންފަދަ މުއްސަދިކަމެއްތޯ؟!
ވަހީދުބެ
06 May 2021
އެންމެ ފުރަތަމަ ބޫމްބޫމް ރާއްޖެ ގެނެސް ތަހުގީކު ކުރައްވާ ކިތައް ކިއްލި ތަޅައިގެންތޯ މުއްސަނދިވީ؟
ބަައިރޯ
06 May 2021
ދުވަހަކު ވަޒީފާއައްކަތް ނުގޮސް ހަކުރު ވިއްކައިގެން ހޯދާފަ ހުންނަ ލާރި ފެތެނީ ކޮންކެޓަގަރީއަކަށް
އިއ ދަރޭ
06 May 2021
ހުރިހާ ވަޒީފާތަކާއި އަސާސީ ހިދުމަޓްތަށް މާލެ އަށް ޖަ މާކޮށް ރާއްޖޭގެ ރައްތިތުން މާލެ ޖަ މާކޮ އެކަ މަށް މަގުފަހިކުރު މަށް ދައުލަތުގެ އާ މްދަނީ މުޅިންހެން މާލެއަށް ހަރަދުކޮށް އޭގެ އިތުރަށް ގައު މު ދަރަނިވެރިކޮށް ބޮޑަތި ލޯނު ނަގައިގެން މާލެއަށް ހަރަދުކޮށް މާލޭގެ ގެދޮޜު ކުލީގެ ގޮތުގައި ނުހައްގުން ހައްދެއް ނެތްގޮތުގައި ހޯދަ މުންގެންދާ ނުހައްގު މުއްސަނދިކަން ކުށެއް ކަ މުގައި ނުވާނަ މަ ދެން ކޮން ކޮން ނުހައްގު މުއްސަނދި ކަ މެއްގެ ވާހަކަތޯ؟
އަލީ ރަމްޒީ
06 May 2021
ކިއްލި ތެޅުމަކީ އަވަސްކޮއް މުއްސަދި ވެވޭނެ ކަމެއް. އަދި ހަމަ މިހެން ސަރުކާރު އޮފީހެއްގެ ޕްރޮޖެކްޓް ހިންގާ މީހުންނަކީ ވެސް. މިދެކަންކަން އިސްތިސްނާ ވާނެ ކަމައް ހީކުރަން!
ބޮޑުމީހާ
06 May 2021
އިންސާފު ނުހޯދެނީ ގާނޫނު ނެތިގެންތަ ނޫނީ އިޚްލާސްތެރި ވެރިން ނެތިގެންތަ. 100 އިންސައްތަ މުސްލިމް ގައުމެއްގެ މިނިސްޓަރުކަން ފާޅުގައި އިސްލާމްދީނަށް ހަޖޫޖަހާ މީހަކަށް ދިނުމަކީ ރައްޔިތުންގެ އިހުސާސް ނުދަންނަކަމުގެ އަލިގަދަ ހެއްކެއް. އެމްޑީޕީ ތެރެއިން ވަޒީރަކަށް ކުފޫ ހަމަވާ އެއަށްވުރެ ރަގަޅު ޗޮއިސްއެއް ލިބެންވާނެ
ބޮޑުކުށް
06 May 2021
ތިގާނޫނުގެ ދަށުން ތޭރިތަކުގެ ފުރަގަހަށް ދާނޭ ވަރަށްބައިވަރު ދާދާއިން މިގައުމުގައި އެބައުޅޭ. ތިގޮޅިއަށް ބޮޑުކޮށްފެތޭނެ އެކަކީ ޔާމީނު.
އާދަމް ޒާހިރު
06 May 2021
ދެން ނޯންނާނެ ނޫ ޙައްޤު ކަމެއް. ނުޙައްޤު. ޙައްޤުކަމަށް ބަދަލުކުރާނެ ނުޙައްޤުން ހޯދާ ފައިސާ
ނިކަމެތި
06 May 2021
ނުހައްގު މުއްސަނދިކަން ހޯދުން ކުށަކަށް ނުވަނީތަ ކުރީގަ ހަހަހަހަހަ !!!!
ކޮރަލް
06 May 2021
ދެންއެއަރ މޯލްޑިވްސް އާ އެފްޕީއައިޑީގެ މައްސަލަ ބަލާލަ ބަލާށެވެ. އެއީ އަންނިވެރިކަމަށް އަންނަން ވެގެން އެންމެ ބާރައްދެއްކި ވާހަކަ އެވެ. 20 އަހަރު ވަނީ އެވެ. މަހަކު 3 ލައްކަ ދައުލަތުން ނަގައިގެން ހެވިލާފަ އެވެ.