ޅ. ނައިފަރު: އެ ރަށުން ކޮވިޑް ބަލީގައި ދެ މީހަކު މިއަދު ވަނީ މަރުވެފައި -- ފޮޓޯ: ޅ. ނައިފަރު ކައުންސިލްގެ ފޭސްބުކް
06 މެއި 2021 - 22:26
ނައިފަރުން މިއަދު ކޮވިޑް-19ގައި އިތުރު މީހަކު މަރުވެއްޖެ އެވެ. މިއަދު މެންދުރު އެ ރަށުން ކޮވިޑް ބަލީގައި ވަނީ ފިރިހެނަކު މަރުވެފަ އެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މިއަދު އިރުއޮއްސޭހާއިރު މަރުވެފައިވަނީ 97 އަހަރުގެ އަންހެނެކެވެ. ހާލު ދެރަވެގެން އޭނާ ހޮސްޕިޓަލަށް ގެނެސް، ކޮވިޑް ޓެސްޓު ވަނީ ހައްދާފަ އެވެ. އެކަމަކު ނަތީޖާ ލިބުނީ އަންހެން މީހާ މަރުވި ފަހުންނެވެ. އޭނާގެ ނަތީޖާ ޕޮޒިޓިވް އެވެ.
އެ ހޮސްޕިޓަލުގައި މިއަދު މެންދުރު މަރުވީ، 83 އަހަރުގެ ފިރިހެނެކެވެ. މިއާއެކު ކޮވިޑް ޖެހިގެން ނައިފަރުން މަރުވި މީހުންގެ އަދަދު ހަތަރަކަށް އެރީ އެވެ.
ކޮވިޑް ޖެހިގެން ވޭތުވެ ދިޔަ 24 ގަޑިއިރު ރެކޯޑް އަދަދަކަށް މީހުން މަރުވި އިރު، ރޭ އެންމެ ފުރަތަމަ މަރުވީ ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އަދި އެތަނުން އިތުރު މީހަކު މިއަދު މަރުވި އިރު، އއ. ރަސްދޫގައި ކަރަންޓީނުގައި ހުރި އިންޑިއާގެ ޓޫރިސްޓަކު ވެސް މިއަދު ވަނީ މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެބީ
06 May 2021
97 އަހަރު ވީމަ ކޮވިޑު މަތި ނާޅުވަމާ.