ދުނިޔެ

ކޮވިޑުން ސަލާމަތްވާން ދިގު މުއްދަތަކަށް އިންޑިއާގެ ބޮޑު ބައެއް ލޮކްޑައުންކުރަންޖެހޭ ކަމަށް ބުނެފި

އިންޑިއާގެ ސިކަންދަރު އާބާދުގައި ލޮކްޑަައުން އިއުލާނުކުރުމުން ގެއަށް ދާން ގިނަ ބަޔަމު ރެއިލްވޭ ސްޓޭޝަނަށް އެއްވެފައި. އެގައުމުގެ ބޮޑު ބައިގައި އަދިވެސް ލޮކްޑައުން ދަމަހައްޓަން ޖެހޭ. ފޮޓޯ: އޭއެފްޕީ

އިންޑިއާގައި އެންމެ ބާރަށް ކޮވިޑް ފެތުރޭ ސަރަހައްދުތައް އިތުރު ހަ ހަފުތާ ނުވަތަ އަށް ހަފްތާއަށް ލޮކްޑައުން ކޮށްފައި ބާއްވަން ޖެހޭ ކަަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ މައި އިދާރާގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗްގެ ވެރިޔާ ޑރ. ބަލްރާމް ބަރްގަވާ، ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑަށް މީހުން ޕޮޒިޓިވްވާ ރޭޓް 10 ޕަސެންޓަށް ވުރެ މަތީގައި ހުރި ޑިސްޓްރިކްޓްތަކުގައި ލޮކްޑައުން ފިޔަވަޅުތައް ދަމަހައްޓަން ޖެހޭ ކަމަށެވެ.

އިންޑިއާގެ 718 ޑިސްޓްރިކްޓްގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި ޑިސްޓްރިކްޓްގައި މިހާރު ވެސް ޓެސްޓް ޕޮޒިޓިވިޓީ ރޭޓް ހުރީ 10 ޕަސެންޓަށް ވުރެ މަތީގަ އެވެ. އޭގެ ތެރޭގައި ވެރިރަށް ނިއުދިއްލީ އާއި ވިޔާރީގެ މަރުކަޒީރަށް މުމްބާއީ އަދި ޓެކް ހަބް ބެންގަލޫރު ވެސް ހިމެނެ އެވެ.

ޑރ. ބަރްގަވާ މި މިމޭރުމުން ވާހަކަދެއްކެވި އިރު، މުޅި އިންޑިއާ ލޮކްޑައުންކުރަން ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ސަރުކާރުން ދަނީ ފަސްޖެހެމުންނެވެ. އެއީ އެކަމުގެ ސަބަބުން ކުރިމަތިވާނެ އިގުތިސާދީ ބޮޑެތި މައްސަލަތަކާ ހެދި އެވެ.

މުޅި އިންޑިއާ ލޮކްޑައުންކުރަން މަރުކަޒީ ސަރުކާރުން ފަސްޖެހުނަސް އިންޑިއާގެ އެތައް ސްޓޭޓަކުން ވަނީ ކޮވިޑް ކޮންޓްރޯލްކުރުމަށް އެކި ފިޔަވަޅުތައް އަަޅައިފަ އެވެ. އޭގެ ތެެރޭގައި އިގްތިސާދީ ހަރަކާތްތައް މަދުކުރުމާއި އާއްމުންގެ ހަރަކާތްތެރިކަން ކުޑަކުރުމުގެ ފިޔަވަޅުތައް ހިމެނެ އެވެ. ސްޓޭޓްތަކުން ދަނީ އެ ފިޔަވަޅުތައް ހަފުތާއަކުން ނުވަތަ ދެ ހަފުތާއިން މުރާޖައާކޮށް އާކުރަމުންނެވެ.

"ޕޮޒިޓިވިޓީ ރޭޓް މަތި ޑިސްޓްރިކްޓްތައް ބާއްވަން ޖެހޭނީ ބަންދުކޮށްފައި. ޕޮޒިޓިވިޓީ ރޭޓް 10 ޕަސެންޓުން ފަސް ޕަސެންޓަށް ތިރިވެއްޖެ ނަމަ އަހަރެމެންނަށް އެތަންތަން ހުޅުވިދާނެ. އެކަމަކު އެކަން ވާން ޖެހޭ. ހަ ހަފުތާ ނޫނީ އަށް ހަފުތާ ތެރޭގައި އެކަމެއް ނުވާނެކަން ޔަގީން،" ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ޑރ. ބަރްގަވާ ވިދާޅުވެފައިވެ އެވެ.

ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވާ އެއް ތަނަކީ ވެރިރަށް ނިއު ދިއްލީ އެވެ. އެތަނުގައި ޕޮޒިޓިވިޓީ ރޭޓް 35 ޕަސެންޓަށް އެރުމަށް ފަހު މިހާރު ވަނީ 17 ޕަސެންޓަށް ތިރިވެފަ އެވެ. ޑރ. ބަރްގަވާ ވިދާޅުވީ އެހެން އެކަން އޮއްވައި ދިއްލީ ހުޅުވާލައިފި ނަމަ އެކަން ވާނީ ބޮޑު ކާރިސާއަކަށް ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަން އިންޑިއާގައި މިހާރުވެސް އޮތީ ބޮޑު ކާރިސާއަކަށް ވެފަ އެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 350،000 އަށް ވުރެ މަތީގައި ހުރި އިރު ދުވާލަކު އެ ބަލީގައި މަރުވާ މީހުންގެ އަދަދު ހުރީ 4،000 އަށް ވުރެ މަތީގަ އެވެ.

ސިއްހީ ގިނަ މާހިރުން ލަފާކުރައްވާ ގޮތުގައި އެ ގައުމުގައި ބަލިޖެހޭ މީހުންނާއި މަރުވާމީހުންގެ އަސްލު އަދަދު، ތަފާސް ހިސާބުތަކުން ފެންނަ ވަރަށް ވުރެ 10 ގުނަ އިތުރުވާނެ އެވެ.

އިންޑިއާ މިހާލަތަށް ދިއުމުގެ ޒިންމާ އާއްމުން އަޅުވަނީ ބޮޑުވަަޒީރު ނަރެންދުރާާ މޯދީ އާއި ސިޔާސީ އެހެން ލީޑަރުންގެ ބޮލުގަ އެވެ. އެއީ ކޮވިޑުން ރައްކާތެރިވުމުގެ އެކަށީގެންވާ ފިޔަވަޅުތަކެއް ނެތި، ބޮޑެތި ކެމްޕޭން ރެލީތައް ބާއްވާފައިވާތީ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާހިރު

15 May 2021

ހުރިހާ އެންމެން ބަސް އަހައިގެން ނޫނީ މިކަމުން ސަލާމަތެއް ނުވެވޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454