ބެންޗުގައި
24 މެއި 2021 - 12:34
ބެލޯނިއާ (24 މެއި) - ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން ލީގުގެ ފަހު މެޗުގައި ބެލޯނީއާގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގެ ޖާގަ ޔުވެންޓަސް އަށް ލިބުނީ އެ ޓީމު މޮޅުވުމުގެ އިތުރަށް، ހެލަސް ވެރޯނާ އަތުން ނަޕޯލީއަށް މޮޅު ނުވެވުމުންނެވެ. މެޗު 1-1 އިން އެއްވަރުވެ ޔުވެންޓަސްގެ ފަހަތުގައި އެއް ޕޮއިންޓްގެ ފަރަގަކާ އެކު އޮންނަން ޖެހުމުން ނަޕޯލީ އަންނަ ސީޒަންގައި ވާދަކުރަނީ ޔޫރޮޕާ ލީގުގަ އެވެ.
އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގަ ނުލިބުމުން، ކޯޗް ޖެނާރޯ ގަޓޫސޯ ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދީފަ އެވެ.
ބެލޯނީއާ ކޮޅަށް ޔުވެންޓަސް ހަތަރު ލަނޑު ކާމިޔާބު ކުރިއިރު މެޗު ނިމެންދެން ރޮނާލްޑޯ އިނީ ބެންޗުގަ އެވެ. އެ ޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އަލްވާރޯ މޮރާޓާ އެވެ. އަނެއް ދެ ލަނޑު ޖެހީ ފެޑްރީކޯ ކިއޭޒާ އަދި އެޑްރިއާން ރެބިއޮޓް އެވެ.
ސީޒަންގެ އެންމެ މުހިންމު މެޗުގައި، ރޮނާލްޑޯ ބެންޗަށް ބަދަލު ކުރީ އޭނާ ވަރުބަލި ވެފައި ހުރުމުން ކަމަށް ޔުވެންޓަސްގެ ކޯޗް އަންޑްރެއާ ޕިރްލޯ ބުންޏެވެ.
"އެއީ ވާހަކަ ދެކެވިގެން ނިންމި ނިންމުމެއް. މިދިޔަ ބުދަ ދުވަހު މެޗަށް ފަހު ރޮނާލްޑޯ ހުރީ ވަރުބަލި ވެފައި،" ޕިރްލޯ ބުންޏެވެ.
"އަހަރެން ނިންމީ މޮރާޓާއަށް ފުރުސަތު ދޭން. އެއީވެސް ތަފާތު ކުޅުންތެރިޔެއް. ރޮނާލްޑޯވެސް ހުރި ބޭނުން ކުރެވޭ ގޮތަށް، އަހަރެމެންގެ މިއޮތީ ބޮޑު ސްކޮޑެއް. އެހެންވީމަ އަހަންނަށް ގިނަ އޮޕްޝަންތަކެއް ލިބޭ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
24 May 2021
ބެލޯނިއާ ކިޔާ ކްލަބެއް އިޓަލީގެ 1 ވަނަ ލީގްގަ ނުކުޅޭނެ.އެހެނަސް ބޮލޯނާ ކިޔާ ކްލަބެއް ކުޅޭ.ހަބީބް އަދި ތަންކޮޅެއް ޅަވީމަ މިހެން ވެދާނެ.ދެން ފަހަރަކު ރަނގަޅު ކޮއްލައްޗޭ.ކުށްވެސް ލިޔެވޭނެ ، މަމެން މިތިބީ އެހީތެރިވެ އެކަން ރަނގަޅުކުރަން ހިތްވަރު ދޭން
ޙަމަދު
24 May 2021
ހަބީބު ވަރަށް ހިއްވަރު އެބަހުރޭ. އަދި ވަގުތުކޮޅެއް ނަގާނެ
ރަދީފްއޮފިޝިއަލް
24 May 2021
ސާބަހޭ ޔުވޭ.އަންނަ ސީޒަނުގަ ލީގް ކާމިޔާބް ކުރެވޭނެ.އިންޝާﷲ #ފޯޒާޔުވޭ #ފޯޒާޔުވޭ