ކުޅިވަރު / ގޯލް ކީޕަރު އިމްރާން މުހައްމަދު

އަންގި ބޭލިޔަސް އަދިވެސް ގޯލު ބެލެހެއްޓުމުގައި

އިމްރާން މުހައްމަދު

ދުބާއީގައި މިހާރު ކޭމްޕްކޮށްފައިވާ، ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑްގައި އިމްރާން މުހައްމަދު އަތުގައި އޮތްވަރުގެ ރެކޯޑެއް އެހެން މެންބަރެއްގެ ނެތެވެ. ބޭރުގެ ޓްރެއިނިން ކޭމްޕާއި، އިންޓަނޭޝަނަލް މެޗުތަކަށް އެންމެ ގިނައިން ދިޔަ ދިވެއްސަކަށް ވެސް އޭނާ ވާނެ އެވެ. ގައުމީ ޓީމަށް އޭނާ ކުޅުން ހުއްޓާލިތާ ފަސް އަހަރުވާން ގާތްވީ އެވެ. އޭގެ ފަހުން ގައުމީ ޓީމާ އެކު ބޭރުގެ ޓްރެއިނިން ޓުއާއަކަށް އިމްރާން ދިޔަ ފުރަތަމަ ދަތުރަކީ ދުބާއީއަށް ކުރި މި ދަތުރެވެ.

ގައުމީ ޓީމުގެ އަންގި ލައްވައިގެން ގޯލްކީޕަރެއްގެ ގޮތުގައި އޭޝިއާގެ ހުރިހާ ހިސާބަކަށް އޭނާ ދިޔަ އެވެ. ބައެއް ފަހަރު ގަދަ ފިނީގަޔާއި ބޯ ވާރޭގަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މޮންގޯލިއާ ދެކޮޅަށް ކުޅެން އެ ގައުމުގެ ވެރިރަށް އޫލަންބަޓޯ އަށް، ގައުމީ ޓީމު ދަތުރު ކުރިއިރު އެ ގައުމުގެ ފިނިމިން ހުރީ މައިނަސް ފަސް ޑިގްރީގަ އެވެ. އެއީ ރާއްޖޭގެ ގައުމީ ޓީމުން އެންމެ ފިނީގައި ކުޅުނު އެއް މެޗެވެ.

ގައުމީ ޓީމު ޖޯޒީގައި އިމްރާން ކުރި އެންމެ ތާރީހީ ދަތުރުތަކަކީ ރާއްޖޭގެ ފުޓްބޯޅައިގައި ވެސް އެންމެ ބޮޑަށް ފާހަގަ ކުރެވޭ ދަތުރުތަކެވެ. ސީރިއާގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެން ރާއްޖޭގެ ޓީމު ސީރިއާގެ ހަލަބަށް، 2000 ވަނަ އަހަރު އޭޕްރީލް މަހު ކުރި ދަތުރުގައި، ސީރިއާއާ ދެކޮޅަށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު، އުމުރުން އެންމެ 19 އަހަރުގައި އިމްރާން ހޯދި މެޗަކީ ރާއްޖޭގެ ތާރީހުގައި ވެސް ފާހަގަކުރެވުނު ކަމެކެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ގައުމީ ޓީމަށް ކުޅުނު އިމްރާނާއި ދަގަނޑޭ: މިހާރު އިމްރާނަކީ ކޯޗިން ޓީމުގެ މެންބަރެއް

ދެކުނު ކޮރެއާގެ ވެރި ރަށް ސޯލްގެ އޮލިމްޕިކް ސްޓޭޑިއަމްގައި، ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ކޮރެއާގެ ޓީމާ ދެކޮޅަށް، އެ ގައުމުގެ 60،000 ސަޕޯޓަރުންގެ ކުރިމަތީ 2004 ގައި ގައުމީ ޓީމު ކުޅުނު އިރު ލަނޑެއް ޖެހިޔަ ނުދީ މެޗުގެ 80 ވަނަ މިނެޓާ ހަމައަށް އޭނާ ހިފަހައްޓައިލި އެވެ. ފުޓްބޯޅައިން ރާއްޖެއަށް ފުރަތަމަ ތަށި ހޯދައިދޭން، ލަންކާގެ ސުގަތަދާތަ ސްޓޭޑިއަމްގައި އިންޑިއާއާ ދެކޮޅަށް ސާފް ޗެމްޕިއަންޝިޕް 2008 ގެ ފައިނަލުގައި ކުޅުނު މެޗު ވެސް އެހާ ހާއްސަ އެވެ.

އިމްރާނާ އެކު ގައުމީ ޓީމު ކުރި އެންމެ ހިތްދަތި ދަތުރަކީ އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް މެޗަށް ލާއޯސްއަށް 2016 ވަނަ އަހަރު ކުރި ދަތުރެވެ. ލާއޯސް އަތުން މޮޅުވިޔަސް، 17 އަހަރަށް ފަހު ގައުމީ ޓީމުގެ އަންގި އިމްރާން ބޭލި އެ މެޗުގަ އެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލި ފަހުން ވެސް، އޭނާ ގައުމީ ޓީމަށް އެނބުރި އާދޭތޯ އެތައް ފަހަރަކު މަސައްކަތްކުރި އެވެ. ކުރީގެ ކޯޗް ޕީޓާ ޝެގަޓް، އިމްރާނާ ވަކިން ބައްދަލުކޮށް އޭނާ ގައުމީ ޓީމަށް ގެނެވޭތޯ މަސައްކަތް ކުރިކަން އެނގެ އެވެ. ނަމަވެސް ޒުވާން ކީޕަރުންނަށް ވަގުތު ދޭންޖެހޭކަން ގަބޫލުކޮށް އިމްރާން ހުރި އޭނާގެ ނިންމުން ބަދަލުނުކުރާ ގޮތަށެވެ.

މިއަދު އޭނާ އަކީ ކީޕަރެއް ނޫނެވެ. ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އިމްރާން އަލުން ގައުމީ ޓީމަށް ދިޔައީ ޓީމުގެ ގޯލްކީޕިން ކޯޗިން ޓީމުގެ މެންބަރެއްގެ ގޮތުގަ އެވެ. އޭނާގެ މަގާމާއި އަދާ ކުރަން ޖެހޭ ދައުރު ތަފާތުވީ އެވެ.

އިމްރާން (ކ) ކީޕަރުންގެ ޓްރޭނިންތަކުގައި

"މިހާރު އަހަންނަށް ދިވެހި ފުޓްބޯޅައަށް ކޮށްދެވޭނެ އެންމެ މުހިންމު ކަމަކީ އަހަންނަށް ދަސްވެފައި ހުރި އެއްޗެއް އަދި ލިބިފައި ހުރި ތަޖުރިބާއެއް ކީޕަރުންނަށް ހިއްސާކޮށް ދިވެހި ގައުމީ ޓީމުގެ ކީޕަރުންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން،" އެމިރޭޓްސްގައި ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕްގައި ހުރެ "މިހާރު" އަށް އިމްރާން ވާހަކަދެއްކި އެވެ.

"ކުޅުނު އިރު ވެސް އަދި މިހާރު ވެސް ގައުމީ ޓީމާއެއްކޮށް ރާއްޖެއަށް ހިދުމަތް ކުރަން ލިބުމަކީ ވަރަށް އުފަލާ އެކު ކުރާ ކަމެއް."

ޓީމުގެ ސްކޮޑަށް ނެގި ތިން ކީޕަރުންގެ ތެރެއިން ޒުވާން ދެ ކީޕަރުން ކަމަށްވާ، ހުސައިން ޝަރީފާއި އަލީ ނާޖިހަށް އިމްރާނާ އެކު މަސައްކަތް ކުރަން ލިބުމަކީ ހާއްސަ އުފަލަކަށް ވާނެ އެވެ. ކީޕަރަކަށް ވުމުގައި އެ ދެ ކީޕަރުން ވެސް އައިޑޮލްއެއްގެ ގޮތުގައި ބެލީ އިމްރާނަށެވެ. ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލަށް ވެސް އެންމެ ބޮޑު ހިތްވަރެއް ދޭ އެކަކަށް އިމްރާން ވާނެ އެވެ. ނިއު ރޭޑިއަންޓްގެ ބަދަލު ކީޕަރެއްގެ ގޮތުގައި 2017 ގައި ފައިސަލް ހުއްޓައި ގައުމީ ޓީމަށް އޭނާ ނެގުމުން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ. ލީގުގައި ފުލުކޮށް ކުޅުނު ކީޕަރުން އެއްފަރާތްކޮށްފައި ބެންޗުގައި އިން ކީޕަރު ނެގުމުން ފައިސަލަށް ކުރިމަތިވި ފާޑުކިއުންތަކުގެ ތެރެއިން އޭނާގެ ދިފާއުގައި މީޑިއާއަށް ނުކުމެ ވާހަކަ ދެއްކީ އިމްރާނެވެ.

ގައުމީ ކޯޗް މާޓިން ކޫޕްމަންގެ ގޭމް ޕްލޭންގައި އައުޓްފީލްޑް އޭރިއާގެ ތެރޭގައި ވެސް ކީޕަރުގެ ދައުރު ބޮޑުވާނެ އެވެ. ގޭމްގެ ޓީމު ބިލްޑްއަޕްގައި ކީޕަރަކީ ބިލްޑްއަޕް ޓާނިން ޕޮއިންޓެވެ. އެ ވިސްނުމުގައި ކީޕަރުން ތަމްރީން ކުރާއިރު އިމްރާންގެ ތަޖުރިބާ އަކީ ޓީމަށް މުހިންމު ހިއްސާއެކެވެ.

4 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 8%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަންގި

29 May 2021

ކީޕް ޕޮލިޓިކްސް އަ ސައިޑް. އިންމަ އަކީ ގަައުމީ ބަތޮލެއް. އަބަދުވެސް... ދެން ވެސް. އުންމީދުކުރަން އަބަދުވެސް ޓީމާއެކު ވާނެކަމަށް. އެކަމު ފެންނަ ފެނުމަށް މިހާރު ކޮންމެސް ވަރަކަށް ހަށިގަނޑަށް ބާލާލައިގެން އުޅެން އެބަޖެހޭ ކަންނޭގެ. :ޑ

The name is already taken The name is available. Register?

ފިނާން

29 May 2021

ޤައުމީޓީމުގެ ގޯލް ކީޕަރު ކޯޗަކީ މިހާރު ކާކުކަމާއި ދޭތެރޭ އަހަރެމެން ދިވެހިންގެ ހިތުގައި މިހާރު ވަރަށް ބޮޑަށް ސުވާލު އުފެދޭ ؟ ސަބަބަކީ ވޭތިވެދިޔަ ދިގު މުއްދަތުގައި އެ މަޤާމް އަދާ ކުރި މީހާ މިހާރުވެސް ޓީމުގައި ހުރެފައި މިހާރު އިމްރާން އަދާ ކުރަނީ ކޮން މަޤާމެއްކަން ނޭނގޭތީ ނޫނީ އަސްލަމް އަދާ ކުރަނީ ކޮން މަޤާމެއްކަން ސާފު ނުވާތީ ! ތިން ކީޕަރުންނަށް ކޯޗު ކޮށްދޭން ދެ ކޯޗުން ކުރަން އޮންނާނީ ކޮން މަސައްތަތެއްކަން ނޭގޭތީ ހަމަ ސުވާލު އުފެދެނީ

The name is already taken The name is available. Register?

ޙިނި

29 May 2021

އިމްރާނު ދެކެ ފޫހިވީ އަންނި އާ ސަލާން ނުކުރީމަ، ކޯންޗްކޭ ކިޔާކައް

The name is already taken The name is available. Register?

ނޮޓް ސޯ ޑީސެންޓް

29 May 2021

މޮޅު ކީޕަރަކަސް ޕާސަނަލިޓީ އެހާ ޑީސެންޓް މީހެއް ނޫން. ވަރަށް އީގޯ ބޮޑު ޒާތީ މީހެއް. އަހަރުމެންވެސް ސިޔާސީ ޕާޓީއަކަށް ތާއީދު ކުރަން. އެކަމަކު އަނެއް ޕާޓީގެ ވެރިޔަކާ ދިމާވެއްޖިއްޔާ ސަލާން ކޮށްލާ ހިނިތުންވުމާއެކު ވާހަކަ ދައްކަން. ޒާތީ ދުޝްމިން ވެގެން ނޫޅެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454