06 ޖޫން 2021 - 06:43
ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ފުން ސްވިމިން ޕޫލް އިނގިރޭސިވިލާތުގައި ހަދަން ނިންމައި އެކަމާ ގުޅޭ މަސައްކަތްތައް ފަށައިފި އެވެ.
އެ ގައުމުގެ އެސްޓްރޮނޯޓެއް ކަމަށްވާ ޓީމް ޕީކް ވެސް ބައިވެރިވާ ގޮތަށް ހަދަން ނިންމާފައިވާ ސްވިމިން ޕޫލްގެ ނަމަކީ އެ މަސައްކަތް ކުރިިއަށް ގެންދާ ކުންފުނީގެ ނަމާ ވެސް ގުޅުވައިގެން "ބްލޫ އެބީޒް" ޕޫލް އެވެ. ކޯންވޮލްގައި ހަދާ މި ޕޫލްގެ ދިގުމިނުގައި 164 ފޫޓް އަދި ފުޅާމިނުގައި 131 ފޫޓް ހުންނާނެ އެވެ. ޕޫލްގެ ބޮޑުމިން އެއަށް ވުރެ ތިލަކޮށް ސިފަކޮށްދެނީ އޮލިމްޕިކްގެ ސައިޒްގެ 17 ޕޫލްގެ ބޮޑުމިނުގަ އެވެ.
"ބްލޫ އެބީޒް" ގެ ފުންމިނަކީ 164 ފޫޓް (50 މީޓަރު) އެވެ. ޕޫލަށް 42 މިލިއަން ލީޓަރުގެ ފެން ބޭނުން ވާނެ އެވެ.
މި ޕޫލާ ބެހޭ ގޮތުން ބްލޫ އެބީޒް ކުންފުނީގެ ޗީފް އެގްޒެކެޓިވް ޖޯން ވިކާޒް ވިދާޅުވީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާ ޕޫލަކީ ތިމާވެއްޓާ ވަރަށް ރައްޓެހިކޮށް ގުދުރަތީ ވެށީގައި ފެތުމާއި ޑައިވިން ފަދަ ހަރަކާތްތައް ކުރިއަށް ގެންދާ އިރު ކުރެވޭ އިހުސާސްތައް ތަޖުރިބާކުރެވޭ ގޮތަށް ހަދާ ތަނެއް ކަމަށެވެ. އެގޮތުން އެންމެ ފަހުގެ އަންޑަވޯޓަ ޓެކްނޮލޮޖީއާ އެކު ސަބްސީ ރޮބޮޓިކްސް އާއި މިނީ ސަބްމާސިބަލް ބޭނުންކުރެވޭނެ އެވެ.
BREAKING: £150m plan to build world’s largest and deepest pool in Cornwall. Project CEO John Vickers explains why https://t.co/bhglfuCASZ #marine #offshoreenergy #space #diving #subsea #flyhighdivedeep pic.twitter.com/WuobVRKI45
— Blue Abyss (@BlueAbyssDiving) June 2, 2021
ޖޯން ވިދާޅުވި ގޮތުގައި "ބްލޫ އެބީޒް" ޕޫލް އަކީ އެއްގޮތަކަށް ވެސް އާދައިގެ ޕޫލަކަށް ނުވާނެ އެވެ.
"މިއީ އެއޮރޮސްޕޭސް އާއި އޮފްޝޯ އެނަޖީ އާއި އަންޑަވޯޓަ ރޮބޮޓިކްސް އާއި ހިއުމަން ސައިކޮލޮޖީ އާއި ޑިފެންސް ލެޝާ އާއި މެރައިން އިންޑަސްޓްރީ އާއި އެޑިއުކޭޝަންގެ ދާއިރާ އަށް ލިބޭނެ ވަރަށް ރިސާޗް އެސެޓަކަށް ވާނެ." އޭނާ ވިދާޅުވި އެވެ.
Some more images of the amazing £150m plans to build at #Newquay what would be the world's biggest and deepest pool to test underwater technology down to 50m
— BBC Radio Cornwall (@BBCCornwall) June 2, 2021
If you missed @ChurchfieldJE talking to @BlueAbyssDiving CEO John Vickers, listen back here
➡️ https://t.co/a8nI0UEAIB pic.twitter.com/PKknvvFbbc
ޖައްވީ ސްޓޭޝަން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އެންމެ ފުރަތަމަ ދިޔަ އިނގިރޭސި އެސްޓްރޮނޯޓްގެ ޝަރަފު 2015 ގައި ހޯދި ޓިމް ވިދާޅުވީ "ބްލޫ އެބީޒް" ގައި ހިއްސާވެވޭތީ އޭނާ ވަރަށް ފަހުރުވެރިވާ ކަމަށެވެ.
"މިއީ އެތައް ގޮތަކުން އެތައް ދިރާސާތަކަކަށް ވެސް މަގުފަހިވެގެންދާނެ ޕްރޮޖެކްޓެއް. މިއީ އިންސާނުންގެ ކުޅަދާނަ ކަމަށާއި ޓެކްނޮލޮޖީގެ ވަރުގަދަކަން ވެސް ފެނިގެން ދާނެ މަސައްކަތެއް،" ޓިމް ވިދާޅުވި އެވެ.
BLOG: Why Cornwall is the perfect home for the £150m Blue Abyss project, by CEO John Vickers: https://t.co/g12vZPxOOe #marine #offshoreenergy #space #diving #subsea #flyhighdivedeep pic.twitter.com/roesbzAFrt
— Blue Abyss (@BlueAbyssDiving) June 2, 2021
"ބްލޫ އެބީޒް" ނިންމަން ކަނޑައަޅާފައި އޮތީ 2023 ގަ އެވެ. މިއަށް ހަރަދުކުރަން ހަމަޖެހިފައި ވަނީ 150 މިލިއަން ޕައުންޑް (212.4 މިލިއަން ޑޮލަރު) އެވެ.
ޕޫލް ޑިޒައިންކުރީ މަޝްހޫރު އިނގިރޭސި އާކިޓެކްޓް ރޮބިން ޕާޓިންޓަނެވެ. އޭނާ އަކީ ލަންޑަންގައި ވިޔަފާރި އަށް ހާއްސަ އުސް އިމާރާތް "ގާކިން" ޑިޒައިން ޓިމްގެ ގައި އެންމެ އިސްކޮށް މަސައްކަތްކުރި އެކެކެވެ.
މި ވަގުތު ދުނިޔޭގައި އޮތް އެންމެ ފުން ޕޫލަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޕޮލެންޑްގައި ހުޅުވި ފުން މިނުގައި 45 މީޓަރު (148 ފޫޓު) ހުންނަ "ޑީޕް ސްޕޮޓް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުކު
13 June 2021
އެބީސްސްސްސްސްސްސްސްސް ✌️ އެސް އަކުރު ޒ އަކަށް ކިޔަނީ ވަކި ވޒާތެއްގެ ބަސް ކިޔާއިރު
އަހުމަދުބެ ބޯގަންވިލާ
07 June 2021
ރާއްޖޭގެ ގައުމީ ސްވިމިން ޓީމް ޓުރެއިނިން ނައް ފޮނުވަން ފެނޭ ބޭކާރު ލާރި ޙަރަދު ކޮއްފަ
ގެދާނޯމޮސް
06 June 2021
164 ފޫޓް މީ ދުނިޔޭގެ ހަދާއެންމެ ބޮޑުޕޫލް ކަމުގަ ދައުވާކުރަން ލަދުގަންނަ ވަރެކެވެ .
ކައްޕި
06 June 2021
އެހެންވީމަ ދެން ފަތާލަން ދާންވީ ތި ޕޫލަކަންނު. އެކަމަކު އަހަންނަކަށް ފަތާކަށް ނޭނގެއޭ
mRNA vaccines
06 June 2021
ތިޕޫލުގެ ވާހަކަ އޮތީ މާކުރިން އަންގަވާފަ
ކަމާލު
10 June 2021
އެކަލާންގެ ދެއްވި ބުއްދީގެ ބޭނުކޮއްގެން ދުއެއް އެއްބަޔަކު ފަސޭހަތަކެއް ގެނެސްދޭއިރު އަނެއްބަޔަކު އުޅެނީމަގުމަތީގަ ބޮންގޮއްވުގައެވެ