ޝާހިދު ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގައި އެންމެ މަތީ ފެންވަރުގެ ލީޑަރެއްގެ ގޮތުގައި ދެން އެހެން ގައުމުތަކުން ބަލައި ގަންނާނެ ކަމަށް.
އދ. އާއްމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ފޮރިން މިނިސްޓަރު ޝާހިދު މިރޭ އދ. ގައި ވާހަކަދައްކަވަނީ.--
07 ޖޫން 2021 - 23:54
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގުޅުއްވުމާއެކު، އަޅުގަނޑު އިސްވެ މަރުހަބާ ދަންނަވާއިރަށް، އަޑަށް ބާރުލައްވާފައި ޝާހިދު ވިދާޅުވީ، "ހަމްދޫނަށާއި ހަމްދޫނާއެކު މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި ހުރިހާ ރައްޔިތުންނަށް ވެސް ދުވަހުގެ ތަހުނިޔާ ދަންނަވަން" ކަމަށެވެ. ހިތަށް އެރީ އަޅުގަނޑަށް ކޮން ކަމެއް ކުރެވިގެން އުޅޭ ދުވަހެއް ބާވަ އެވެ؟ ނަމަވެސް އަޅުގަނޑަށާއި އެހެން މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވުމަށް ފަހު ދެން ދައްކަވަން ފެއްޓެވި ވާހަކަތަކުން މިވާ ގޮތް ސާފުވެއްޖެ އެވެ.
ޝާހިދު ތަކުރާރުކޮށް ވިދާޅުވީ، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް އޭނާ މިރޭ އިންތިހާބުކުރިޔަސް ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ ދިވެހިން ކަމަށެވެ. ވަކި އެއް ފަރުދަކަށް ނުވަތަ އޭނާ އަށް އޭގެ ކްރެޓިޓް އެކަނި ނެންގެވޭނެ ކަމަށް ގަބޫލެއް ނުކުރެއްވި އެވެ.
"އަޅުގަނޑަށް އެއްވެސް ބޭފުޅަކު ތަހުނިޔާ ކިޔުއްވުމުގެ ބޭނުމެއް ނެތް. މިއީ ކޮންމެ ދިވެހި ފަރުދަކަށް ވެސް ތަހުނިޔާ ކިޔަންވީ ވަގުތު. ރާއްޖޭގެ ކުދިބޮޑު އެންމެން ހޯދި ކާމިޔާބީއެއް މިއީ. އދ. ގެ އާންމު މަޖިލީހުގެ 193 ގައުމުގެ ރިޔާސަތަށް ރާއްޖެ އައުމަކީ ކުޑަކަމެއް ނޫން. އެ ތަހުނިޔާ އެންމެންނަށް ކިޔަން ޖެހޭނެ،" ރާއްޖޭގެ އެންމެ އިސް ޑިޕްލޮމޭޓް ޝާހިދު ވިދާޅުވި އެވެ.
"އދ. ގެ އާންމު މަޖިލީހުގައި ދެން ދިވެހިރާއްޖޭގެ ބަރުދަން އިންނާނެ. ރިޔާސަތު ފެންނަ ކޮންމެ ވަގުތެއްގައި ދިވެހިރާއްޖެ ފެންނާނެ. ކުރިން ރާއްޖެ އަށް ނުލިބުނު އެތައް ފުރުސަތެއް ދެން ލިބޭނެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ލީޑަރެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެން އުޅޭނީ. މިއިން ކޮންމެ ފުރުސަތަކީ ރާއްޖެ އިޝްތިހާރު ވުމަށް ލިބުނު ފުރުސަތެއް."
މީގެ 38 އަހަރު ކުރިން ފޮރިން ސާވިސް އޮފިސަރުކަމުން ދުނިޔޭގައި ނަން ހިނގާ ލީޑަރަކަށް ވެވަޑައިގެންނެވި ޝާހިދު ވިދާޅުވީ، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވުމާއެކު، ރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ކުރިން ނުލިބުނު އެތައް ފުރުސަތުތަކެއް ދެން ލިބޭނެ ކަމަށެވެ.
"އަޅުގަނޑު ފޮރިން މިނިސްޓަރުކަމުގައި ހުރެގެން އިހަށް ނުހުޅުވުނު ކިތަންމެ ދޮރެއް ދެން ހުޅުވޭނެ. އަޅުގަނޑު ފޮރިން މިނިސްޓަރުކަމުގައި ހުރެގެން ކުރިން ބައްދަލުނުވި ކިތަންމެ ވަޒީރުންނަކާ ދެން ބައްދަލު ކުރެވޭނެ. އޭގެ ހުރިހާ ފައިދާއެއް ކުރާނީ ސީދާ ދިވެހި ރައްޔިތުންނަށް. މިއީ ދިވެހި ގައުމުގެ އެންމެންނަށް ސީދާ ފައިދާ ލިބޭނެ ކަމެއް،" މިރޭ ބޭއްވި އިންތިހާބުގައި 143 ވޯޓުން އދ. އާންމު މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގެންނެވި ޝާހިދު "މިހާރު" އަށް ފޯނުން ވިދާޅުވި އެވެ.
"ސަތޭކަ ނުވަދިހަ ތިން ގައުމުގެ ދިދައިގެ ތެރެއިން އދ. ގެ ދިދައާ ޖެހިގެން ދެން ހުންނާނީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވާ ދިވެހި ދިދަ."
މިރޭގެ އިންތިހާބުގައި ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލް އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
"އަޅުގަނޑު ފޮރިން މިނިސްޓަރުކަމުގައި ހުރެގެން އިހަށް ނުހުޅުވުނު ކިތަންމެ ދޮރެއް ދެން ހުޅުވޭނެ. އަޅުގަނޑު ފޮރިން މިނިސްޓަރުކަމުގައި ހުރެގެން ކުރިން ބައްދަލުނުވި ކިތަންމެ ވަޒީރުންނަކާ ދެން ބައްދަލު ކުރެވޭނެ. އޭގެ ހުރިހާ ފައިދާއެއް ކުރާނީ ސީދާ ދިވެހި ރައްޔިތުންނަށް.--- ޝާހިދު
ޝާހިދު ވިދާޅުވި ގޮތުގައި، އދ. ގައި ޜާއްޖޭގެ ދިދަ ނަގައިގެން ތިބޭތާ 55 އަހަރު ވެފައިވާއިރު، އެ ޖަމާއަތުގެ ރައީސަކަށް ރާއްޖެ އައުމުން ދޭހަވަނީ ދިވެހި ކާބަފައިން ކުރި ބުރަ މަސައްކަތް 193 ގައުމުން ބަލައިގެންފި ކަމެވެ
މިނިސްޓަރު ޝާހިދު ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބުކުރަން ދިވެހި ސަރުކާރުން ހޭދަކުރީ ތިން މިލިއަން ރުފިޔާ ކަމަށެވެ. މި ކަމަށް ހަރަދު ކުރަން 4.3 މިލިއަން ރުފިޔާ ވަނީ މި އަހަރަށް ފާސްކޮށް، ބަޖެޓުގައި ހިމަނައިފަ އެވެ.
އެ އަދަދު، ޝާހިދު އަޅައި ކިޔުއްވީ އދ. ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޭދަކުރި 1.1 މިލިއަން ޑޮލަރާ (17 މިލިއަން ރުފިޔާ) އެވެ.
"1.1 މިލިއަން ޑޮލަރު ހޭދަކޮށްގެން ރާއްޖެ އަށް އޭރު ހޯއްދެވުނީ 46 ވޯޓު. އޭރު ރާއްޖެ ގައުމުތަކުން ބަލައިނުގަތީ ގެންގުޅުނު ސިޔާސަތުތައް ކަމުނުދިޔައީމާ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވިގޮތުގައި، ދުނިޔޭގެ ފެންވަރުގައި ލިބޭ ރާއްޖެ އަށް ލިބޭ މިފަދަ ޝަރަފުވެރި މަގާމުތައް އަގުން ކަނޑައެޅުމަކީ އުނދަގޫ ކަމެކެވެ.
"އެ އަށް ވުރެ ބޮޑު ކުރިއެރުމެއް މުޅި ރާއްޖެ އަށް ލިބެނީ، ޝާހިދު ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ ދުނިޔޭގައި އެންމެ ބާރުގަދަ އެއް ލީޑަރެވެ. އާންމު މަޖިލީހަށް ކަމެއް ހުށަހަޅަން ނުވަތަ މައްސައެއް ގެންނަން ބޭނުން ނަމަ ރައީސަކަށް ހުންނަވާ ބޭފުޅަކާ ގައުމުތަކުން ލޮބީކޮށް، ގުޅުން ބަދަހިކުރަން ޖެހެ އެވެ. އޭގެ ނަތީޖާއަކީ އާންމު މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ނިސްބަތްވާ ގައުމަށް ވެސް ފައިދާތަކެއް ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯމެމަރީ
09 June 2021
ޔާމީން ދައުރުގަ އ.ދ ގެ ގޮނޑި ހާސިލްނުކުރެވުނީ ބަޔަކު ކިހާ އެންޓިކެމްޕޭނެއް ކޮށްގެން؟ ބަޔަކު އިންޑިއާއާ ގުޅިގެން މުޅި އެތި އަނބުރާލި ކަމަކަށް މިހާރު ނެވިއެންނު. އެއިރު އިންޑިއާއާ އެކުވެގެން އެންޓިކެމްޕޭނަށް ޚަރަދުކުރިވަރެއްވެސް ނޭނގޭ. އަދި މިހާރު ގޮނޑި ހޯދަން އިންޑިއާއިން ޚަރަދުކުރިވަރެއްވެސް ނޭނގޭ. ޔާމީންވީތީ އެއީ ޔާމީނަށް ދިން ގެއްލުމެއްކަމަށް ހެދީ. މިހާރު މޮޅު ލިބުނީ ބަޔަކު އެންޓިކެމްޕޭން ނުކުރީތީ އަދި އިންޑިއާގެ ދަށުވެ އޮވެގެން އެހީ ހޯދީތީ.
ނުލިބުނުފުރުސަތު
08 June 2021
މިގައުމުގެ އެންމެންނަށް ރަގަޅު ވެކްސިނެއް ޖަހައިގެން މިނިވަންކަމާއެކު އުޅުމުގެ ނަސީބު ވަނީ ނުލިބިފައި. އެންމެ ފުރަތަމައަށް އެކަން ކުރެވިއްޖެނަމަ ވަރަށް ރަގަޅުވާނެ. މިހާރު ޖަހާ އަސަރެއްނުކުރާ ވެކްސިނުން ގައުމު ސަލާމަތްކޮށްދީ ފެންވަރު ހުރި ވެކްސިނެއް ޖެހޭނެ ގޮތްވުން އެންމެ އަވަހަށް ކުރަންވީ ކަމަކީ.
ލާލާ
08 June 2021
މަރްހަބާ ކިޔަން އުޅުނީ. އެކަމު ޔާމީނޭ ބުނިހިސާބުން ދެން ބޭނުމެއްނުވި މަރުހަބާ ކިޔާކަށް. ތިޔަފަދަ މަގާމަކަށް ދެވުމުން ހުންނަންވީ ވަރުގެ ޑިޕްލޮމެޓިކް ހައިބަތެއް ނެތް. ތިޔަ ލިބުނު މަގާމުގެ މަސައްކަތް ރަގަޅަށް ކުރެވޭނެ ކަމާމެދު ޝައްކު. ބޮޑުމަންޒަރަށް ވިސްނާއިރު ދިވެހިން ކުރަން އުޅޭ ވަރަށް މުހިއްމު މަސައްކަތަކަށް އެޅުނު ވަރަށް ބޮޑު ހުރަހެއް މިއީ. އެވާހަކަ މިވަގުތު ދައްކައިގެން މާޔޫސްކުރާކަށް ނެތިން. އެކަމު އެކަން ހިނގައިފިނަމަ މުޅި ގައުމަށް ރޮވޭނެ.
ސިޔާސަތު
08 June 2021
ދެން ޙާރިޖީ ވަޒީރުކަން ދޫކޮއްފަ ނިއުޔޯކުގަ ހުރޭ އެެއްއަހަރުވަންދެން، އެއީ ތިއީ އެއްއަހަރުގެ މަގާމެއްވީމަ، މިކަމަކައް ދެފައި އެއްތާކު ނުޖަހާ ހަބޭހައް ދަތުރުކޮއް ދައުލަތްހުސްކޮއްފި، އަނެއްހެން ކައްވާލާފަ ހުރި މުދާ ރައްކާކުރަން ވަގުތުލިބޭނެ، ޔޫއެންގެ އެންމެ ފަޙުރުވެރި 5 އަހަރުގެ މަގާމުގަ މިސްރުގެ ބުޘުރަސް ބުޘުރަސް ގާލީ ހުރި، މިސްރައް އަދި އަރަބި ދުނިޔެއައް ލިބުނު ފައިދާއެއް ނެތް، އިރާގައް އެމެރިކާ އެރުންވެސް ނުހުއްޓެވުނު ސެކެޓްރީޖެނެރަލް އައް،
ބުރެކި
08 June 2021
މިތިބީ ބަލަން ތިޔަލިބޭ ފުރުސަތެއް...
އަހަމަދު2
08 June 2021
މީނައަށް މީގެ ފައިދާވާނީ، އަހަރުން އޮތީ އަހަމަ އެކަނި ނަށް
ނިލިސް
08 June 2021
މަރުޙަބާ ޝާހިދު! މިއީ ޤަައުމަށްވެސް ލިބުނު ރީތިނަމެއް.
ކާމް
08 June 2021
މަރުޙާބާ! އެގޭތަ އެކާނިސްތާނުއް މި އެލެކްސަން ދޫކޮށްލިކަން. އެ ޤައުމުން މި ގޮޑި ކުރިން ފުރާފައިވާތީ. އެ މީހުން ކެންޕޭނެއްވެސް އަސްލު ނުކުރޭ!
ޙުސާމް
08 June 2021
ތި މަގާމު ތިއީ ތީގެ ސަބަބުން ޤައުމުތަކަށް ފާއިދާ ވާ ކަމެއްނުން. ޢަފުޣނިސްތާނާއި ދިވެހިރާއްޖެ ތިކަމަށް ވާދަ ކުރީމާ ދެން އެންމެނަށްވެސް އެނގޭ ތީގެ ޙާލަތު. ތިއީ ޟާހިދު ހަމަ އެކެނި ފާއިދާ ވާނެ ކަމެއް.
މިސް ކާޕެޓް
08 June 2021
ބަލި އެނދުގައި އޮތް މީހެއްގެ ފޮޓޯ ބޭނުންކޮށްގެން ޝާހިދު ހޮވުނީ.