މާލޭގައި ކުޑަ ދެ ކުއްޖަކަށް ވަޅިން ހަމަލާ ދީ މަރާލުމާ ގުޅިގެން މަޖީދީ މަގު ރާނބާ ރެސްޓޯރަންޓް ކައިރި ފުލުހުން ބަންދުކޮށްގެން ތަހުގީގު ކުރަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
04 ޖޫން 2016 - 17:52
މާލޭގައި އިއްޔެ އާއި ރޭ ހިމގި ދެ މާރާމާރީގައި 14 އަހަރުގެ ދެ ފިރިހެން ކުދިން މަރާލާފައި ވަނިކޮށް މިއަދު ހަވީރު 24 އަހަރުގެ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް ވިދާޅުވި ގޮތުގައި ވަޅި ހަރައި ޒަހަމްކޮށްލުމާ ގުޅިގެން މިއަދު 3:30 ހާއިރު ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެންދިޔައީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ.
އެމީހާގެ ފައިގެ ފަލަ މަސްގަނޑަށް ވަޅި ހަރާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާގައި އޭނާ އަށް ލިބުނީ ކިހާ ވަރެއްގެ ސީރިއަސް އަނިޔާއެއް ކަމެއް ބުނަން އަދި ނޭނގޭ ކަމަށް ޒީނަތު ވިދާޅުވި އެވެ. އެކަމަކު އައިޖީއެމްއެޗަށް ގެންދިޔައިރު ވާހަކަ ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮޕަރޭޝަން ތިއޭޓަރުގައި އޮތީ މިހާރު. ވާތު ފައިގެ ފަލަމަސްގަނޑަށް ވަޅި ހަރާފައި ހުރީ. ވަރަށް ގިނައިން ލޭ ފައިބަމުން ދިޔަ،" ޒީނަތު ވިދާޅުވި އެވެ.
މާލޭގައި މިއަދު މާރާމާރީއެއް ހިނގައިގެން އުޅޭ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
ދެ ގްރޫޕެއްގެ ދެމެދުގައި އިއްޔެ އާއި ރޭ ހިނގި މާރާމާރީގައި މަރުވެފައިވަނީ ފާތިރު މުހައްމަދާއި އަހުމަދު އިރުޝާމެވެ. އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު އެ މާރާމާރީތަކާ ގުޅިގެން ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި 19 މީހަކު ހައްޔަރުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުކިި
05 June 2016
މަގުމަތިން ދިޔަ ބަޔަކު ހަމަ ހައްޔަރުކޮށްލީ ދޯ، މައްސަލަ ތަހުގީގު ކުރާ ކަމަށް ދައްކަން. ލޮލް
އަލީ
05 June 2016
އަދިވެސް ޕޮލިސް ދުވޭ ސިޔާސީ ޖެއްސުން ކުރަން. އުމަރު ބބުނެގެން
އަޅުގަޑު
05 June 2016
ކުދިން ތަރުބިއްޔަތުކުރުމަކީ ބެލެނިވެރިންގެ ޒިއްމާއެއް. މަގުމަތީގެ އަމާންކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް. ބެލެނިވެރިންގެ ބޮލުގައި މިފަދަ ޒިއްމާތައް އަޅުވައިގެން ތިބެވޭކަންނެތް. މަގުމަތީގެ އަމާންކަން ކަށަވަރު ކޮށްދިނުމަށް ހޯމްމިނިސްޓަރަށް ގޮވާލަން.
މޮޔަމީހާ
04 June 2016
ދެން ދިވެހި ފުލުހުން މާލޭގެ މަގުތަކުގާ ޗެކްޕޯސްޓް ޖެހީމަ ހުންނާނީ ހުރިހާކަމެއް ހައްލުވެފަ. ވަޅިހަރާމީހާއުޅޭނީ ފިނިބުރު ޖަހަން ނުކުމެ ބޭރުމަގުގަ...!
ގިޔާސް
04 June 2016
މިހާރުގެ ސަރުކާރުގެ ދޯހަޅިކަން އިންތިހާ ، ސިޔާސީ ގޮތުން ދެކޮޅު އެންމެން ޖަލަށް ލާފައި އެއްވެސް ކަމެއް އެމީހުން ކުރިޔަ ނުދޭން ފުލް ކިކްގައި އެސްއޯ ނެރޭވޭ އިރު މާރާމާރީ ހިންގާ މީހުންގެ ފަހަތުން ނުދެވޭ އެމީހުން ހައްޔަރެއް ނުކުރެވޭ އެމީހުން ނުވެސް ހޯދޭ މީބޮޑު ސުވާލެއް އެކަމަކު ޔަމީން ބޭނުންވީމާ ވަޒްނ ހޮދޭ ސިމް ކާޑްވެސް ހޯދޭ ، ރާފުޅި އުކި ކާރު އަތުލެވުނު އިރު ޑްރައިޗަރު ފަހަތުން ޕޮލިހުން ދުވެދުވެ އޮއްވާ ގެއްލުނީ މީސުވާލަކީ ، ދެމަރު ހިގިއިރު ސިފައުން ދުވީ އެމް.ޑި.ޕީ ކާމޭޒްތައް ފޭރެން އެމީހުންނަށް ޖެއްސުން ކުރަން މީސުވާލަކީ!
މެންޓަލިސްޓް
04 June 2016
ވަޅިހެރުނު މީހުނަށް ވުރެ ނުހެރޭ މީހުންނެއްނުން ގިނައީ ،، އެހެންވީމަ އޯކޭ ، ޕީޕީއެމްގެ ލޮޖިކް މަސައްކަތް ކުރާނީ އެހެން
އައްޓަމަސް
04 June 2016
ހައްޔަރުކުރާނެ ކަމެއްނެތް ގާޒީބާރީ އެމީހަކު ދޫކޮއްލާނެ! ބޭކާރު ޚަރަދުކޮށްގެން އަގުބޮޑުކެމިކަލްތަކެއް ހޭދަކޮއްގެން ތަހުގީގުކޮށް ކޯޓަށް ފޮނުވާއިރަށް "މިނިސްޓަރ ޒިންމަދާރުކުރުވަން ދޫކޮއްލާނީ!
ނާނަ
04 June 2016
ފުލުހުންނަށް ޕީޕީއެމް ދިފާއު ކޮއްފަ ކުރާނެ އިތުރު ކަމަކަށް އޮންނަނީ ދައުލަތަށް ފައިސާ ހޯދައިދނިނުން ޕާކިންގް ސްޓިކާ ޖެހުމާއި ޓްރެފިކް ފައިން ކުރުން
ނިބޫ
04 June 2016
ކުރިން ދިން ހަބަރުގަ ގައިމު ބުނި 19 މީހުން ހައްޔަރުކުރީ އެކަމަކާ ގުޅިގެނެއް ނޫނޭ
އެކްސް
04 June 2016
ރޯދަމަހާއި ދިމާކޮށް އަނެއްކާ ކަންތައްތައް ފެށުނީ.. ކޮބާތޯ މިގައުމުގެ ސަލާމަތީ ބާރުތައް؟