ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދު ޕްރެސް ކޮންފަރެންސެއްގައި. ފެނަކައިގެ ކޮރަޕްޝަން މައްސަލަ އެސްއޯއީ ކޮމިޓީން ނުބަލަން ނިންމައިފި-- ފޮޓޯ:މިހާރު
28 ޖޫން 2021 - 16:22
ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާ ގުޅޭ މައްސަލަ އެސްއޯއީ ކޮމިޓީން އިތުރަށް ނުބަލަން ނިންމައިފި އެވެ.
އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ، އޭސީސީން ބަލަމުންދާ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އިސްލާހު ކުރަން އެންގި ކަންކަން ތަންފީޒުކުރަމުން އަންނަ ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ވަކި ކުންފުންޏެއްގެ މައްސަލަ ބެލުމުގެ ބަދަލުގައި އެސްއޯއީތަކުގައި ހިމެނޭ ހުރިހާ ކުންފުނިތަކުން ޕްރޮކިއުމެންޓް ރިކުއާމަންޓްތައް ފުރިހަމަ ކުރަނީ ކިހާވަރަކަށްތޯ ބެލުން މާ މުހިއްމު ކަމަށެވެ.
"ވަކިން ފެނަކަ އިން އަޅުގަނޑަކަށް ނުފެނޭ އިތުރަށް މި މައްސަލަ ބަލަން ޖެހޭ ކަމަކަށް. ފެނަކައިން އެހުރީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގެ ރިކޮމެންޑޭޝަނަށް ފިޔަވަޅުތައް އަޅާފައި،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީގެ އެހެން މެންބަރުން ވެސް ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ. އެހެން ކަމުން ފެނަކައިގެ މައްސަލައިގެ އިތުރު ރިޕޯޓެއް ހަދާ މަޖިލީހުގެ ފްލޯ އަށް އެ މައްސަލަ ނުގެންދަން ކޮމިޓީން ނިންމި އެވެ.
އޭސީސީން ވަނީ ފެނަކައިގައި ކޮރަޕްޝަން ހިނގަމުންދާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެ ކޮމިޝަނުން މިދިޔަ އޭޕްރީލް މަހު ވަނީ ފެނަކައާ ގުޅޭ 22 މައްސަލައެއް ތަހުގީގުކޮށްފަ އެވެ.
އެކަމާ ގުޅިގެން، ރައީސް ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ހިންގާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް 13 ކަމެއް އިސްލާހުކުރަން ފެނަކައަށް އަންގައިފަ އެވެ. އިސްލާހުކުރަން އެދިފައިވާ ކަންކަމުގެ ތެރޭ އާއްމުކޮށް ބޭނުންވާ ތަކެތި އަދި ކޮންމެހެން ހުންނަންޖެހޭނެ ތަކެތީގެ މިނިމަމް ސްޓޮކެއް ކުންފުނީގެ ބޯޑުން ކޮންމެ ހަ މަހަކުން ބަދަލު ގެންނަ ގޮތަށް ކަނޑައަޅާފައި ބޭއްވުމަށާއި ކުންފުނީގެ މިނިމަމް ސްޓޮކް މެއިންޓެއިން ކުރަން މެނޭޖްމަންޓަށް އަންގައި މިނިމަމް ސްޓޮކް މެއިންޓެއިން ކުރާކަން ބޯޑުން މޮނިޓާ ކުރުން ހިމެނެ އެވެ.
ފެނަކައިގެ ކޮރަޕްޝަނާ ގުޅިގެން ދާދި ފަހުން ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މަގާމުން ބަދަލުކުރަން އުޅޭ އަޑުތައް ފެތުރިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ޝުޢައިބު
29 June 2021
ކޮރަޕްޝަން ހިންގައިގެން ކަންކަން ރަނގަޅުކުރުމަށް އެންގުމަކީ ރަނގަޅުކަމެއްތަ. ވަގުން ވައްކަންކުރީމާ އެވައްކަމަށް ފަސްއަޅާ ފޮރުވާލަން ފުރުޞަތު ދިނުމަކީ ޤަބޫލުކުރެވޭނެކަންކަމެއްނޫން. ކޮރަޕްޝަން މައްސަލަތައް ބަލާނަމަ މިކަމުގެ ބައިވެރިން އެއްފަރާތަކަށް ޖައްސަންޖެހޭނެ. ވައްކަންކުރާމީހުންނަށް ކަންކަން ރަނގަޅުކުރުމަށް ފުރުޞަތުދޭނީ ތިމާގެ އަމިއްލަމުދަލުން ބަޔަކު ކުރާވައްކަމަށް. ރައްޔިތުންގެ މުދަލުން ކުރާވައްކަން ފޫބައްދަން ފުރުޞަތުދޭނީވެސް ވަގުން.
އަބޫ
29 June 2021
ޒީރޯ ޓޮލަރެންސް ދެއްތޮ؟
އޭދަފުށި ބަކުރު
29 June 2021
ވައްކަމާ ކަރަޕްޝަން އެއީ ކޯއްޗެއް ކަމެއްވެސް އޭނައަކަށް ނޭނގޭނެ. މިކަން ދަންނާނެ އޭނަޔާ އެއްކޮށް ކުޑަހުރާގަ މަސައްކަތް ކުރި މީހުން
އަވަސްކުރޭ
29 June 2021
ސާބަސް މެމްބަރުންނޭ. ސައީދުއަކީ ނަޝީދުގެ 2ަރިސްމީހެއްވީމަ އޭނަގެ މައްސަލައެއް މިރާއްޖޭގެ އެއްވެސްތަނަކުން ބެލޭކަމަކަށްނުވޭ. އެތައްސަތޭކަ މިލިއަންރުފިޔާގެ ކަރަޕްޝަންގެ ތުހުމަތުވާއިރުވެސް ނުބެލޭ. ޢެކަމަކު މޯލްޑިވްގޭސްގެ މައްސަލއާއި ހެލްތުގެ މައްސަލައާއި އަދި މީނިހަސް އެހެން މައްސަލަތަކުގައި މަޖިލިސްހީވީ ހަރުގެއެއްހެން. ނަޝީދުގެ އިންސާފު ވަރަށްފުރިހަމަ. އަވަހަށް ބޮޑުވަޒީރަކަށް ހަމަޖައްސަންވީ
ސަހަރޯ
28 June 2021
ބަލަގަ ތިފެނަކައަކީ, އެއިރެއްގެ އޮންނަ ވެރިކަމެއް ޕުރޮމޯޓްކުރަން މަޖްލިހުގެ މިންބަރުން ގެންގުޅޭ ޖަގަހައެއްގޮތަށް ހިންގާތަނެކެވެ. ވީމާ އެމިންބަރުންތިބި ކޮމެޓީއަކުން ތިބާވަތުގެ އެއްވެސްކަމެއް ނުބަލާނެކަން މާކުރިންވެސް ވަނީ އެގިފައެވެ. ރައްޔަތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރަން މެންބަރުންނަށް ހުޅުވިފަހުންނަ ދޮރެކެވެ.
ފްރެޑީ
28 June 2021
ފެނަކައިން އެބަބުނޭ ތިމަންމެނަށް މިލިއަނުން ފައިދާވެޔޭ. އެކަމަކު ކޮވިޑު ފެށުނީއްސުރެ އަދިއަދަށްދާންދެންވެސް އެތަނުގެސީނިއަރ މުވައްޒަފުންގެ މުސާރައިން ހެޔޮވަރުގެ ޕަސަންޓެއް ކަނޑާވާހަކަ އަޑުއިވޭ. މިފައިސާއެއްކަނޑާތާ މިހާރު ނުވަވަރަކަށް މަސްވެދާނެއޭވެސް އެމީހުންބުނޭ. މިއީ ކޮރަޕްޝަނުގެ އިތުރަށް މުވައްޒަފުންގެ ހައްގަށް އަރައިގަތުން ނޫންކޮންކަމެއް. މިމީހުންނާހެދީ މިސަރުކާރަށްވެސް ހުތުރު. ތީ ހަމަ ކޮރަޕްޝަނުގެ ހާއްޔެއް.
ސޮލާނޯ
28 June 2021
މާއިންސާފުވެރި ބަޔަކަށްވެގެން ފުއްޕާފަ އުޅޭ ނަޝީދުގެ މަޖިލީ ހުގެ ފެންވަރު މިއެނގުނީ.
ދޮން ހަސަނު
28 June 2021
ފުމައްމުލަކު ކަރަންޓް ވިޔުގަ ޕްރޮޖެކްޓުން ނައިބު މުޤައްރިރަށްވެސް އެއްޗެއް ލިބުނީތާއެވެ. މަޑަވެލި ހޯޑެއްދޫ ކަރަންޓް ވިޔުގަޔާޢި ފުވައްމުލަކުގެ ކަރަންޓް ވިޔުގަ 14 މިލިއަން ޑޮލަރ ގެ ދެ ޕްރޮޖެކްޓް މި ފަހުން ޗައިނާގެ ޓެލް ހައޮ ކިޔާ ކުންފުންޏަށް ހަވާލުކުރީ 17 މިލިއަން ޑޮލަރަށެވެ. ލައްކަ ބައިބައި އެޅޭނެތާއެވެ. މި ކޮމެންޓް ޖަހާލައްވާތި. ޔަޤީންވާތީ އިގޭތީ ބުނެލީ.
ދޮންސޮރުބެ
28 June 2021
ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ބާރު މަޖިލީހަށް ނޯންނާނެ.
މުދި
28 June 2021
ނިކަން ތާހިރެއް ނުން. ރޯމާ ދުވާލު މިލިއަނުން ވައްކަންކުރަމުން ދާ މީހާގެ މައްސަލަ ނުބަލާ ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގައި ހުރެ ރަސްމީ ބައްދަލުވުމަކަށް ޓައި ގަނެފައި އެލާރި އަނބުރާ ކާޑަށް ލީ އޮޑިޓަރ ޖެނެރަލް އުލު ބޭންދީ. ޕާޓީ މީހާ (ހުދު ގަމީސް ލީމާ) އޭނާ ހުދު ކާފޫރަށް ވެފައި އިދިކޮޅު މީިހާ ޚާއިނަކަށް މިވީ. ޒީރޯ ޓެލެންސް ވަރަށް ސާފު
ރަދީފްއޮފިޝިއަލް
28 June 2021
އެމްޑީޕީން މިހެން ހާވާ ހަޑިތައް ބައެއް މީހުންނަށް ވަރަށް ރީތިވާނެ.އަދި މިކަމަށް ބަޔަކު މީހުން ތާއީދުވެސް ކުރާނެ.ދެރަ ދޯ.ވ.ވެދުން