ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓު: ބަލަހައްޓަން ހަވާލު ކުރި އަންހެނަކަށް އަނިޔާ ކުރި މައްސަލައެއްގައި ބިދޭސީއަކު ވަނީ އެ ކޯޓުގައި އިއުތިރާފުވެފައި -- މިހާރު ފައިލް ފޮޓޯ
07 ޖުލައި 2021 - 11:13
ބަލަހައްޓަން ހަވާލުކުރި އަންހެނަކު ކޮއްޕައި، މޫނުމަތީގައި ޖެހި މައްސަލައެއްގައި އިންޑިއާގެ ރައްޔިތަކު 27 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ބަހައްޓާފައި ހުރި މުއްދަތު ހުކުމުގެ މުއްދަތަށް ވުރެ އިތުރު ވާތީ އެ މީހާ ސަލާމަތް ވެއްޖެ އެވެ.
ސަރަސްވަތި ކޮނަޓި ބަލަހައްޓަމުން އައި އަންހެނެއްގެ މޭ މަތީގައި މި އަހަރުގެ މެއި 31 ވަނަ ދުވަހު އަތް އަޅައި ކޮއްޕާލައި، އެ އަންހެންމީހާގެ މޫނުމަތީގައި އަތުން ޖެހި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ ގައިގައި އަތްލުމުގެ ދައުވާ އެވެ.
އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ސަރަަސްވަތި ވަނީ ދައުވާ އަށް އިއުތިރާފުވެ، މައްސަލަ އަވަހަށް ނިންމައިދިނުމަށް އެދިފަ އެވެ. އިއުތިރާފުވުމުން އޭނާގެ ކުށުގެ އަަދަބު ވަނީ ކުޑަކޮށްފަ އެވެ.
ގައިގައި އަތްލުމުގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އިއުތިރާފުވެއްޖެ ނަމަ އަދަބު އެއް ދަރަޖަ ކުޑަކުރެވޭނެ އެވެ.
އެގޮތުން، ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ 27 ދުވަހަށް ޖަލަށްލާށެވެ. ނަމަވެސް، މި މައްސަލައިގައި އޭނާ 27 ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ބަހައްޓާފައި ވާތީ، އޭނާ ތަންފީޒު ކުރަން ޖެހޭ އިތުރު އަދަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ތަހުގީގު މަރުހަލާގައި ސަރަސްވަތި ބަންދުކޮށްގެން ހުކުމް ކުރުމާ ހަމައަށް 30 ދުވަސް ވަންދެން ޖަލުގައި ބަހައްޓާފައިވެ އެވެ. ހުކުމް ކުރި އިރު ވެސް، އޭނާގެ ބަންދު މުއްދަތު ހަމަވާތީ ދައުލަތުން އޮތީ ބަންދާ މެދު ގޮތެއް ނިންމަން އެދިފަ އެވެ.
މި އަހަރުގެ މެއި މަހު ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އޮތް ބަލި މީހަކު ބަލަހައްޓަން ބަހައްޓާފައި ހުރި ބިދޭސީއަކު ބަލި މީހާ އަށް އަނިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުވެ، އެކަން ހޫނުވި އެވެ. އެ މީހާގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، އޭނާ ހުރީ ޝަަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ ހުސެން
07 July 2021
މުޅިއަކުން ގޯހެކޭ ނުބުނެވޭނެ ނިންމުން! ކޮންމެ ކުށަކީ 25 އަހަރު ހުކުމަކަށް ވާކަށް ނުޖެހޭ އޭނާ މިހާރު އެއްޗެއް ވިސްނިފަ ހުންނާނީ!
ރަދީފްއޮފިޝިއަލް
07 July 2021
ކޮން ކަހަލަ ޝަރުއީ ނިޒާމެއް މިގައުމުގަ މިއޮންނަނީ.މިސާލަކަށް 1 އަހަރުގެ މުއްދަތަށް މީހަކު ޖަލަށް ލާން ހުކުމް ކުރީޔޯ.އެމައްސަލަ އިސްތިއުނާފް ކުރިތާ 02 އަހަރު ފަހުން އިސްތިއުނާފް އަޑުއެހުން ނިމި ހުކުމް އިއްވާނަމަ އިސްތިއުނާފްގެ ބޭނުމެއް ކޮބާ؟! މެމްބަރު އިންތިގެ ބަހުރުވައިން ބުނާނަމަ މިއީ ''ކޮން ޖަންގަލީއެއްގެ ކޮންތާކުން އައި ވިސްނުމެއް ބާ؟؟ ދެރަ ދޯ. ވ.ވެދުން
ސު ދީރު
07 July 2021
ކަލޭމެން ކިތައްމެ ރުޅިއަޔަސް ދެން މިގައުމުގަަ އިންޑިޔާ މީހަކު ކުށެއް ކޮށްގެން ދެން އަ ދަބެއް ނު ދެވޭނެ.
އަލިކޮއި
07 July 2021
އަދި އެއްފަހަރު މި އާޓިކަލް ކިޔާލަބަލަ. އެއޮތީނު ބުނެފައި "އޭނާ ބަންދުގައި ބަހައްޓާފައި ހުރި މުއްދަތު ހުކުމުގެ މުއްދަތަށް ވުރެ އިތުރު ވާތީ" އޭ. އިސްތިއުނާފުގެ މުއްދަތުގައިވެސް މިނިވަންކޮށް އުޅޭނަމަ، ބަންދުގައި ހުރިދުވަސްތަކެއްކަމަކަށް ނުބަލާނެ. ދެން، އަދީބު ބުރޯ، ޔާންޓޭ، މި ބޭފުޅުން "ކޮވިޑާހެދި" ސިއްހީ ސަލާމަތަށްތަކައި ގޭގައި ތިބޭދުވަސްތައް ގުނާކަމެއް ބުނާކަށް ނޭގެ.