ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު -- ފޮޓޯ: ނިޝާން އަލީ/މިހާރު
13 ޖުލައި 2021 - 13:45
ކުށް ކޮށްގެން ހޯދާފައިވާ މުދަލުގެ ތެރެއިން ދައުލަތަށް އަނބުރާ ނަގަން ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ އެޕާޓްމަންޓާއި ރޮލެކްސް ގަޑިއެއް ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
ޕީޖީ ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މަނީ ލޯންޑަރިން އަދި ޑްރަގް މައްސަލަތަކުގައި ދައުލަތަށް ނަގަން އެ އޮފީހުން އެދިފައިވާ މުދާތަކާ ބެހޭ ކުޑަ މައުލޫމާތުކޮޅެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑްރަގް މައްސަލަތަކުގައި 10،011،889.20ރ. ދައުލަތަށް ނަގަން ވަނީ ކޯޓުގައި އެދިފަ އެވެ. މަނީ ލޯންޑަރިން މައްސަލަތަކުގައި 70،740،291ރ. ގެ އިތުރުން އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ނަގަން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ދައުލަތަށް ނަގަން އެދިފައިވާ މުދަލުގެ ތެރޭގައި ހިމެނޭ އެޕާޓްމެންޓާއި ރޮލެކްސް ގަޑި އަކީ ކުރީގެ މެމްބަރު ނިހާން ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ތަކެތި ކަމަށެވެ.
ނިހާންގެ މައްޗަށް ދައުވާކޮށް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން، ނިހާން އޭނާގެ ޕްލެޓިނަމް ރެޒިޑެންސްް އެޕާޓްމެންޓް ބައްލަވައިގަތީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 150،000 ޑޮލަރު އެހެން ފައިސާއާ އެއްކޮށް، އެ ފައިސާ ލޯންޑާ ކޮށްގެންނެވެ.
އެ އޮފީހުން ބުނެފައިވާ ގޮތުގައި އަދީބު އަތުން ނިހާން ރޮލެކްސް ގަޑި ހޯއްދެވީ، 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ މެމްބަރު ހޮވުމަށްޓަކައި މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގަ އެވެ.
އޭގެ އިތުރުން، އަދީބު އެދިވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރުމަށް ރިޝްވަތުގެ ގޮތުގައި 650،000ރ. ދިނުމަށް އަމިއްލައަށް އެދިވަޑައިގެން، އެ ފައިސާ ވެސް ހޯއްދެވި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
Additionally, on 26 money laundering cases, we have requested to confiscate & recover MVR 70,740,291.00, a luxury apartment and a Rolex Watch.
— Hussain Shameem (@HuShameem) July 13, 2021
އެޕާޓްމެންޓާއި ރޮލެކްސް ގަޑީގެ އިތުރުން، ނިހާނަށް ކުރާ ދައުވާތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވެ އެވެ.
ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާ އަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާ އެކެވެ. އެ މައްސަލަތައް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކުރި ނަމަވެސް، ނިހާންގެ ވަކީލުން އެދިގެން އަޑުއެހުން ކެންސަލް ކުރީ އެވެ.
ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެވަޑައިގަތުމަށް ފަހު ނިހާން ވަނީ ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގެން ސަރުކާރު ކޯލިޝަނުގެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލު
14 July 2021
ނުހައްގުން ހޯދާމުދާ ދައުލަތަށްނެގެން ޖެހޭނެ.އަހާލަން ބޭނުން ވަނީ، ތިހެންނެގޭ މުދަލާއިދޭތެރޭ ކަންތައްކުރަން އޮންނައުސޫލަކީ ކޮބައިތޯއެވެ.މިސާލަކަށް ތިމުދާވިއްކަން އޮންނަ އުސޫލާއި، ޤާނޫނެއް ހެދިފައި އޮތްނަމަ އެޤާނުނެއްގައި އޮންނަގޮތެއް ރައްޔިތުންނަށްވެސް އެނގެން އެބަޖެހެ ނޫން ތޯ؟؟ ކޮންމެމީހަކީ ޤާނުނު އަސާސީ ލިބެންފަސޭހަ ނުނީ ހިތުދަސްމީހަކަށް ނުވެދާނެ. ޚަބަރު ފަތުރާވަސީލަތުގެ ބޭނުމަކީއެންމެފުރިހަމަ ގޮތުގައި މަޢުލޫމާތު ފޯރުކޮށްދިނުންކަމުގައި ދެކެން.
ގާސިމް
14 July 2021
ރިޝްވަތު ހިއްޕަވައިފި, ޜިޝްވަތު ހޯދަން އެދިލައްވައިފި މާރާމާރި ހިންގަވައިފި, މީހެއްގެ ގަޔަށް ވަޅި ޖައްސަވައިފި ލޯލް
މުލޭ
14 July 2021
ރިޝްވަތު ލިބޭ މީހާގެ މައްސަލަ އަކީ ވަރަށް ބޮޑު މައްސަލައެއް. ރިޝްވަތުދޭ މީހާއަކީ ހުދު ކާފޫރު ކޮޅެއް.
ޢިހްސާސް
14 July 2021
ނިހާނު އެކަނިދޯ ތިޒާތުގެ އެއްޗެހިގަތީ. އަދީބު ހަމައެކައްޗެއްވެސް ނުގަނެ؟ ޢަދިކިއެއް އެސްއޯއެފް މޮހޯމެން ބައި ރުފިޔާއަށް ލިބޭއެއްޗެއްވެސް އެލާރިން ނުގަނެ ރައްޔިތުންނަށް ބަހާ ހުސްކުރީ ދެއްތޯ؟ އެމީހުނަކަށް ކުރެވޭނެ އެއްދައުވާއެއްވެސް ނެތް؟ އެންމެނާމެދުގައި ހަމަހަމަ ވެބަލަ.
އަބުދުލް.ހަންނާނު
14 July 2021
އެމްއެމްޕީއާރުސީގެޚިޔާނާތުގައިބައިއަޅާ.އެ؛ލާރިތައްލިބުނީ.ހަމައެކަނި.ނިހާނަންތޯދެންހުރިނައްތަކާދިންބޮޑިވަރުތައްކޮބާ.ބިރުގަތީދޯ.އެހެންމީހުންގެމުދާތަކުގެވާހަކަކިޔަން
އަލި
14 July 2021
އަދީބު އަތުގަ ހަމަ ނެތީތަ އަތުލާނެ އެއްޗެއް؟. އެބުނާ މޮހޯއަކާ އޮއިއްޓޭ އެއްގެ އަތުގައި ވެސް ދައުލަތަށް ނަގާނެ ހަމަ އެކަށްއެއްވެސް ނެތީތަ؟ ކޮބާތަ ތިކިޔާ ބިލިއަން ރުފިޔާ. ކޮންތާކުތަ ހުރީ؟ އަންދާ އަޅިއަށް ހެދީތަ؟.
ޖަމަލު
13 July 2021
ތިރޮލެކުސްގަޑި މިހާރު އޮންނާނެތަ? އިހުލިބުނުގޮތަށް ނުލިބޭތީ ވިއްކާލަފާނެ. ކޮންމެގޮތެއްވިޔަސް، ތިގަޑިއަތުލުމަކީ ވަރަށް ތާކުންތާކުނުޖެހޭ ގޮތްކުޑަކަމެއް. ޤަބޫލުކުރެވޭގޮތުގައި ދައުލަތުން ތިއަތުލަން މަސައްކަތްކުރާބައެއްގެ ނިޔަތް ރަނގަޅުކަމުގައި ޤަބޫލެއްނުކުރެވޭ. ނަޙައްޤުގޮތުގައި ފުލެޓުހޯދާފަވާނަމަ، ފުލެޓުއަތުލިޔަސް ލާޖަނގިޔާގަނޑާއި ތިކަހަލަތަކެއްޗާއިބެހުނީމަ ދުނިޔެ މަލާމާތްދޭނެ. ތިގަޑީގެބަދަލުގަ އޭނަގައިގަހުރިހަން އަތުލަން ނުވިސްނީ ކީއްވެބާ؟
ބުޢްޅަބޭ
13 July 2021
ފުނަދޫ ދާއިރާ ގެ މެމްބަރ ސަލީމު ގެ ހުރޭ އެތައް އެޕާޓު މެންޓަކާއި ވިޔަފާރިތައް، ދުރުތާ ތިމާގެ މީހުން ގެ ދަރިން ގެ ނަމުގަ. މިކަން އެގޭބާ އެސެޓް ރިކަވަރީ ކޮމިސަނަށް
ޞބބވ
13 July 2021
މިފޮޓޯފެނުނީމަ ހަނދާވަނީ ނިހާންއާ އަދުރޭ ގަދަބަސްބުނެފަ ނޫސްކޮންފަރެންސް ދިންދުވަސްތަކުގެ ހަދާން
ޗޮސްބެ
13 July 2021
މިހާރު އޮންނާނީ ދައުލަތާ ހަވާލްކުރާނެ ފޭކް ރޮލެކްސް ގަޑިޔެއް ހޯދާފަ. ނިހާން ވާނީ ހަމަ ނިހާނަށް.