ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ނަމުގައި މިނިސްޓްރީ ހިންގާ އިމާރާތް ބަދަލުކުރުން--
15 ޖުލައި 2021 - 12:37
ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެއަށް ލިބިފައިވާ މަތީ މަގާމާއި އިތުބާރު އަދި ގަދަރުގެ ހަގީގީ ސިއްރަކީ ހިކުމަތްތެރިކަމާ އެކު ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލް ކުރެއްވި ބުރަ މަސައްކަތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
"ފަތުހުﷲ ޖަމީލް ބިލްޑިން" އިފްތިތާހުކޮށް ފޮރިން މިނިސްޓްރީގެ ހިންގުން އެ އިމާރާތަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބި މިދިޔަ 56 އަހަރުގެ ތެރޭގައި ވެސް ރާއްޖެއިން ދަމަހައްޓަމުން އައި ހާރިޖީ ސިޔާސަތަކީ އިންސާނީ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމާ އެކު މިނިވަންކަމާއި ސުލްހަވެރިކަމާ ހަމަޖެހުން ގާއިމުކޮށް ދެމެހެއްޓުން ކަމަށެވެ.
"ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ބިނާވެފައި ވަނީ މިދެންނެވި އަސާސްތަކުގެ މައްޗަށް. މަރްހޫމް އަލްއުސްތާޒު ފަތުހުﷲ ޖަމީލްގެ ހާރިޖީ ސިޔާސަތުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ މި ދެންނެވި ސިޔާސަތުތައް ދަމަހައްޓައި ބައިނަލްއަގްވާމީ މަޝްރަހުގައި ވަކާލާތުކުރުމަށް."
ރައީސް ވިދާޅުވީ މިއަދު ރާއްޖެއަށް ބައިނަލްއަގްވާމީ މައިދާނުގައި ލިބިފައިވާ މަގާމާއި ރާއްޖެއާ މެދު އުފެދިފައިވާ އިތުބާރާއި ގަދަރުގެ ސިއްރަކީ ފަތުހުﷲ ކަމަށެވެ. ހިކުމަތްތެރިކަމާ އެކު އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތް މިއަދު ވެސް ދަމަހައްޓަމުން އަންނަ ކަމަށާއި ރާއްޖެ އަބަދުވެސް ވަކާލާތުކުރާނީ ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއިން އަބަދުވެސް ދަމަހައްޓާނީ ޑިމޮކްރަސީގެ ހަމަތަކާއި ސުލްހައަށް އިސްކަން ދިނުމުގެ ސިޔާސަތު ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ބައިނަލްއަގްވާމީ މައިދާނުގައި ބާކީވެފައި އޮންނަތާ ފަސް އަހަރުވެފައިވާ ކަމަަށާއި އެކަމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އެހެންވެ، ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކަށް ހެއްދެވީ ރާއްޖޭގެ މިނިވަންކަމާއި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
ރާއްޖޭގެ އެ ސިޔާސަތު މުޅި ދުނިޔެއިން ބަލައިގެންފައިވާ ކަމަށާއި އެގޮތުން ބައިނަލްއަގްވާމީ މުޖުތަމައުގެ ބޮޑު ތާއީދަކާ އެކު އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިހާބުވެވަޑައިގަތީ ވެސް އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޑަވެލި
15 July 2021
ޗައިނާގެ އުގަކައް ނުވެއްޓޭ ޕީޕީއެމްމެ ރައްޖެ ތަރައްްގީ ކޮއްދެން ޕީޕީއެމް ވިސްނުން ހުރީ. މިހާރު މިދަނީ ނުބައިއަދަކަ އިންޑިޔާ އައުޓް. މިހާރު މިއޮތީ އަސްކަރީ ޕްލޭނެ އިންޑިޔާ އައުޓް
އެމެރިކާ
15 July 2021
ކަލޭމެން މޮޅުވާހަކަ ނުދައްކާ ޤައުމު އަޅުވެތި މިވަނީ
ގަދަރޭ..
15 July 2021
ދިވެހިން އަގައާއަތާ ދިމާނުވެ. 150 މިލިއަން މަހަކު އެމްބަސީތަކައް ހަރަދުކުރޭ. ގައުމުދަރަނީ ލަންކާއައް ގެއްލުންވެދާނެތީ އައިލެންޑް އޭވިއޭސަން ލަންކާހަމައައް ވެސް ދިއުން މަނާ. ނަމަވެސް ވަރައް މިނިވަން ގައުމެކޯ..
ފަތުވާދޭ
15 July 2021
ރަނގަޅު ވާހަކައެއް. އޭރުވެސް ޗައިނާވެސް އޮތް އަދި އިންޑިޔާވެސް އޮތް. ގޮސް މިއިން އެއްވެސް ބައެއްގެ ތައްޕާހައް ވެއްޓި ވަކިކޮޅަކަށް ގޮސް ހުސްނުވޭ. މިހާރު ޕީޕީއެމްގެ ވެރިކަމެއް އައިސްފިއްޔާ ޗައިނާގެ އުނގަށް.. އެމްޑީޕީ ވެރިކަމެއް އައިސްފިއްޔާ އިންޑިޔާގެ އުނގަށް. މިދެން ކިހާ ދެރަވެއްޖެ ކަމެއްތަ.
ލުގުމާން
15 July 2021
މިސަރުކާރުން ބިޔަ މަޝްރޫއެއް ނިންމައި މިއަދު ހުޅުވައިފި އެވެ.
ގައްދަރޭ
15 July 2021
ގަދަރު އެއީ ފޮއްޓަކަށް އަޅާއެއްޗެއްތަ؟ ނޫނީ ފުޅިފުޅިއަށް އަޅާފަ ހުންނަ ދިޔާ އެއްޗެއްތަ؟
ްްއަޙުމަދު99
15 July 2021
މީގެ އެންމެ ހެއްވާ ކަމަކީ ރައީސް މައުމޫނުގެ ދައުރުގައި މިގައުމުގައި އެއްވެސް ކަމެއް ރަނގަޅަށް ހިނގާފައިވާ ނަމަ އެކަމެއްގެ ތައުރީފާއި ސަނާ ލިބެނީ އެކަމަކާ ގުޅޭ ދާއިރާއެއް އޭރު ހިންގަން ހުރިވެރިއަކަށް ކަމަށް ވެފައި، އެ ދައުރުގައި އެއްވެސް ކަމެއް ގޯސްކޮށް ހިނގާފައިވާ ނަމަ އެކަމެއްގެ ބަދުނާމު އެޅެނީ ރައީސް މައުމޫނުގެ ބޮލުގައި ކަމެވެ. ހާދަހާވާ މައުމޫނު ދެކެ ނަފްރަތެކޭ މިކުރަނީ..
ކުރީދަރިވަރު
15 July 2021
ދިވެހި ޚާރިޖީމައިއިދާރާއަށް ފަތުހުﷲ ގެ ނަމުން ނަންދިނުމަކީ މުނާސަބުގޮތެކެވެ އޭރުގަ މިނިސްޓްރީގެ ނަމާއެކު ވަކި ބޭފުޅަކު ފަސޭހައިން އެނގެއެވެ.80ތަކުގެ ފަހުކޮޅު ބައިނަލްއަގްވާމީ ގުޅުމާގުޅޭ މަޢުލޫމާތަކަށް އެދި އެހާތަނަށް ރާއްޖެ ސިޔާސީގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ ލިސްޓެއް ދެއްވާތޯ ދެންނެވުމުން ލިސްޓެއް ލިބިދެއްވުމަކީ އެފަދަ މައުލޫމާތު ތަކަށް ޝައުގުވެރިވި ދަރިވަރެއްގެ ގޮތުން މަދްރަސީ ހަޔާތުގެ އެންމެ އުފާވެރި އެއްހަނދާނެވެ. ޝުކުރިއްޔާ އެވެ.
އަހްމަދީ
15 July 2021
ރާއްޖޭގެ އިއްޒަތާ ގަދަރު އިންޑިއާއަށް ވިއްކާލީ ރައީސްސޯލިހު.
މުލި
15 July 2021
ވާސަރީ ވާ!