އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު މިދިޔަ ޖޫން ހަތް ވަނަ ދުވަހު އިންތިޚާބުކުރުމާ ގުޅިގެން އޭނާ އެ މަޖިލީހުގައި ވާހަކަ ދައްކަވަނީ
22 ޖުލައި 2021 - 20:38
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގެ ހުވާ އަންނަ ސެޕްޓެމްބަރު މަހު ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ކޮވިޑް-19 ގެ ވެކްސިން އުފައްދާ ފަރާތްތަކާއި އެކަމާ ގުޅޭ އިސް ބޭފުޅުންނާއި ހުރިހާ ގައުމުތައް އެއްތަންކޮށް، ވެކްސިން ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އެ މަގާމަށް އިންތިހާބު ކޮށްފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އދ. 76 ވަނަ އާންމު މަޖިލީހުގެ ސެޝަންތައް ފެށުމަށް ފަހު، އެންމެ ބޮޑު އަމާޒަކީ ކޮވިޑް ވެކްސިނާ ބެހޭ ބޮޑު ބައްދަލުވުމެއް ބޭއްވުން ކަމަށެވެ. އޭނާ ވިދާޅުވީ، އެ ފަދަ ބައްދަލުވުމެއް މުހިންމުވާ މައިގަނޑު ސަބަބަކީ ރާއްޖެއާ ހިލާފަށް ދުނިޔޭގެ އެހެން ގައުމުތަކަށް ކޮވިޑް ވެކްސިން ނުލިބިގެން އުޅެން ޖެހޭ ދަތި ހާލު ފެނިވަޑައިގަންނަވާތީ ކަމަށެވެ
"އަޅުގަނޑު [މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން] ވާހަކަ ދެއްކިން ކޮސޯވޯގެ ފޮރިން މިނިސްޓަރާ. [އެ ގައުމުގައި] 1.8 މިލިއަން މީހުން ތިބީ. މިހާތަނަށް އެ މީހުންނަށް ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖެހުނީ އެންމެ 19،000 މީހުންނަށް. އެފްރިކާގެ ގައުމުތަކުގެ މީހުންނަށް ވެކްސިންގެ 'ވ' ވެސް އަދި ނުފެނޭ. އަޅުގަނޑު ކައިރީގައި އެ މީހުން އައިސް ކިޔައިދިން މިއޭ ތިމަންނަމެންގެ ހާލަތަކީ،" ކަންބޮޑުވުމާއެކު ޝާހިދު ވިދާޅުވި އެވެ.
"މި ހުރީ ވެކްސިންގެ ހަމަހަމަކަން ހުރި ވަރު."
އެންމެން ގެނެސްފައި އަޅުގަނޑު ބުނާނަން މިއީ އެކަކު އަނެކަކަށް އިނގިލި ދިިއްކުރަންޖެހޭ ވަގުތެއް ނޫނޭ. ދެހާސް ބާވީހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމަން ޖެހެއޭ،"---ޝާހިދު
ޝާހިދު ވިދާޅުވިގޮތުގައި ކޮވިޑް-19 ގެ ވަކި ވައްތަރެއް ނުޖަހާ ނަމަ ވަކި ގައުމުތަކަކަށް ނުދެވޭ އުސޫލެއް ޔޫރަޕް ފަދަ ގައުމުތަކުން ކަނޑައަޅަން ފެށުމަކީ ވެސް މައްސަލައެކެވެ. ހުރިހާ އެންމެންނަށް ރައްކާތެރިކަން ނުލިބޭ ނަމަ އެކަކަށް ވެސް ފައިދާ ނުކުރާނެ ކަން އެންމެން ގަބޫލުކުރާއިރު، އެކަން އޮންނަން ޖެހޭނީ އެހެން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު ކަމަކީ ދެހާސް ބާވީސް ނިމުމުގެ ކުރިން ދުނިޔޭގެ އެންމެންނަށް [ކޮވިޑް] ވެކްސިން ދިނުން. ޖީ-7 ގެ ގައުމުތަކުން ވެސް އެއްބަސްވޭ،" އޭނާ ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގައުމުތައް އެއްކުރުމުގެ ބާރު ލިބިވަޑައިގަންނަވާއިރު، ވެކްސިން އުފައްދާ މީހުންނާއި ކުންފުނިތަކާއި ދުނިޔޭގެ ހުރިހާ ގައުމުތައް އެއްފުރާޅެއްގެ ދަށަށް ގެނެސް ހާލަތު ކިޔައި ދެއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އެކަން ކިޔައިދިނުމުގެ ބާރާއި އިހުތިޔާރު އޮތް މީހަކީ [މަގާމުގެ ހުވާކުރެއްވުމަށް ފަހު] އަޅުގަނޑު. އެންމެން ގެނެސްފައި އަޅުގަނޑު ބުނާނަން މިއީ އެކަކު އަނެކަކަށް އިނގިލި ދިިއްކުރަންޖެހޭ ވަގުތެއް ނޫނޭ. ދެހާސް ބާވީހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމަން ޖެހެއޭ،" އދ. ގެ އާންމު މަޖިިލީހުގެ ރައީސްގެ މަގާމާ ސެޕްޓެމްބަރު 14 ގައި ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަން ދެއްވާ އަދި އެންމެ ފުރަތަމަ ބޮޑު ބައްދަލުވުމާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝާހިދު މިހާރު ވަނީ އެކި ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުތަކުގެ ފުރަތަމަ މަންޒިލަކަށް އިއްޔެ އިންޑިއާ އަށް ވަޑައިގެންފަ އެވެ.
ޝާހިދަކީ އދ. ގެ ތާރީހުގައި ވެސް އެ ޖަމާއަތުގެ އެންމެ އިސްބޭފުޅަކަށް އިންތިހާބުކުރި ފުރަތަމަ ދިވެހި ބޭފުޅާ އެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރީ 148 ވޯޓުންނެވެ. ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލް އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލްވަން
23 July 2021
100 ވަރަކަ ފުއްބަސްތާއަށާއި 500 ކިލޯ އަށް ގައުމުގެ އިކޮނޮމީ ވިއްކާލީ. އިންޑިއާއަށް އަމިއްލަ ގަޢުމު ވިއްކާލައިގެން ސީވީ ރަނގަޅުކުރީ.
މިވަރެއްނެތް
23 July 2021
އިންސާނާގެ އެންމެބޮޑު ނުކުޅެދުންތެރިކަމަކީ ޖާހިލުކަން/އިގްނޯރެންސް. މިގާމަކީ ކޮންމެ އަހަރަކު އެއްފަހަރު އިންތިޚާބުކުރާ ރަންޒީމަގާމެއް. މިހާހިސާބަށް އދ.ގެ 76ވަނަ ޖަލްސާއާއި ހަމައަށް 74 ގައުމަކަށް މިރަމްޒީމަގާމުވަނީ ލިބިފަ. މީގެތެރޭގައި އެންމެ 35ހާސް މީހުން ދިރިއުޅޭ ސޭންޓްލޫޝިޔާވެސް ހިމެނޭ! އެކަމަކު މިއީ މާބޮޑު ކަމަކަށް ހަދާއިގެން ޚަބަރުތައް ހެދުމުން ތިމާއާއި ރައްޔިތުންގެ ޖާހިލުކަން ފަޅާއެރުވުން ފިޔަވާ އިތުރުކަމެއް ނުވޭ އިނގޭތޯ! ލަދުން ބޯހަލާކު
އެމެރިކާ
22 July 2021
ކޮރަޕްޓު މީހުން ރައްޖޭގެ ސިޔާސީ ދާއިރާއިން ދުރައް ޖެހެންޖެހޭ
މޮޔައިން
22 July 2021
ދިވެހިންނަށް ނުކޮއްދެވުން ކަމެއް ކިހިނެއް އެހެން ބަޔަކަށް ކޮއްދެވޭނީ؟ ހީކުރީ ދިވެހިން މޮޔަވީމަ ދުނިޔޭގަ ދެންވެސް އުޅެނީ މޮޔައިން ކަމަށްދޯ؟ހަހަ
އުދުހޭ
22 July 2021
އިންޑިޔާ ވެކްސިން ޔޫރަޕުން ގަބޫލުނުކުރާ މައްސަލަދޯ؟ ޝާހީދޫ އަޅެ ކިހިނެތް ވެފަތޯ ތިޔަ ހުންނެވީ؟
ކިސަޑޭ
22 July 2021
ބަރާބަރު ވާހަކައެއް! މޯޑީގެ ޕަޕެޓަކަށްވީމަ ވާނީ މިހެން. “ދެވަނަޔަށް ގައުމު، ފުރަތަމަ އިންޑިއާ”
އިސްމީހާ
22 July 2021
މިހާރުވެަް މި ދައްކަނީ އިންޑިޔާ ވެކްސިން ނުވިކިގެން އެވާހަކަ ދޯ. މީނަ އަށް އިންޑިއާއިން ސަބްސިޓީ ލިބެޔޯ
ގުދުގުދުލީބެއްޔާގެ ތެދުބަސް
22 July 2021
ޝާހިދޫ ފޮނިނުކަނޑާބަލަ. ޝާހިދާ ނަޝީދާ އެތަޅާބުރުތަކާ ބަލާފާ ބުނަންޖެހޭނީ ވަރަށް ކަމެއްނުވެއޭ. ކޮސޮވޯގެ ވާހަކަދައްކާނެކަމެއްނެތް. އެމީހުންނޫޅޭ މުޅިގައުމުގެ ހަރުމުދާތައްވިއްކާކަށް. އެމީހުންބޭނުންވަނީ ގައުމުނުވިއްކާ ވީހާލެއްގާ ވެގެންއުޅޭން. އެކަމަކު އަހަރެމެން...... އަހަރެމެންގެވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. އަހަރެމެން މިއުޅެނީ ޖެހުނު އެއްޗެއް ޖެހުނުއަގަކަށް ވިއްކައިގެން. އެހެޔޮ ކާފަގެ އަތުކުރީގަޑިކަމަށްވިޔަސް ނޫނީ މާމަގެ ފައްޓަރުބައިކަމަށްވިޔަސް.
ކިނބޫ
22 July 2021
ހަމަހަމަކަން ޤާއިމު ކޮށްދެވޭނީ ކަލޯ އިންޑިޔާ މޯދީ ތައްޕާހުން ސަލާމަތް ވެގެން ދޯ!،،، ފުރަތަމަ ކަމަކަށް މިޤައުމުގައި ހިނގާ ނާއިންސާފު ޝަރީޢަތް ތަކަށް އިންސާފު ހޯދައިދީ،،،،!! ﷲ އިރާދަފުޅުން އިންސާފު ކަލޯ އާއި އަރާ ހަމަކުރާނެ، އިންސާފު ވެރި ނަމަ އަމިއްލަ ޤައުމަށް ދޯ ފުރަތަމަ އަންނާނީ، ﷲ ބާރާއި މަޤާމު ދެއްވާ މީހުން އިމްތިހާނު ކުައްވާ!
ކޮމެންޓުކިޔާ ކުއްޖާ
22 July 2021
ޢަހަރުމެން ހިތަށް އަރާ ސާހިދުމެންނަށް ސަރުކާރު މީ، އާއިލާ އިން ވާރުތަވެފަ އޮންނަތަނެއްްބާވައޭ، މައުމޫނު ހުއްޓަސް، ދެންހުރި މީހަކު ހުއްޓަސް މީމީހުންގެ ތަރިކަ މުދާ، ހިންގުމުގެތެރެއަށް އަތްނބާނަން ނުދީފިއްޔާ، ރާއްޖެހިފަން މިގޮވަނީ، އެހެން އާދައިގެ ނިކަމެތި މީހާގެ ދަރިން ކިޔާވައިގެން އަޔަސް މިމީހުންގެ އަތްދަށުން ލިބޭނެ ކުރިއެރުމެއްނޯވޭ، މުޅި އުމުރު ބޭފުޅުންނަށް ކުލިދައްކަން މިޖެހެނީ ކައްވަޅައްދާންދެން
ހަސަންދީ
22 July 2021
ޢިލްމު އެކަނި ލިބުނަސް ނުވާނެ އިލްމައްވުރެ ޙިލްމު އިތުރަށް ލިބިގެން މެނުވީ ޝާހިދު ފަދަ ބޭފުޅުންނަށް ނުވެވޭނެ، ފޮރިން މިނިސްޓރުންނަކީ ވަކި ގޮތަކައް ބަހުރުވަ ހުންނާނެ ބައެއް އެވެސް ހޯދަންޖެހޭ އިލްމެއް..
ކަޅުހުއްތު
22 July 2021
ތިކަހަލަވާހަކަނުދައްކާ. ތިހުންނަނީ މަނާވާހަކަ.
1828
22 July 2021
އޭގެކުރިން ރައީސް އިބޫއާއި ނަޝީދު އެއއްގަލަކަށް އަރުވާބަލަ.