ޝަހީމްގެ އެކުވެރިޔާ ޑިޒައިންކޮށްފައިވާ ސުޖޫދު މިސްކިތުގެ ކުރެހުމެއް: މި މިސްކިތް އަޅާނެ މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
27 ނޮވެމްބަރ 2016 - 10:37
ސަޖިދައަށް އޮންނަ މީހަކު ރަމްޒުކޮށްދޭ ގޮތަށް، މިސްކިތެއް ކުރަހައި އެ މިސްކިތް އަޅަން ފަންޑުކޮށްދޭނެ މީހަކު ހޯދުމުގެ މަސައްކަތް، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފައްޓަވައިފި އެވެ.
ޝަހީމް މިއަދު ވިދާޅުވީ އޭނާގެ ރަހުމަތްތެރި އިޓަލީ މީހަކު ކުރަހާފައިވާ މި މިސްކިތުގެ ޑިޒައިން މިހާރު ނިމިފައިވާ ކަމަށާއި އުއްމީދަކީ ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ދުވަހަކު މި މިސްކިތް އަޅައިދޭނެ މީހަކުވުން ކަމަށެވެ.
ރާއްޖޭގައި އަދި މިފަދަ މިސްކިތެއް ނެތްކަން ފާހަގަ ކުރައްވައި، ޝަހީމް ވިދާޅުވީ މި މިސްކިތް ޑިޒައިންކޮށްފައި ވަނީ މީހަކު ސަޖިދައަށް އޮންނަ ގޮތް ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ. އެހެންވެ، މި މިސްކިތަށް އޭނާ ދެއްވި ނަމަކީ "މަސްޖިދުލް ސުޖޫދު" އެވެ.
ސުޖޫދު މިސްކިތް ޑިޒައިންކޮށްފައިޥާ ގޮތުގެ ކުރެހުމެއް: އެ މިސްކިތް ޑިޒައިން ކޮށްފައިވަނީ މީހަކު ސަޖިދައަށް އޮންނަ ގޮތް ރަމްޒުކޮށްދޭ ގޮތަށް
މިސްކިތުގެ ޑިޒައިން ކުރަހާފައިވަނީ ދުބާއީގެ އަމީރު މުހައްމަދު ބިން ރާޝިދުގެ ވެސް ބައެއް ޕްރޮޖެކްޓުތައް ކުރަހާފައިވާ އިޓަލީ މީހެކެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ ސަގާފަތަށް ބޮޑު ޝައުގުވެރިކަމެއް ހުރި އިޓަލީ މީހާއާ ރާއްޖޭން ބައްދަލުވެގެން، ރާއްޖޭގެ ކޮންމެވެސް ތަނެއްގައި ލޭންޑްމާކެއްގެ ގޮތުގައި ޒަމާނީ މިސްކިތެއް އަޅަން ހިޔާލުދިނީ އޭނާ ކަމަށެވެ. އަދި އޭގެ ފަހުން އެކަމަށް މަސައްކަތް ފަށައި، ވަރަށް ފުރިހަމައަށް މިސްކިތުގެ ޑިޒައިން އޭނާ ކުރަހައިދީފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމްގެ އެކުވެރިޔާ ޑިޒައިންކޮށްފައިވާ ސުޖޫދު މިސްކިތުގެ ކުރެހުމެއް
"އަޅުގަނޑާ ބައްދަލުވި އިރު އޭނާއަކީ މުސްލިމެއް ވެސް ނޫން. އެކަމަކު މިހާރު އޭނާ އިސްލާމްދީން ގަބޫލުކޮށްފައިވާއިރު އަޅުގަނޑުމެން ދެ މީހުން ވެސް ވަރަށް ބޭނުންވޭ މި މިސްކިތް ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި އަޅަން،" ކުރީގެ އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ މީހަކު މި މިސްކިތް އަޅަން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެ ކުރެހުން ދޭނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ މާލޭގައި މި މިސްކިތް އަޅާނެ ތަނެއް ހޯދުމާ ގުޅޭގޮތުން ވަރަށް އަވަހަށް އިސްލާމިކް މިނިސްޓްރީއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކިފަތި 3 އަހަރު
28 November 2016
ވަރަށް ފުރިހަމަ
މޯޑު
28 November 2016
ރާއްޖޭގެ ކޮންމެ ރަށެއްވެސް އޯކޭ. މައްސަލަޔަކީ މިސްކިތަށް އަރާނެ މީހުން ނެތީމަ.
މާލެ
28 November 2016
ޙެޔޮ ނުވާނެ މާލެގައި ތިތަން ނާޅާތި ...އަހަރެން ބުރަކަށި މިއޮށް ބިނދެނީ..........
ނަސީމް
28 November 2016
ޅ. ކުރެންދޫގައި އަޅަން ވަރަށް ފެނޭ، ދެކުނު އަވަށު މިސްކިތް ހުރިތާގައި
އުބޭދު
28 November 2016
ތިޔަމިސްކިތް އަޅަން ބިން ތ. ގުރައިދޫން ދެވިދާނެ
އެމްއެސްއޭޕީ
28 November 2016
من بنى لله مسجدا، بنى الله له قصرا في الجنة. ޝަހީމްގެ ތިޔަޕްރޮޖެކްޓްގައި ބަރަކާތްލައްވައި ޝަހީމްގެ ތިޔަހުވަފެން ހަގީގަތަކަށްވުން އެދިދުޢާކުރަން.
މްސޫރު
27 November 2016
އަހަރެން ހީކުރީ އިންސާނުންގެ ސޫރަ މިގޮތައް ދެއްކުމަކީ ހަރާމް ކަމަށް
އައި
28 November 2016
އިންސާނެއްގެ ސޫރަ އެއް އެ އިމާރާތަކުން ނުފެނޭ.. ލޮލް.. ސަޖިދަ އަށް އޮންނަ މީހެއްގެ ކޮންސެޕްޓް ބޭނުން ކޮށްގެން ޑިޒައިން ކޮށްފަހުރި ލޮލެއް އަތެއް ފައެއް އަނގަޔެއް ބޮލެއް ނެތް އިމާރާތެއް އަހަރުމެނަށް ސިފަވަނީ .
މަންސޫރު
28 November 2016
އައި ކައިރި އަހައިލަން ބޭނުންވަނީ ސަޖިދައަށް އޮންނަ މީހެއްގެ ކޮންސެޕޮޓް އަކީ ކޯންޗެއްހޭ. ކޮންސެޕްޓަކަށް ވީ ކިހިނެކުންހޭ. ތިޔަބުނާ ބީދައިން އިންސާނަކައި ވައްތަރުވަނީ ކިހައިވަރަކަށް ވައްތަރު ވީމަތޯ؟ އަނގަޔެއް ލާފައި އިންސާނުންގެ އަނގަ އިންނަނީ އެހެންނެއް ނޫނޭ ބުނީމައި ރަނގަޅު ވާނެތޯ. ޕިކާސޯ ކުރެހީ ހަލާލު ސޫރަތޯ.
ަކަޅޭ
29 November 2016
މަންސޫރަށް ނޭގުނީސްދޯ ނުބުނިނަމަ
ސަރީ
27 November 2016
ތިމިސްކިތް ބިނާކުރުން ވާނީ މިގައުމުގައި ބުދުހަދައި ބުދަށް އަޅުކަންކުރުން އަލުން ފެށުންކަމަށް. ސަޖިދައަށް އޮންނަ ބުދެއްގެ ސިފައިގައި މިސްކިތް ހެދުމަކީ މިސްކިތުގެ އިސްލާމިކް ކޮންސެޕްޓާ މުޅިން ޚިލާފުކަމެއް. ހެޔޮނުވާނެ ތިކަހަލަ މިސްކިތެއް ބިނާކުރަން.
ބައިނާޅި
27 November 2016
ފަހު ޒަމާނުގެ އަލާމާތުގެ ތރޭގައިހިމެނޭ ކަމެއް.
ވޯލް.
27 November 2016
މާލެ ނޫންތާކު މިމިސްކިތް އެޅުމަށް އެދެން، މާލޭގައި މިއުޅެނީ މީހުންނަށް ނޫޅެވިގެން. ހުޅުމާލެ ނޫނި އެހެން އާބާދީ ބޮޑޫ ހިސާބެއްގައި މިކަން ކުރެއްވުން އެދެން.