04 އޯގަސްޓް 2021 - 06:53
ވިންޑޯޒްގެ އާ އޯއެސް އާންމުކުރާ ވަގުތު ކުޑަތަން ވެފައި ވާއިރު، ވިންޑޯޒް 11 އާ އެކު، މައިކްރޮސޮފްޓް "ޕެއިންޓް" އަށް އާ ބަދަލުތަކެއް އަންނާނެ ކަމަށް ބުނެފި އެވެ.
މި ސޮފްޓްވެއާ އަކީ 1985 ގައި ވިންޑޯޒްގެ ފުރަތަމަ ވާޝަނުން ފެށިގެން ވެސް މާ ބޮޑު ބަދަލެއް ނައިސް އޮތް އެއްޗެކެވެ.
ވިންޑޯޒް 11 އާ އެކު އަންނަ ޒަމާނީ ބަދަލުތަކުގެ ކުލަވަރު "ޕެއިންޓް" އިން ވެސް ފެންނާނެ އެވެ. މައިކްރޮސޮފްޓުން ބުނި ގޮތުގައި އެއަށް އަލަށް ގެންނަ ބަދަލުތަކާ އެކު މިހާރަށް ވުރެ ބޭނުން ކުރަން ފަސޭހަ އަދި ހިތްގައިމު އެތައް ޓޫލަކާއި ޒަމާނަށް ފެތޭ އެތައް ފީޗާތަކެއް ވެސް ހިމެނޭނެ އެވެ.
ވަރަށް ސާދާކޮށް އެކަމަކު ޝައުގުވެރިކަން ބޮޑުކޮށްދޭ ގޮތަށް "ޕެއިންޓް" އަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އޭގެ ޕެންސިލް އާއި ބްރަޝް އާއި ކޮޕީ/ޕޭސްޓް ފަދަ އެއްޗެހި މިހާރަށް ވުރެ ބޭނުންކުރަން ފަސޭހަކޮށް ދޭނެ އެވެ. އާ ބަދަލުތަކުގެ ތެރޭގައި އަންޑޫ/ރީޑޫ ބަޓަން ފައިލް އާއި ވިއު ބަޓަން ގޮތަށް އޮޕްޝަން ހެޑާ އަށް ގެނައުން ވެސް ހިމެނެ އެވެ.
"ޕެއިންޓް" ގެ އިތުރުން ވެސް އާ އޯއެސްއާ އެކު، ވިންޑޯޒްގެ އެހެން ބައެއް އެޕްތަކަށް ބަދަލުތަކެއް އަންނާނެ އެވެ. އޭގެ ތެރޭގައި ކްލޮކް، ވޮއިސް ރިކޯޑަރު، ކަލްކިއޭލަޓަރު، އޮފީސް، ނޯޓްޕެޑް އަދި ފޮޓޯސް ހިމެނެ އެވެ.
ވިންޑޯޒް 11 އާންމުކޮށް ދޫކޮށްލަން ނިންމާފައި ވަނީ ނޮވެމްބަރު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy