އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއްމު މަޖިލީހުގެ ޖަަލްސާއެއްގައި ވާހަކަދައްކަވަނީ. ޒުވާން ޑިޕްލޮމޭޓުން އުފައްދަން އޭނާ އިއްޔެ ހާއްސަ ޕްރޮގްރާމެއް އިއުލާނުކުރެއްވި.
13 އޯގަސްޓް 2021 - 15:19
ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތައް އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ޑިޕްލޮމޭޓުންގެ އާ ޖީލެއް އުފައްދަން، އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހާއްސަ ޕްރޮގްރާމެއް ފަށްޓަވާނެ ކަމަށް ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޕީޖީއޭ ޔޫތު ފެލޯޝިޕް" [ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީ ޔޫތު ފެލޯޝިޕް] ގެ ނަމުގައި ފަށާ ޕްރޮގްރާމްގައި ބައިވެރިކުރާ ޒުވާނުން އެމެރިކާގެ ނިއުޔޯކަށް ގެންގޮސް، އެއް އަހަރު ދުވަސް ހޭދަކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. އެއީ އދ. ގެ ނިޒާމުގެ ތެރެއަށް އެ ޒުވާނުން ހޭލުންތެރި ކުރުވައި މަލްޓިލެޓަރަޒިމަށް ވަރުގަދަ އަށް ވަކާލާތު ކުރާ ބަޔަކަށް ހެދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
I am a firm believer in the importance of youth participation, especially in shaping decisions that affect their tomorrow.
— Abdulla Shahid (@abdulla_shahid) August 12, 2021
On this #InternationalYouthDay I am pleased to announce that, as #UNGA76 President, I intend to establish the “PGA Youth Fellowship Programme”.
"އަޅުގަނޑަކީ ޒުވާނުންގެ ބައިވެރިވުން އޮތުމުގެ މުހިއްމުކަން ވަރުގަ ދައަށް ގަބޫލުކުރާ މީހެއް. ވަކިން ހާއްސަކޮށް، އެ މީހުންގެ މުސްތަގްބަލާ ގުޅޭ ނިންމުންތައް ބައްޓަން ކުރުމުގައި ބައިވެރިވުން އޮތުމުގެ މުހިއްމުކަން،" ޓްވީޓްގައި ޝާހިދު ވިދާޅުވި އެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު މިދިޔަ ޖޫން 7 ގައި އިންތިހާބު ކޮށްފައިވާއިރު، އޭނާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ތެރޭގަ އެވެ.
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އދ. ގެ ސެކްރެޓަރީ ޖެނެެރަލް އެންޓޯނިއޯ ގުޓާރެސް އާއްމުކުރެއްވި މެސެޖެއްގައި ވިދާޅުވިގޮތުގައި، ރަނގަޅު މުސްތަގުބަލެއް ހޯދުމަށް ކުރާ ބުރަ މަސައްކަތުގައި ޒުވާނުންނަށް "މޭޒު ކައިރިން ގޮނޑިއެއް ބޭނުންވާ" ކަމަށެވެ.
އޭނާ ވިދާޅުވީ އެކި ދާއިރާތަކުން ދުނިޔެ އަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން އަންނަނީ ޒުވާނުން ކަމަށެވެ. އޭގެ ތެރޭގައި ކާނާގެ ރައްކާތެރިކަމުގެ ހަމަހަމަކަން ނެތުމާއި ބަޔޯޑައިވާސިޓީ ހަލާކުވުމާއި ތިމާވެށީގެ އެހެން މައްސަލަތައް ހިމެނެ އެވެ.
ހާލަތު މުޅިން ބަދަލުކޮށްލާ ފަދަ ބަދަލުތަކެއް ދުނިޔެ އަށް އައުމުގެ މުހިއްމުކަން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ފާހަގަވެފައިވާ ކަމަށާއި އެގޮތުން ކުރާ މަަސައްކަތުގައި ޒުވާނުންނަކީ ފުރިހަމަ ބައިވެރިން ކަމަށް ވާން ޖެހޭނެ ކަމަށް ވެސް ގުޓާާރެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަނިކުފާނު
14 August 2021
މަނިކުފާނު ކުރައްވާ ކަމެއް ކުރައްވަންވީ. ތިޔަ ކަމަކާ މިތާ މިއޮތް ފެއިލްވެފައި އޮތް ސިވިލް ސަރވަންޓުންގެ ހައްގުތައް ނުދަންނަ ގާނޫނުވެސް ނުދަންނަ ސިވިލް ސަރވިސް ކޮމިޝަނަކުން އަޅައެއް ނުލާނެ. ޒިންމާދާރު ކަމެއްނެތް އެނގެނީ، ކަނޑާލާ މުވައްޒަފުންނަށް ވަޒީފާދޭން ޓްރައިބިއުލްތަކުން ދެދުވަހުން އެއްދުވަހު ހުކުމް ކުރާތީ. އެކަމަކު އެތަނަކީ މުވައްޒަފުން ވަކިކުރަނީ ހަމައިގެތެރެއިން ބަލަން އޮންނަ ތަނެކޯލަ!
ސަރުދާރުު
14 August 2021
ޕާޓީ ނުވަތަ އައިލާ ކުދިންކޮޅެއް ގެންދަން ޖަހާ މަޅިއެއް ކަމަށް ބެލެވެނީ.
ޑިސްއޮނަރަބަލް ޑީޑީ
13 August 2021
ޝާހިދު ކިޔަވައިދިނީމާތަ މީހަކު މީހަކަށްވަނީ. ބޮޑެތިބޮޑެތި ޖާމިޢާތަކުން މިހަދާއެއްޗެއްސަކީ މުޅިން ބޭކާރުއެއްޗެހިކަމަށް މިމީހުން ބަލަނީ.
ކަމީލާ
13 August 2021
މާލޭގެ ބޮޑުންގެ ދަރިންނާއި މަޖިލީހުގެ މެންބަރުންގެ ދަރިންތޯ؟ ނިކަމެތި އާއިލާއެއް ކުއްޖެއް ކިތަންމެ މޮޅު ޔުނިވާސިޓީއަކުން ކިޔަވައިގެން އައިސް ގަދައަޅާ މަސައްކަތްކުރިއަސް ތިބެންޖިހޭނީ ނިކަމެތި ހާލުގަ!
ބިންބި ތައްޚާނު
13 August 2021
މިދަނީ ހެސްކިޔާފާ ޕުރޮގުރާމުތަކުގާ ބައިވެރިވަމުން، ޕުރޮގުރާމުތައް ހަދަމުން. އެކަމަކު މަގުމައްޗަށް ނުކުމެ އަވުގުރާނަނުގޮވާތީ އެއްވެސްމީހަކަށް ނުވެފާ މިހުންނަނީ.
ހިމާރުލްގައުމު
13 August 2021
ތިޔަ ޕްރޮޖެކްޓުގެ ދަށުން ދޮތަ ފިރހެން ދަރިފުޅަށް މިލިއަން ޑޮލަރުގެ މުސާރައަކާ ޝާހީ އިނާޔާތް ލިބޭ ވަޒީފާއެއް ދީގެން ތި އުޅެނީ