ފަސޭހަ ހޯމް ބްރޯޑްބޭންޑް: އަންނަ މަހުގެ ނިޔަލަށް 50 ޕަސެންޓު އިތުރު ޑޭޓާ ލިބޭނެ--
29 އޯގަސްޓް 2021 - 15:55
އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތަކުން ހިލޭ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ބްރޯޑްބޭންޑް ޕެކޭޖުތައް ރިޗާޖު ކުރާ ކޮންމެ ފަހަރަކު 50 ޕަސެންޓު އިތުރު ޑޭޓާ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.
ފަސޭހަ ބްރޯޑްބޭންޑު ޕެކޭޖުތަކުގެ ތެރޭގައި 20ޖީބީ އާއި 50ޖީބީ އާއި 60ޖީބީ އާއި 120ޖީބީ އާއި 180ޖީބީ އަދި 500ޖީބީގެ ޕެކޭޖުތައް ހިމެނެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން 20ޖީބީގެ ޕެކޭޖެއް ރީޗާޖު ކުރުމުން އިތުރު 10ޖީބީ އާއެކު ޖުމްލަ 30ޖީބީ ލިބޭނެ އެވެ.
އުރީދު ފަސޭހަ ހޯމް ބްރޯޑް ބޭންޑް ޕެކޭޖުތައް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ރިޗާޖު ކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
29 August 2021
އިތުރު ޑާޓާ ބޭނުމެއްނޫން. ޕެކެޖް ތަކުގެ އަގު ހެޔޮކުރަން ގޮވީމައިވެސް ދިރާގާއި އުރީދޫ އެއްބަސްވެގެން ކުރިކަމަކީ އިތުރު ޑާޓާ ދިނީ. އެހިސާބުން ރައްޔިތުން ތިބީ ޗުޕް ކިޔައިގެން. ޑާޓާ ޕެކެޖްތަކުގެ އަގު ހެޔޮ ކުރާށޭ.
ބަރުބާދު
29 August 2021
ފަސޭހަ 180 ޖީބީ 1545ރ. ސުޕަރނެޓް 210 ޖީބީ 700ރ. ސުޕަރނެޓް ބެސްޓް.
1828
29 August 2021
ދާ ކޮންމެ ރަށަކަށް ސުޕަރނެޓް ގެންދެވޭތީތަ ސުޕަރނެޓް ބެސްޓްއޭ ތިބުނަނީ؟
ސުޕަނެޓު
29 August 2021
ވަރަށް ރަނގަޅު ވާހަކައެއް ތިޔަބުނީ. ފަސޭހަ ހޯމް ބްރޯންޑްބޭންޑަށްބުރެ ސުޕަނެޓު މާފާސްޓް. ކާކު އަގުހެޔޮކޮށް ގިނަ ޖީބީ އަވްސް ސްޕީޑެއްގައި ލިބެން އޮށްވައި އެއަށްވުރެ އަގުބޮޑު އެއްޗެއް ގަންނާނީ.
ކަންކުން
29 August 2021
ސުޕަނެޓް އޮޅާލާ.