ވިލާ ހަކަތައިގެ މުވައްޒަފުންތަކެއް ގޭސްފުޅިތަކެއް ކައިިރީގައި-- ފޮޓޯ: ވިލާ ހަކަތަ
04 ސެޕްޓެމްބަރ 2021 - 10:23
ވިލާ ގޭސް ހޯދަން ރަޖިސްޓަރީ ކުރުމުން، ހިޔާ ފްލެޓުގެ ހަ މަސް ދުވަހުގެ މެއިންޓަނަންސް ފީ ލިބޭނެ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.
ކޮންމެ ހަ މަހަކުން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި، ހިޔާ ފްލެޓު ލިބުނު މީހުން ވިލާ ގޭސް ފުޅި ހޯދަން ރަޖިސްޓަރީ ވުމުން ބައިވެރިވޭނެ އެވެ. އެކަމަކު، ލަކީޑްރޯގައި ބައިވެރިވެވޭނީ މަދުވެގެން ހަ މަސް ދުވަހު ގޭސްފުޅި އަށް އޯޑަރު ކުރުމުންނެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަ މަހަކުން ބާއްވާ ލަކީޑްރޯ އިން ކޮންމެ ޓަވަރަކުން ނަސީބުވެރިއަކު ހޮވާނެ އެވެ. މިގޮތަށް ހޮވޭ ކޮންމެ މީހަކަށް މެއިންޓަނެންސް ފީ ދައްކަން 6،000ރ. ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ގޭސް ފުޅި އަށް ރަޖިސްޓަރީކުރާ މީހުންނަށް ފުޅި ހިލޭ ލިބޭނެ އެވެ. އެހެންކަމުން ދައްކަން ޖެހޭނީ ހަމައެކަނި ރީފިލް ކުރަން ދައްކާ 200ރ. އެވެ.
މި ޕްރޮމޯޝަނާ ގުޅޭ މައުލޫމާތު އާންމު ކުރަން އިއްޔެ އިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4-6 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޯޑް ޝޯއެއް ވިލާ ގޭހުން ބާއްވާނެ އެވެ. މިއީ "ހިޔާ ޔޫނިއަން" އާ ގުޅިގެން ވިލާ ގޭހުން ހިންގާ ހަރަކާތަކަށް ވާއިރު، ރޯޑް ޝޯގެ ތެރެއިން، އެ ޔޫނިއަންގެ މެމްބަރަކަށް ވާން ރަޖިސްޓަރީ ވެސް ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
04 September 2021
ދިވެހިންވެސް ވިސްނާ އިސްކަންދޭވީ ދިވެހިންނައް ވަޒީފާދޭ ގައުމީ ރޫހު ގެންގުޅޭ ކުންފުނިތަކާ ވިޔަފާރިތަކައް.
ކަކުނިބޯ
04 September 2021
ގޭސްފުޅީގެ ސަބަބުން ރޯވާތަންތަނުގައި އެއީ ކޮންތަނެއްގެ ގޭސްފުޅިއެއްހުރިތަނެއްކަން އެގެން މުހިންމު. ނަމަވެސް ނޫހަކުން އަދި އެބައި ނުފެނޭ. 6000ރ އަށް ވުރެ ފުރާނަ އަގުބޮޑުވާނެ
ރޯނު އެދުރުގެ ދޮންބަފާ
04 September 2021
ވިލާ ގޭހުން ވިއްކާ ލުއި ފުޅިއެއް ނުގޮވާނެ، އަލިފާން ރޯވެއްޖެ ނަމަ، ފުޅީގެެ ފޫދުއްވާލާފަ ގޭސްތައް އެއްފަހަރާ ޗުސް ކިޔާފަ ބޭރުވެދާނެ. ޢެވަގުތު ބޮޑުހުޅުގެއްހެން ފެނިފަ ނިވިދާނެ. ތަނެއް ރޯވެދާނެ ގޭސްފުޅިއްކުން ނޫނަސް ދޯ؟