ޚަބަރު / އެޓާނީ ޖެނެރަލް

ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް ކުރި ހުކުމް ސުޕްރީމް ކޯޓްގައި އިސްތިއުނާފްކޮށްފި

އޭޖީ އިބްރާހިމް ރިއްފަތު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ކައުންސިލްތަކަށް ދައުލަަތް ތަމްސީލުނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމް އޭނާ މިއަދު ވަނީ ސުޕްރީމްކޯޓުގައި އިސްތިއުނާފްކުރައްވާފައި-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

16 ސެޕްޓެމްބަރ 2021 - 21:46

ލޯކަލް ކައުންސިލްތަކަށް ކޯޓްތަކުގައި ދައުލަތް ތަމްސީލުނުކުރެވޭނެ ކަަމަށް ހައިކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާގޮތުން ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ގާނޫނީ ޝަހްސެކެވެ. އެކަމަކު އދ. ފެންފުށީ ބިމެއްގެ މައްސަލައިގައި ހައި މިމަހުގެ އަށް ވަނަ ދުވަހު ހައިކޯޓުން ނިންމީ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށާއި ދައުލަތް ތަމްސީލު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށެވެ. އެހެންވެ، ރަށެއްގެ ބިމުގެ މައްސަލަތަކުގައި ވެސް ވަކާލާތު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށް އެ ހުކުމުގައިވެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ހުސެއިން ހަސަން ވިދާޅުވީ އެހުކުމް ދައަލަތުގެ ފަރާތުން ސުޕްރީމްކޯޓްގައި އިސްތިއުނާފުކޮށް، ހައިކޯޓުން އެގޮތަށް ކަނޑައެޅި ބައި ތަންފީޒުކުރުން ފަސްްކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށެވެ.

އެ ހުކުމް އިސްތިއުނާފުކުރި ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަޚުސެއް ކަމަށް ވާތީ އެވެ.

ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެ ކައުންސިލްތަކުގެ މިލްކިއްުޔާތުގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށް އިދާރީ ދާއިރާތައް ލާާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި އޮންނަ އޮތުމަކީ ވެސް ހައިކޯޓުގެ ހުކުމް އިސްތިއުނާފްކުރި ސަބަބެކެވެ.

ފެންފުށީގެ ބިމަކާ ހެދި، އެ ރަށު ކައުންސިލާ ދެކޮޅަށް ހައި ކޯޓަށް މައްސަލަަ ހުށަހެޅިޔަސް، ކައުންސިލުން ބުނީ، އެ މައްސަލައިގައި ވަކާލާތު ކުރެވޭނެ ވަކީލަކު އެ ކައުންސިލްގައި ނެތް ކަމަށެވެ. އެހެންވެ، ފެންފުށީ ކައުންސިލްގެ ފަރާތުން ޖަވާބުދާރީވާން އެޓާނީ ޖެނެރަލްގެެ އޮފީހަށް ހައި ކޯޓުން އެންގުމުން އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ޖަވާބު ދިނީ ކައުންސިލްތަކަކީ މިނިވަން ގާނޫނީ ޝަހްސަކަށް ވާތީ ކައުންސިލްތައް ތަމްސީލު ކުރުމުގެ ބާރު އެ އޮފީހަށް ނެތް ކަމަށެވެ.

ނަމަވެސް ހައި ކޯޓުން ނިންމީ އެޓާނީ ޖެނެރަލްގެ ފަރާތުން އެ މައްސަލައިގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ހައި ކޯޓުން ކުރިއަށް ގެންދިިޔައީ އެޓާނީ ޖެނެރަލްގެ އޮފީހާއި ފެންފުށި ކައުންސިލް ބައިވެރިކޮށްގެންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454